Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަތުރުވެރިކަމުގެ ސިނާއަތް

ބޯޑަރު އަލުން ހުޅުވިފަހުން އެންމެ ގިނަ ފަތުރުވެރިން އައީ އިއްޔެ

16 ނޮވެމްބަރު 2020 | ހޯމަ 09:38

2240 ފަތުރުވެރިން އާދިއްތަ ދުވަހު ރާއްޖެއަށް ޒިޔާރާތްކުރި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 16 ނޮވެމްބަރު 2020 | ހޯމަ 09:38
ރާއްޖެއަށް އަންނަ ފްލައިޓްތަކުގެ އަދަދާއި ފަތުރުވެރިންގެ އަދަދުތައް އަންނަނީ މަހުންމަހަށް އިތުރުވަމުން

ރާއްޖެއަށް އަންނަ ފްލައިޓްތަކުގެ އަދަދާއި ފަތުރުވެރިންގެ އަދަދުތައް އަންނަނީ މަހުންމަހަށް އިތުރުވަމުން

ކޮވިޑުގެ ހާލަތާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވާލި ފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ދުވަހަށް އާދިއްތަ ދުވަސް ވެއްޖެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މައުލޫމާތު ދިން ގޮތުގައި އާދިއްތަ ދުވަހު 2240 ފަރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި 13 އިންޓަރނޭޝަނަލް ފްލައިޓް އަދި 9 ޕްރައިވެޓް ޖެޓް ރާއްޖެއަށް ޖައްސާފައިވެއެވެ. އާދިއްތަ ދުވަހު ރާއްޖެއިން ފުރާފައި ވަނީ 1621 ފަތުރުވެރިއެކެވެ. ކާގޯ ފްލައިޓްތަކަށް ބަލާއިރު، ދެ ފްލައިޓެއް އޮޕަރޭޓް ކޮށްފައިވެއެވެ. އެގޮތުން 84.27 ޓަނު ކާގޯ ރާއްޖެއަށް އެތެރެކޮށްފައިވާއިރު، 48.71 ޓަނު ކާގޯ ރާއްޖެއިން ބޭރުކޮށްފައިވެއެވެ.

Advertisement - newsAdvertisement

ޑޮމެސްޓިކް ފްލައިޓްތަކުގެ ދަތުރުތައް ވެސް ގިނަ އަދަދަކަށް ކޮށްފައިވާއިރު، އަލުން ބޯޑަރު ހުޅުވާލިފަހުން އާދިއްތަ ދުވަހަކީ އެއަރޕޯޓް އޮޕަރޭޝަނުގައި އެހެން ދުވަސްތަކަކާ އަޅާބާއިރު ބުރަ ދުވަހެއްކަން އެމްއޭސީއެލްއިން ފާހަގަކުރިއެވެ.

ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު ކުރިއަށް އޮތް ހަފްތާއިން ފެށިގެން ރާއްޖެއަށް އަންނަ ފަތުވެރިންގެ އަދަދު އިތުރުވެގެންދާނެއެވެ. އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ "ސީޒަން" ދުވަސްވަރު ކަމުން، ދުވަހުންދުވަހަށް މި އަދަދުތައް އިތުރުވެގެން ދާނެ ކަމަށް ބެލެވެއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ބޯޑަރުތައް އަލުން ހުޅުވާލި ފަހުން ރާއްޖެއަށް 51،354 ފަތުރުވެރިން އައިސްފައިވެއެވެ. އަދި ނޮވެމްބަރު މަހުގެ އެވަރެޖްކޮށް 997 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.

ބޯޑަރު އަލުން ހުޅުވާލި ފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ރަޝިއާއިންނެވެ. އެ ގައުމުން މިހާތަނަށް 11،240 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް، އެމެރިކާ، އިނގިރޭސިވިލާތް، އިންޑިއާ، ޖަރުމަނުވިލާތް، ފްރާންސް، ބްރެޒިލް، ޔޫކްރެއިން އަދި ސްޕެއިން ފަދަ ގައުމުތަކުން ވެސް ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވެއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދުވަހެއްދުވަހަކަށް އިތުރު ވަމުން އަންނައިރު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނަމުންދަނީ މި އަހަރު ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް ބެލެވެނީ 800،000 ފަތުރުވެރިން ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް