Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖަރާސީމުން ޖެހޭ ބަލިތައް

ޖަރާސީމުން ޖެހޭ ބަލިތަކަށް ކުރާ ބޭހާ ގުޅޭ ހޭލުންތެރިކަމުގެ ހަފްތާއެއް ފާހަގަ ކުރަނީ

ބައިނަލްއަޤުވާމީ ފެންވަރެއްގައި ހުރިހާ ޤައުމުތަކުން މަސައްކަތް ކުރަން ޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 ނޮވެމްބަރު 2020 | ބުދަ 04:30
އައިޖީއެމްއެޗް ލެބޯޓަރީ- މި ހަފްތާ ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 18ން 24ށް

އައިޖީއެމްއެޗް ލެބޯޓަރީ- މި ހަފްތާ ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 18ން 24ށް

"އެންޓިމައިކްރޯބިއަލް ރެސިސްޓަންސް" (އޭއެމްއާރް) ގެ ހޭލުންތެރިކަމުގެ ހަފްތާ މިހިނގާ ނޮވެމްބަރު މަހުގެ 18ން ފެށިގެން 24ށް ފާހަގަ ކުރުމަށް ނިންމައިފި އެވެ.

އެކަމާ ގުޅޭގޮތުން ،ހެލްތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، 2015 އިން ފެށިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބައިނަލްއަޤުވާމީ "އެންޓިމައިކްރޯބިއަލް ރެސިސްޓަންސް" އަށް ހޭލުންތެރިކުރުވުމުގެ ހަފްތާއެއް ފާހަގަ ކުރެވޭ ކަމަށާއި، މި އަހަރު ނޮވެންބަރު 18ން 24 އާ ހަމައަށް މިހަފްތާ ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭގެ އިތުރުން، އާ އެންޓިމައިކްރޯބިއަލް ބޭސް އުފެއްދުމަކީ ގިނަ ތަހްލީލުތަކާއި ދިގު މުއްދަތު ނަގާ އަދި އެހެންމެ އެކަމަށް ބޮޑު ހޭދަކުރަންޖެހޭ ކަމެއްކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، އާ ބާވަތެއްގެ އެންޓިމައިކްރޯބިއަލްސް ނުއުފެއްދޭތީއާއި، އުފެއްދޭ މަދު ބޭސްތަކަށް ފަސޭހައިން ޖަރާސީމު ރެސިސްޓަންޓްވުމުގެ ސަބަބުން ބަލިތަކަށް ފަރުވާ ނުކުރެވުމުގެ ބިރުވެރިކަން އުފެދޭ ކަމަށެވެ.

ހެލްތް މިނިސްޓްރީން ބުނީ، "އެންޓިމައިކްރޯބިއަލް ރެސިސްޓަންސް" އުފެދި ޖަރާސީމު ބޭހަށް ނުގުޑުމުގެ ސަބަބުން ކޮންމެ އަހަރަކު 700،000 އަށްވުރެ ގިނަ މީހުން މަރުވާ ކަމަށެވެ. އަދި މުސްތަޤްބަލުގައި މި އަދަދު މިއަށް ވުރެ އިތުރުވެ މިހާރު ހުރި ބޭސްތަކުން ފަރުވާ ނުލިބުމަކީ މިވަގުތު ކޮވިޑް-19ގެ ސަބަބުން ދުނިޔެ ތަހައްމަލު ކުރަމުން މިދާ ހާލަތަށްވުރެ ނުރައްކާތެރިކަމެއްކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، ކޮވިޑް-19 އަކީ ހަމައެކަނި އެންމެ ޖަރާސީމަކަށް ފަރުވާއެއް ނެތުމުގެ ސަބަބުން މުޅި ދުނިޔެ ހުއްޓުމަކަށް ގެނައި ކަމެއް ނަމަވެސް މިހާރު ފަރުވާ ލިބިފައިވާ ބަލިތަކަށް ފަރުވާ ނެތިއްޖެނަމަ ގިނަ އަދަދެއްގެ ބަޔަކު މަރުވެ ގިނަގުނަ ގެއްލުންތަކެއް ވާނެ ކަމަށެވެ.

ޖަރާސީމުތަކާ ހަނގުރާމަކުރުމުގައި ބޭނުންކުރެވޭ އެންޓިމައިކްރޯބިއަލް ބޭސްތަކަށް "އެންޓިމައިކްރޯބިއަލް ރެސިސްޓަންސް" އުފެދުމަކީ ކުރިޔަށް އޮތް މުސްތަޤުބަލުގައި ދުނިޔެއަށް ކުރިމަތިވާނެ އެންމެ ބޮޑު ސިއްހީ އެއް މައްސަލަކަން މިނިސްޓްރީން ފާހަގަ ކުރެ އެވެ. އަދި މިމައްސަލަ ފެންމަތިވުމުގެ ކުރިން އެކަން ހުއްޓުވުމަށް ބައިނަލްއަޤުވާމީ ފެންވަރެއްގައި ހުރިހާ ޤައުމުތަކުން މަސައްކަތް ކުރަން ޖެހޭ ކަމަށާއި، މިކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތަކަކީ ސަރުކާރުގެ މުއައްސަސާތަކުގެ ފެންވަރުގައި އަދި އާންމު ފަރުދުންގެ ފެންވަރުގައި ކުރަންޖެހޭ ކަންތައްތަކެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.

އެންޓިމައިކްރޯބިއަލްސް އަކީ ޖަރާސީމު(ބެކްޓީރިޔާ، ވައިރަސް، ފަންގަސް އަދި ޕެރަސައިޓް)ގެ ޒަރިއްޔާއިން ޖެހޭ ބަލިތަކަށް ފަރުވާއެއްގެ ގޮތުން ދެވޭ ބޭސްތަކަށް ކިޔާ ނަމެކެވެ. "އެންޓިމައިކްރޯބިއަލްސް ރެސިސްޓަންސް" އުފެދުމޭ މިކިޔަނީ އެންޓިމައިކްރޯބިއަލް ބޭސްތަކަށް ޖަރާސީމު ހޭނި އެފަދަ ޖަރާސީމުތަކުގެ ސަބަބުން ޖެހޭ ބަލިތަކަށް ފަރުވާކުރުމުގައި އެބޭސްތައް އަސަރު ނުކުރާގޮތް ވީމައެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު