Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމް.އޯ.ޔޫގައި ސޮއިކުރުން

އިކޮނޮމިކް މިނިސްޓްރީއިން ކުރާ މަސައްކަތްތަކުގެ ބޮޑުބައެއް ގުޅިފައިވަނީ ޒުވާނުންނާއި: މިނިސްޓަރ މަހުލޫފް

18 ނޮވެމްބަރު 2020 | ބުދަ 09:51

މިނިސްޓަރ މަހުލޫފް ވިދާޅުވީ އެ މިނިސްޓްރީއިން ދަނީ ޒުވާނުންނާ ގުޅުންހުރި މަސައްކަތްތައް ކުރަމުން ކަމަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 18 ނޮވެމްބަރު 2020 | ބުދަ 09:51
ޔޫތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ޔޫތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އިކޮނޮމިކް މިނިސްޓްރީއިން ކުރާ މަސައްކަތްތަކުގެ ބޮޑުބައެއް ގުޅިފައިވަނީ ސީދާ ޒުވާނުންނާ ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ޒުވާނުން ކުރިއެރުމުގައި ދިމާވާ މައްސަލަތަކަށް ޙައްލު ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި އެކު އެމް.އޯ.ޔޫ އެއްްގައި ސޮއިކުރުމަށް ބުދަ ދުވަހު ޔޫތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ޔޫތް މިނިސްޓަރ މަހުލޫފް ވިދާޅުވީ އެ މިނިސްޓްރީއިން ދަނީ ޒުވާނުންނާ ގުޅުންހުރި މަސައްކަތްތައް ކުރަމުން އަންނަ އެކިއެކި ވުޒާރާތަކާއި ބައްދަލު ކުރަމުން ކަމަށެވެ. އަދި މިފަދަ އެއްބަސްވުންތަކެއް ހެދުމުގެ މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވަމުން މިނިސްޓަރ ފާހަގަ ކުރެއްވީ އިކޮނޮމިކް މިނިސްޓްރީއާއި އެކު ކޮމިޓީއެއް އެކުލަވާލާނެ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތަކަކީ އަތޮޅުތަކާއި އާބާދީ ބޮޑެތި ސަރަޙައްދުތަކުގައި ދިރިއުޅޭ ޒުވާނުންނަށް ޖެހޭ މައްސަލަތައް ދިރާސާކޮށް ސަރުކާރުގެ އިދާރާތަކުގެ ތެރޭގައި ރޭވޭނެ ހަރަކާތްތައް ދެނެގަތުމާއި، ވަޒީފާ އަދާނުކުރާ ޒުވާނުންނާއި ގުޅޭ މައްސަލަތަކަށް ހައްލު ގެނައުމަށް އެކްޝަން އޮނިގަނޑެއް އެކުލަވާލުމާއި، އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އާއި ގުޅިގެން ޖޮބް ސެންޓަރުތަކުގެ ޚިދުމަތް ވަލްނަރެބަލް ޒުވާން އަންހެނުންނަށާއި ފިރިހެނުންނަށް ފޯރުކޮށްދިނުމަށް ފުޅާކުރުން ހިމެނެއެވެ.

މީގެ އިތުރުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގެ ކެރިއަރ ޕޯޓަލްއަށް އެޓް ރިސްކް ޒުވާނުން ހިމެނުމަށް ކޯޑިނޭޓްކުރުމާއި، ޔޫތު ސެންޓަރުތައް ރިޕަރޕަސްކޮށް އިނޮވޭޓިވް ލެބްތަކެއް ޤާއިމްކޮށް ޒުވާނުން އިކޮނޮމިކަލީ އެމްޕަވަރ ކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަށްވެސް ވަނީ ނިންމާފައެވެ.

މިނިސްޓަރ ވިދާޅުވީ މީގެ ކުރިންވެސް ޒުވާނުންގެ އެކިއެކި މައްސަލަތައް ދެނެގަތުމަށްޓަކައި ތަފާތު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ހިންގާފައިވާ ޕްރޮގްރާމްތަކަށް ބަލާއިރު މިނިސްޓަރ ވަނީ ޒުވާނުންގެ ހިޔާލު ހޯދާ އެމީހުންގެ މަޝްވަރާ ހޯދުމަށް ހިންގުނު ހޮޅުއަށި ޕްރޮގްރާމް ފާހަގަކުރައްވާފަ އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން މިނިސްޓަރ އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް ވަނީ މި އެއްބަސްވުމުގައި ސޮއި ކުރައްވާ ވާހަކަ ދައްކަވާފައެވެ. މިނިސްޓަރ ފައްޔާޟް ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީ ހާއްސަވަނީ ހަމައެކަނި ޒުވާނުންނަސް ނޫންކަމަށާ މުޅި އިގްތިސާދަށް ކަމަށެވެ.

އެގޮތުން ޒުވާނުންނާ ގުޅޭ މަސައްކަތް ކުރުމައްޓަކައި އެކަަމަށް ހާއްސަ މިނިސްޓްރީ އަކާއިއެކު ބޭނުންވާ މައުލޫމާތުތައް ހިއްސާކޮށްގެން މަސައްކަތް ކުރުމުގެ މުހިއްމުކަމަށް މިނިސްޓަރވަނީ އަލިއަޅުވާލައްވާފަ އެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ޒުވާނުންނަސް ހާއްސަ ހާއްސަ ގިނަ ކަންކަން ކުރެވޭނެ ކަމަސް އުއްމީދު ކުރައްވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ޔޫތް މިނިސްޓްރީއިން ބުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތައް ފުއްދުމަށްޓަކައި އެކުލަވާލާފައިވާ "ސްޓެރެޓެޖިކް އެކްޝަން ޕްލޭން 2019-2023" ގައި ކަނޑައަޅާފައިވާ ސިޔާސަތުތަކާއި، ސްޓްރެޓެޖީތަކާއި އަދި އެކްޝަންތައް ތަންފީޒުކުރުމަށްޓަކައި އެ މިނިސްޓްރީއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

07 ޖުލައި 2017

ވެލާނާ އެއާޕޯޓަކީ އޭޝިއާގައި ހެދޭ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓަށްވާނެ: އިކޮނޮމިކް މިނިސްޓަރ

07 ޖުލައި 2017
ވެލާނާ އެއާޕޯޓަކީ އޭޝިއާގައި ހެދޭ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓަށްވާނެ: އިކޮނޮމިކް މިނިސްޓަރ
22 ޖޫން 2017

ކުންމިން ފެއާ ވަރަށް ކާމިޔާބު: އިކޮނޮމިކް މިނިސްޓްރީ

22 ޖޫން 2017
ކުންމިން ފެއާ ވަރަށް ކާމިޔާބު: އިކޮނޮމިކް މިނިސްޓްރީ
18 މެއި 2017

މުޖުތަބާ އިކޮނޮމިކް މިނިސްޓްރީއަށް، އައްޒާމު އެންސްޕާގެ ސީއީއޯއަށް ހަމަޖައްސައިފި

18 މެއި 2017
މުޖުތަބާ އިކޮނޮމިކް މިނިސްޓްރީއަށް، އައްޒާމު އެންސްޕާގެ ސީއީއޯއަށް ހަމަޖައްސައިފި
18 މެއި 2017

އެންސްޕާގެ ސީއީއޯ އިކޮނޮމިކް މިނިސްޓްރީއަށް ބަދަލުކޮށްފި

18 މެއި 2017
އެންސްޕާގެ ސީއީއޯ އިކޮނޮމިކް މިނިސްޓްރީއަށް ބަދަލުކޮށްފި
18 މެއި 2017

ރަމަޟާން މަހުގައި ވިޔަފާރިކުރެވޭނެ ވަގުތުތައް އިކޮނޮމިކް މިނިސްޓްރީ ކަނޑައަޅައިފި

18 މެއި 2017
ރަމަޟާން މަހުގައި ވިޔަފާރިކުރެވޭނެ ވަގުތުތައް އިކޮނޮމިކް މިނިސްޓްރީ ކަނޑައަޅައިފި
18 މެއި 2017

ނަޑެއްލާގެ ބޮޑުބައެއްގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް

18 މެއި 2017
ނަޑެއްލާގެ ބޮޑުބައެއްގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް
05 އެޕްރީލު 2017

ވަކިމީހަކަށް ސިޔާސީ ގޮތުން ދައްޗެއް ނުކުރަން: އިކޮނޮމިކް ކައުންސިލް

05 އެޕްރީލު 2017
ވަކިމީހަކަށް ސިޔާސީ ގޮތުން ދައްޗެއް ނުކުރަން: އިކޮނޮމިކް ކައުންސިލް
16 މާރިޗު 2017

އިކޮނޮމިކް މިނިސްޓްރީގައި ހުރި 9 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސައްޙަ ކަމާމެދު ސުވާލު އުފެދިއްޖެ

16 މާރިޗު 2017
އިކޮނޮމިކް މިނިސްޓްރީގައި ހުރި 9 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސައްޙަ ކަމާމެދު ސުވާލު އުފެދިއްޖެ
04 މާރިޗު 2017

ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ

04 މާރިޗު 2017
ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ
01 ފެބުރުއަރީ 2017

ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް

01 ފެބުރުއަރީ 2017
ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް