Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަޖެޓް 2021

އަންނަ އަހަރުގެ ބަޖެޓަކީ ތާށި ބަޖެޓެއް، އިތުރު ވަޒީފާއެއް އުފެއްދޭނެ ވަރުވެސް ބަޖެޓަކު ނެތް: ފިނޭންސް

19 ނޮވެމްބަރު 2020 | ބުރާސްފަތި 13:32

2021 ގެ ބަޖެޓުގައި އެންމެ ބޮޑަށް ބަލާފައިވަނީ އިގްތިސާދީ ދުވެއްޔާއި އެއްވަރަށް ބަޖެޓް ކަނޑައެޅުން

އަތޫފް އާތިފް
އަތޫފް އާތިފް | 19 ނޮވެމްބަރު 2020 | ބުރާސްފަތި 13:32
މިނިސްޓްރީ އޮފް ފިނޭންސްގެ ޗީފް ފައިނޭޝަލް ބަޖެޓް އެގްޒެކެޓިވް އަޙްމަދު ޝަރުވަޝް

މިނިސްޓްރީ އޮފް ފިނޭންސްގެ ޗީފް ފައިނޭޝަލް ބަޖެޓް އެގްޒެކެޓިވް އަޙްމަދު ޝަރުވަޝް

ދައުލަތުން 2021 ވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓަކީ ތާށި ބަޖެޓެއް ކަމަށާއި، އަންނަ އަހަރު ބަޖެޓުން އިތުރު ވަޒީފާއެއް އުފެއްދެންވެސް ނެތް ކަމަށް މިނިސްޓްރީ އޮފް ފިނޭންސްގެ ޗީފް ފައިނޭޝަލް ބަޖެޓް އެގްޒެކެޓިވް އަޙްމަދު ޝަރުވަޝް ވިދާޅުވެއެޖެ އެވެ.

ރާއްޖެ ޓީވީގެ "ބަޖެޓް 2021" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަރުވަޝް ވިދާޅުވީ ކޮންމެ އަހަރަކުވެސް ބަޖެޓް ތައްޔާރުކުރުމުގައި ވަރަށް ގިނަ ކަންކަމަށް ފިނޭންސް މިނިސްޓްރީއިން ބަލަމުން އަންނަ ކަމަށާއި، އެގޮތުން އެންމެ ފުރަތަމަ ވެސް ބަލަނީ އިގްތިސާދީ ގޮތުން ގައުމު އޮތް ހާލަތު ކަމަށެވެ. އަދި ބަޖެޓް ޕްރޮސެސް އަކީ ވަކި ގޮތަކަށް ބަލައިގެން ކުރަމުން އަންނަ ކަމެއް ކަމަށާއި، އެކަމަކު މިއަހަރު އެ ޕްލޭނާއި އެއްގޮތަށް ގޮސްފައި ނުވާ ކަމަށެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން އިގްތިސާދު ދުވަހެއް ދުވަހަކަށް ދަށް ވަމުން އަންނަ ކަމަށް ޝަރުވަޝް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝަރުވަޝް ވިދާޅުވީ 2021 ގެ ބަޖެޓުގައި އެންމެ ބޮޑަށް ބަލާފައިވަނީ އިގްތިސާދީ ދުވެއްޔާއި އެއްވަރަށް ބަޖެޓް ކަނޑައެޅުން ކަމަށާއި، އެއް ސިނާއަތަކަށް ބަރޯސާވެފައި އޮތުމުގެ ބަދަލުގައި އެހެން ސިނާއަތްތަކަށްވެސް ފޯކަސް ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ބަލާފައިވާނެ ކަމަށެވެ. ޝަރުވަޝް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި އޮފީސްތަކަށާއި، މިނިވަން މުވައްސަސާތަކަށް ކަނޑައަޅާފައިވާ ބަޖެޓަކީ ވަރަށް ލިމިޓެޑް ބަޖެޓެއް ކަމަށާއި، ސަބަބަކީ ބަޖެޓް ފޯކަސް ކޮށްފައިވާނީ ދައުލަތުގެ ހަރަދުތައް ކުޑަކޮށް އެހެން އަމާޒަކަށް ވާސިލްވުމަށް ކަމަށްވާތީ ކަމަށެވެ. އަދި އަންނަ އަހަރު ސަރުކާރުން އިތުރު ވަޒީފާގެ ފުރުސަތު ހޯދުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެއް ކަމަށް ޝަރުވަޝް ވިދާޅުވިއެވެ.

ޝަރުވަޝް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގެ މަގްސަދަކީ ހިނގަމުން އަންނަ ކަންކަން ސޭވް ކުރުމާއި އެކު އައު ކަންކަމަށް ޖާގަ ދިނުން ކަމަށާއި، އަދި އިގްތިސާދީ، އިޖްތިމާއީ ގެއްލުން ތަކުން އަރައިގަތުމާއި، އިގްތިސާދު ސިންދަފާތު ކުރުމާއި އަދި ސަރަހައްދީ ތަރައްގީ ކުރިޔަށް ގެންދިޔުމަށް ޖާގަ ދޭނެ ބަޖެޓެއް އެކުލަވާލުން ކަމަށެވެ. އަދި މިއަހަރުގެ ބަޖެޓަކީ އެކަންކަމަށް ޖާގަ ދޭނެ ބަޖެޓެއް ކަމަށް ޝަރުވަޝް ވިދާޅުވިއެވެ.

2021 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައަޅާފައިވަނީ، 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ، ޓެކުހުގެ ގޮތުގައި 9.8 ބިލިއަން ރުފިޔާ، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.75 ބިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާއެވެ. މި އަހަރުގެ ބަޖެޓު 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ވާނެއެވެ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް