Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސިނޯވެކް ކޮވިޑް ވެކްސިން

ސިނޯވެކްގެ ކޮވިޑް ވެކްސިންގެ ފޭސް ތިނެއްގެ ޓްރެއަލްގެ ނަތީޖާތައް ޑިސެމްބަރ މަހު ލިބޭނެ

20 ނޮވެމްބަރު 2020 | ހުކުރު 16:26

ޕްރިލިމިނަރީ ނަތީޖާ ދައްކާގޮތުން އެ ވެކްސިންއިން ދިފާއީ ނިޒާމުގައި ވައިރަސް އާ ދެކޮޅަށް އެންޓިބޮޑީސް އުފައްދާ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 ނޮވެމްބަރު 2020 | ހުކުރު 16:26
ސިނޯވެކުން ކޮވިޑް-19 އަށް އުފައްދަމުން އަންނަ ވެކްސިން ޕެކްކުރުމުގެ މަސައްކަތްކުރަމުން އަންނަނީ

ސިނޯވެކުން ކޮވިޑް-19 އަށް އުފައްދަމުން އަންނަ ވެކްސިން ޕެކްކުރުމުގެ މަސައްކަތްކުރަމުން އަންނަނީ

ޗައިނާގެ ސިނޯވެކް ބައޯޓެކުން ކޮވިޑް-19 އަށް އުފައްދަމުން އަންނަ ވެކްސިންގެ ފޭސް ތިނެއްގެ ޓްރެއަލްގެ ނަތީޖާ ޑިސެމްބަރ މަހު ލިބޭނެކަމަށް އެކުންފުނިން ބުނެފިއެވެ.

ސިނޯވެކުން އުފައްދަމުން އަންނަ ވެކްސިންގެ ފޭސް ތިނެއްގެ ޓްރެއަލްތައް ކުރިޔަށްދަނީ ބްރެޒިލް، އިންޑޮނޭޝިޔާ އަދި ތުރުކީ ގައެވެ. މިވެކްސިންގެ ޓްރެއަލްގެ އެންމެ ފުރަތަމަ ފޭސް އިން ފެށިގެން މެދާ ހަމައަށް ހުރި ޑާޓާތަކުގެ ނަތީޖާ މިހަފްތާ ވަނީ ނިކުމެފައެވެ.

މި ޕްރިލިމިނަރީ ނަތީޖާ ދައްކާގޮތުން އެ ވެކްސިންއިން ދިފާއީ ނިޒާމުގައި ވައިރަސް އާ ދެކޮޅަށް އެންޓިބޮޑީސް އުފައްދައެވެ. އެހެންނަމަވެސް ވައިރަސް ޖެހިފައި ރަނގަޅުވެފައި ތިބި މީހުންގެ ހަށިގަނޑުން ވައިރަސްއާ ދެކޮޅަށް އެންޓިބޮޑީސް އުފައްދާ މިންވަރު ވައިރަސް ނުޖެހޭ މީހުންނަށް ވުރެ އިތުރު ކަމަށް ނަތީޖާތަކުން ވަނީ ދައްކާފައެވެ.

ސިނޯވެކުގެ ސީނިއަރ ޑިރެކްޓަރ ވެއިނިންގ މެންގް ވިދާޅުވީ ފޭސް ތިނެއްގެ ޓްރެއަލް ކާމިޔާބުކަމާއެކު ކުރިޔަށްދާ ކަމަށެވެ. އަދި އަންނަ މަހު މިހާރު ކުރިޔަށްދާ ޓްރެއަލްތަކުގެ ޑާޓާތައް ލިބޭވަރުވާނެކަމަށް ވެއިނިންގ ވިދާޅުވިއެވެ.

ފައިޒަރ އާއި ބައޯއެންޓެކް ވެކްސިން ޑާޓާތަކުން ވަނީ އެ ވެކްސިންތައް 90 އިންސައްތަ ކާމިޔާބުކަން ހާމަވެފައިވާއިރު، އެ ކުންފުނިތަކުން އަންނަނީ ޔޫރަޕް އަދި އެމެރިކާގައި އެ ވެކްސިން އެމަރޖެންސީކޮށް ބޭނުން ކުރުމަށް ތައްޔާރުވަމުންނެވެ.

ސިނޯވެކުން ކޮވިޑަށް އުފައްދަމުން އަންނަ ވެކްސިން ކުރިޔަށް އޮތް މަސްތަކުގައި ބްރެޒިލް އަދި އިންޑޮނޭޝިޔާގައި ބޭނުންކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ވެއިނިންގ ވިދާޅުވީ އެކި ކުންފުނިތަކާއެކު ވެކްސިންގެ އިތުރު ޑޯޒްތައް އުފެއްދުމުގެ އެއްބަސްވުންތަކަށް އަންނަމުންދާ ކަމަށެވެ. އޭގެ ސަބަބުން ވެކްސިން އުފެއްދުމުގެ ޚަރަދު ކުޑަވެ އަވަހަށް ވެކްސިން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދެވޭނެކަމަށް ވެއިނިންގ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2019

ފޭސްބުކުން އިންސްޓްގްރާމް، ވަޓްސްއެޕް އަދި މެސެންޖަރ އެއްކޮށްލަނީ

26 ޖެނުއަރީ 2019
ފޭސްބުކުން އިންސްޓްގްރާމް، ވަޓްސްއެޕް އަދި މެސެންޖަރ އެއްކޮށްލަނީ
20 އޮކްޓޯބަރު 2018

ފޭސްބުކްގެ ހެޑް އޮފް ގްލޯބަލް އެފެއާޒްއަށް އިނގިރޭސި ވިލާތުގެ ކުރީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ

20 އޮކްޓޯބަރު 2018
ފޭސްބުކްގެ ހެޑް އޮފް ގްލޯބަލް އެފެއާޒްއަށް އިނގިރޭސި ވިލާތުގެ ކުރީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ
14 އޮކްޓޯބަރު 2018

ހެކްކޮށްފައި ވަނީ ފޭސްބުކްގެ 30 މިލިއަން އެކައުންޓް

14 އޮކްޓޯބަރު 2018
ހެކްކޮށްފައި ވަނީ ފޭސްބުކްގެ 30 މިލިއަން އެކައުންޓް
29 ސެޕްޓެމްބަރު 2018

ފޭސްބުކްގެ ފަންސާސް މިލިއަން އެކައުންޓް ހެކްކޮށްފި

29 ސެޕްޓެމްބަރު 2018
ފޭސްބުކްގެ ފަންސާސް މިލިއަން އެކައުންޓް ހެކްކޮށްފި
14 މާރިޗު 2018

ލަންކާގައި މިހާރު ވައިބަރ ބޭނުން ކުރެވޭ، ހުކުރު ދުވަހުން ފެށިގެން ފޭސްބުކް ބޭނުން ކުރެވޭނެ

14 މާރިޗު 2018
ލަންކާގައި މިހާރު ވައިބަރ ބޭނުން ކުރެވޭ، ހުކުރު ދުވަހުން ފެށިގެން ފޭސްބުކް ބޭނުން ކުރެވޭނެ
25 ޖެނުއަރީ 2018

ދުނިޔޭގެ ބޮޑު ބަޔަކަށް އިންސްޓަގްރާމް އަދި ފޭސްބުކްގެ ޚިދުމަތް މެދުކެނޑިއްޖެ

25 ޖެނުއަރީ 2018
ދުނިޔޭގެ ބޮޑު ބަޔަކަށް އިންސްޓަގްރާމް އަދި ފޭސްބުކްގެ ޚިދުމަތް މެދުކެނޑިއްޖެ
28 ސެޕްޓެމްބަރު 2017

ފޭސްބުކާއި ގޫގުލް އަދި ޓްވިޓަރ އެމެރިކާގެ ކޮންގްރެސް އަށް ހާޒިރު ކުރަނީ

28 ސެޕްޓެމްބަރު 2017
ފޭސްބުކާއި ގޫގުލް އަދި ޓްވިޓަރ އެމެރިކާގެ ކޮންގްރެސް އަށް ހާޒިރު ކުރަނީ
27 ސެޕްޓެމްބަރު 2017

ރަޝިޔާގައި ފޭސްބުކް މަނާ ކުރާނެ ކަމުގެ އިންޒާރުދީފި

27 ސެޕްޓެމްބަރު 2017
ރަޝިޔާގައި ފޭސްބުކް މަނާ ކުރާނެ ކަމުގެ އިންޒާރުދީފި
16 އޯގަސްޓު 2017

ތައިލެންޑް ރަސްގެފާނުގެ ފޮޓޯފުޅެއް ފޭސްބުކްގައި ޝެއަރކޮށްގެން ދަރިވަރަކު ޖަލަށްލައިފި

16 އޯގަސްޓު 2017
ތައިލެންޑް ރަސްގެފާނުގެ ފޮޓޯފުޅެއް ފޭސްބުކްގައި ޝެއަރކޮށްގެން ދަރިވަރަކު ޖަލަށްލައިފި
27 މެއި 2017

ފޭސްބުކްއަށްޓަކައި ކިޔެވުން ދޫކޮށްލި ޒަކަބާގަށް ހަވާޑްގެ އޮނަރަރީ ޑިގްރީ

27 މެއި 2017
ފޭސްބުކްއަށްޓަކައި ކިޔެވުން ދޫކޮށްލި ޒަކަބާގަށް ހަވާޑްގެ އޮނަރަރީ ޑިގްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް