Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގެސްޓު ހައުސްތައް ހުޅުވުން

މާލެ ސަރަހައްދުގެ ގެސްޓު ހައުސްތައް ޑިސެމްބަރު މަހު ހުޅުވާލެވޭނެ ކަމުގެ އުއްމީދު އެބައޮތް: މައުސޫމް

އަތޮޅު ތެރޭގެ 91 ގެސްޓު ހައުސް ހުޅުވަން މިނިސްޓްރީން ވަނީ ހުއްދަދީފައި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2020 | ހޮނިހިރު 13:44
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

މާލެ ސަރަހައްދުގައި ހިންގާ ގެސްޓު ހައުސްތައް ހުޅުވާލެވޭ ވަރު ވާނީ ޑިސެމްބަރު މަހު ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

''ރާއްޖެ.އެމްވީ'' އަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ، ގެސްޓު ހައުސްތައް ހުޅުވާލާނެ ސީދާ ތާރީހެއް ދަންނަވަން އަދި ދަތި ކަމަށެވެ. ގެސްޓު ހައުސްތައް ހުޅުވާލަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިތުރުން ޓެކްނިކަން އެޑްވައިޒަރީ ގްރޫޕް (ޓެގް) ލަފާގެ މަތިންނެވެ. ގެސްޓު ހައުސްތައް ހުޅުވުމުގެ ހުއްދަ ދޭން އެޗްޕީއޭ އިން ނިންމާފައި އޮތީ ފްލޫ ކްލިނިކްތަކުން ކޮވިޑަށް ޕޮޒިޓިވްވާ އަދަދު ފަސް އިންސައްތަ އަށް ދަށަށް ދިޔުމުންނެވެ. އެކަމަކު މި މަހު ފްލޫ ކްލިނިކުން ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ ނުވަ އިންސައްތަ އަށް މައްޗަށް އަރާފައެވެ.

Advertisement - newsAdvertisement

ފަތުރުވެރިޔާ އަށް ގެސްޓު ހައުސްގައި މަޑުކުރެވޭނީ 48 ގަޑިއިރަށެވެ. އެހެން ކަމުން ގެސްޓު ހައުސްތައް ހިންގަމުންދަނީ ގެއްލުމުގައި ކަން ފާހަގަކުރައްވާ މައުސޫމް ވިދާޅުވީ، އުއްމީދު ކުރައްވަނީ ގެސްޓު ހައުސްތައް ހުޅުވާލުމާއި އެކު ގިނަ ބުކިންތަކެއް ލިބިގެން ދިޔުން ކަމަށެވެ.

މާލޭގެ ގެސްޓު ހައުސްތައް ހުޅުވާލެވޭނީ ޑިސެމްބަރު މަހު ކަމަށް މިނިސްޓަރު ވިދާޅުވެފައިވާއިރު، ރަށްރަށުގެ ގެސްޓު ހައުސްތައް ވަނީ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ހުޅުވާލާފައެވެ. އެގޮތުން މި މަހުގެ 17 ވަނަ ދުވަހާ ހަމަޔަށް 22 އަތޮޅެއްގެ 91 ގެސްޓު ހައުސް ހުޅުވަން ޓޫރިޒަމް މިނިސްޓްރީން ވަނީ ހުއްދަދީފައެވެ.

އެ ރަށްތަކަކީ ނ. ފޮއްދޫ، ބ. ދަރަވަންދޫ، ބ. ކިނޮޅަސް، ބ. ކިނޮޅަސް، ބ. ކަމަދޫ، ކ. ގާފަރު، ކ. ގުޅި، ކ. ހިންމަފުށި، ކ. ހުރާ، ކ. މާފުށި، ތ. ތުލުސްދޫ، އއ. މަތިވެރި، އއ. ރަސްދޫ، އއ. ތޮއްޑޫ، އއ. އުކުޅަސް، އދ. ދިގުރަށް، ވ. ފުލިދޫ، ވ. ކެޔޮދޫ، ވ. ތިނަދޫ ،ޏ. ފުވައްމުލައް އަދި ސ. ފޭދޫ ގެ އިތުރުން ސ. މަރަދޫ ފޭދޫ އެވެ.

ގެސްޓު ހައުސްތައް ހުޅުވާލާފައިވަނީ އެކަމަށްޓަކައި ހާއްސަ ގައިޑްލައިންއާ އެކުއެވެ.

އެ ގައިޑްލައިން ގައި ރަށްރަށަށް ގޮސް އުޅޭ ފަތުރުވެރިންނާއި އެ ރަށް ރަށުގެ އާންމު ރައްޔިތުން އަމަލުކުރަން ޖެހޭ ހާއްސަ އުސޫލެއް ވަނީ ހިމަނާފައެވެ. ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ގެތަކަށް ދިއުން މަނާ ވާނެއެވެ. އަދި ރައްޔިތުންގެ ގޮސް އުޅޭ ކެފޭ ރެސްޓޯރެންޓް ތަކުން ހިދުމަތް ހޯދަން ބޭނުންވާ ފަތުރުވެރިންނަށް ހިދުމަތް ދޭނެ ވަކި އިންތިޒާމުތަކެއް ހަމަޖައްސަން ޖެހޭނެ ކަމަށްވެސް އުސޫލުގައި ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު