Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަނޑިޔާރުންނާ ގުޅިގެން ޖޭއެސްސީއަށް ހުށައެޅޭ ޝަކުވ

ޖޭއެސްސީގެ އިތުބާރު ބޮޑުވެ، ހުށައަޅާ ޝަކުވާތައް އިތުރުވެއްޖެ: 2018 ގައި އެންމެ 9 ޝަކުވާ، މި އަހަރު 312

15 ނޮވެމްބަރު 2020 | އާދީއްތަ 08:37

އޭރު އެ ޝަކުވާތަކަށް ވާނުވާ ރައްޔިތުންނަށް ވެސް އޮޅުން ނުފިލާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 ނޮވެމްބަރު 2020 | އާދީއްތަ 08:37
ޖޭއެސްސީއަށް ކުރާ އިތުބާރު މިއަދު އިތުރުވެފައި ވުމުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުން ހުށައަޅާ ޝަކުވާތަކުގެ މިންވަރުވެސް ވަނީ އިތުރުވެފައި

ޖޭއެސްސީއަށް ކުރާ އިތުބާރު މިއަދު އިތުރުވެފައި ވުމުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުން ހުށައަޅާ ޝަކުވާތަކުގެ މިންވަރުވެސް ވަނީ އިތުރުވެފައި

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެ، ފަނޑިޔާރުންނާ ގުޅިގެން ރައްޔިތުން ހުށައަޅާ ޝަކުވާގެ މިންވަރުވެސް އިތުރުވެފައިވާކަމަށް ބަންޑާރަނައިބު (އޭޖީ) އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރާއްޖެޓީވީއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ބަންޑާރަނައިބު ވިދާޅުވީ، މީގެ ކުރިންވެސް ފަނޑިޔާރުންނާ ގުޅިގެން ޝަކުވާ ހުށައެޅޭ ކަމަށާއި، ނަމަވެސް އޭރު އެ ޝަކުވާތަކަށް ވާނުވާ ރައްޔިތުންނަށް ވެސް އޮޅުން ނުފިލާ ކަމަށެވެ. އެހެން ނަމަވެސް މިހާރު ޖޭއެސްސީން އެ މަސައްކަތް ކުރިއަށް ގެންދަނީ ވަރަށް ދެފުށް ފެންނަ ގޮތެއްގައިކަން ފާހަގަ ކުރައްވައި ބަންޑާރަނައިބު ވިދާޅުވީ، ފަނޑިޔާރުން މަޤާމަށް ހޮއްވަވާއިރުވެސް އެ ފަނޑިޔާރެއްގެ ނަޒާހަތްތެރިކަމާއި، ފަނޑިޔާރަކާއި ގުޅިގެން ހުށައެޅިފައިވާ ތުހުމަތުތަކަށް ރިއާޔަތް ކުރައްވައި ބައްލަވާ ކަމަށެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، ފާއިތުވި އަހަރުތަކުގެ ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވާ ބަންޑާރަނައިބް ވިދާޅުވީ، 2018 ވަނަ އަހަރު ފަނޑިޔާރުންނާ ގުޅިގެން ޖޭއެސްސީއަށް ހުށައަޅާފައި ވަނީ އެންމެ 9 ޝަކުވާ ކަމަށެވެ. އެހެން ނަމަވެސް، ޝަކުވާ ބެލުމުގެ ނިޒާމު ހަރުދަނާވެގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ އިތުބާރުވެސް އެތައް ގުނައަކަށް އިތުރުވެފައިވާކަން ފާހަގަ ކުރައްވައި ބަންޑާރަނައިބު ވިދާޅުވީ، 2019 ވަނަ އަހަރު އެ އަދަދު 114 އަށް އިތުރުވެގެން ދިޔަ ކަމަށެވެ.

ބަންޑާރަނައިބް އިތުރަށް ވިދާޅުވީ، މި އަހަރުގެ މިހާތަނަށް އެކަނިވެސް 312 ޝަކުވާ ހުށައަޅާފައިވާ ކަމަށާއި، ފަނޑިޔާރަކާ ގުޅިގެން މައްސަލައެއް ހުށައެޅިއްޖެ ނަމަ އެކަން ބަލާނެ ކަމުގެ ޔަޤީންކަން މިއަދު ރައްޔިތުންނަށް ވެސް ލިއްބައިދީފައިވާ ކަމަށެވެ.

އައު މެމްބަރުންތަކާއެކު ޖޭއެސްސީން ކުރަމުންދާ މަސައްކަތްތަކަށް މިއަދު ގިނަ ބައެއްގެ ތައުރީފު ދަނީ ލިބެމުންނެވެ. އެގޮތުން ފަނޑިޔާރުންނާ ގުޅިގެން ހުށައެޅޭ ސުލޫކީ މައްސަލަތައް ބަލަމުންދާއިރު، އެކަމުގެ ތަފްސީލުތައް އާންމުންނަށް ވެސް ގެންދަނީ ފޯރުކޮށްދެމުންނެވެ. އަދި ކުރެވޭ ތުހުމަތުތަކާ ގުޅިގެން ތަހުޤީޤު ކުރުމަށްފަހު ފަނޑިޔާރުންނާމެދު އަޅަންޖެހޭ ފިޔަވަޅު އަޅާ މަންޒަރުވެސް މިއަދު ފެންނަމުންދާ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

އިތުރަށް ކިޔާލަން

14 މާރިޗު 2017

ފާރިސް އޭސީސީއަށް ހާޒިރު ކުރަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުއްޓުވުމަށް: އެމްޑީޕީ

14 މާރިޗު 2017
ފާރިސް އޭސީސީއަށް ހާޒިރު ކުރަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުއްޓުވުމަށް: އެމްޑީޕީ
12 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި

12 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި
08 މާރިޗު 2017

މަސީހުގެ އިތުބާރުގެ ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

08 މާރިޗު 2017
މަސީހުގެ އިތުބާރުގެ ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި
08 މާރިޗު 2017

އެކަނިވެރި މައިންނަށްދޭ އިނާޔަތް ނުލިބޭކަމުގެ ޝަކުވާތައް އާދޭ: އެޗްއާރުސީއެމް

08 މާރިޗު 2017
އެކަނިވެރި މައިންނަށްދޭ އިނާޔަތް ނުލިބޭކަމުގެ ޝަކުވާތައް އާދޭ: އެޗްއާރުސީއެމް
07 މާރިޗު 2017

މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!

07 މާރިޗު 2017
މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!
05 މާރިޗު 2017

ކުޅުދުއްފުއްޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ

05 މާރިޗު 2017
ކުޅުދުއްފުއްޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ
04 މާރިޗު 2017

ފ. އަތޮޅު މައްސަލައިގާ ޔާމީނަށް އިތުބާރު ކުރެވޭކަށް ނެތް: ޝިފާޒް

04 މާރިޗު 2017
ފ. އަތޮޅު މައްސަލައިގާ ޔާމީނަށް އިތުބާރު ކުރެވޭކަށް ނެތް: ޝިފާޒް
22 ފެބުރުއަރީ 2017

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލާނަން: ނިހާން

22 ފެބުރުއަރީ 2017
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލާނަން: ނިހާން
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް