Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު\'ބްލެކް ޓްރެފްލް\' ރެސްޓޯރަންޓް

ދުނިޔޭގެ އެންމެ އަގުބޮޑު މަޝްރޫމަށް ހާއްސަ ރެސްޓޯރެންޓެއް ހުޅުމާލޭގައި!

މިއީ ވަރަށް އުނދަގުލުން ހެއްދޭ މަޝްރޫމެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 15 ނޮވެމްބަރު 2020 | އާދީއްތަ 13:34
\'ބްލެކް ޓްރެފްލް\' ރެސްޓޯރަންޓް ހުޅުވުމަށް ބޭއްވި ހަލްފާގެ ތެރެއިން

\'ބްލެކް ޓްރެފްލް\' ރެސްޓޯރަންޓް ހުޅުވުމަށް ބޭއްވި ހަލްފާގެ ތެރެއިން

ދުނިޔޭގެ އެންމެ އަގުބޮޑު މަޝްރޫމަށް ޚާއްސަ ރެސްޓޯރެންޓެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

'ބްލެކް ޓްރެފްލް' ގެ ނަމުގައި ހުޅުވި މި ރެސްޓޯރަންޓް ހުޅުވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރުއެވެ.

މި ރެސްޓޯރަންޓް ހުޅުވައިދެއްވާ ވާހަކަދައްކަަމުން އަމްރު ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާ ކުރުމަށް ސަރުކާރުން ދެއްވާ އަހަމިއްޔަތުކަން މިކަމުންވެސް ފެނިގެން ހިނގައްޖެ ކަމަށާއި އެސްއެމްއީ ބޭންކު މެދުވެރިކޮށް ދޫކުރާ ލޯނުތަކުން ވިޔަފާރިތައް ކުރިއަށް ގެންދިއުމަކީ ނުހަނު ރަނގަޅު ކަމެއް ކަމަށެވެ. އަދި އިޤްތިޞާދު ރަނގަޅު ވާނީ ވެސް އެރަށެއްގެ ތެރޭގައި ނުވަތަ އެ ޤަައުމެއްގެ ތެރޭގައި ފާއިސާ ދައުރުވެގެން ކަމަށް އަމްރު ވިދާޅުވިއެވެ.

މި ރެސްޓޯރަންޓް ހުޅުވުުމުގެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުއާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ބްލެކް ޓްރަފްލްއަކީ ކެއުމަށް ބޭނުންކުރާ ބާވަތްތަކުގެ ތެރެއިން އެންމެ އަގުބޮޑު އެއް ބާވަތެވެ. މިއީ ތަފާތު ފްލޭވާރއެއްގެ ރަހައެއް އެކުލެވޭ އެއްޗަކަށްވާއިރު، މެނޫގައި ވެސް ޓްރަފްލްއަށް ހާއްސަ ޑިޝްތަކެއް ހިމެނެއެވެ.

ބްލެކް ޓްރަފްލް މަޝްހޫރު ވެފައި ވަނީ މިއީ ވަރަށް އުނދަގުލުން ހެއްދޭ މަޝްރޫމަކަށްވެފައި މަޝްރޫމުގެ ތެރެއިން ވެސް އެންމެ ރަހަ މީރު މަޝްރޫމަކީ ބްލެކް ޓްރަފްލްއަށް ވުމުންނެވެ.

މި ރެސްޓޯރަންޓުން ޑްރިންކަށް ހާއްސަ ތަފާތު ގިނަ މޮކްޓެއިލްގެ ބާވަތްތައް ލިބެން ހުރެއެވެ. މިއީ ރާއްޖޭގެ އެވޯޑް ވިނިން ބަރޑެންޓަރއެއްގެ ހާއްސަ ރެސިޕީއަކަށް ތައްޔާރުކުރާ ބުއިންތަކަށްވާއިރު، އޭގެ ތެރޭގައި ކަމަނަ، އޭންޖެލް އަދި ޑާރކްނައިޓް ހިމެނެއެވެ.

މީރު ރަހަތަކާއި އެކު އާއިލާތަކާއި، ޒުވާނުންނަށް ހާއްސަކޮށްގެން ހުޅުމާލޭ މެރެތަން ޝޮޕް ކައިރީ ހުޅުވި 'ބްލެކް ޓްރެފްލް' އަކީ އަލިފުށީގައި ހުންނަ ޕެޕިނޯ ރެސްޓޯރަންޓް ހިންގަމުން އަންނަ މެނޭޖްމަންޓްގެ ދަށުން ހުޅުވި ތަނެކެވެ.

އިތުރަށް ކިޔާލަން

31 އޯގަސްޓު 2017

ޕިރަމިޑް "ހޯލް ސޭލް" ޕްރޮމޯޝަންގެ ދަށުން ހުޅުމާލޭގައި ހާއްސަ އިވެންޓެއް!

31 އޯގަސްޓު 2017
ޕިރަމިޑް "ހޯލް ސޭލް" ޕްރޮމޯޝަންގެ ދަށުން ހުޅުމާލޭގައި ހާއްސަ އިވެންޓެއް!
14 އޯގަސްޓު 2017

ޕިރަމިޑު "ހޯލް ސޭލް" ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް

14 އޯގަސްޓު 2017
ޕިރަމިޑު "ހޯލް ސޭލް" ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް
13 އޯގަސްޓު 2017

"ޓޭސްޓް": ކާބޯތަކެއްޗަށް ހާއްސަ މެގަޒިންއެއް

13 އޯގަސްޓު 2017
"ޓޭސްޓް": ކާބޯތަކެއްޗަށް ހާއްސަ މެގަޒިންއެއް
19 ޖޫން 2017

އެލްއޭ ލައިފްސްޓައިލް: ޝާޕް ބްރޭންޑުގެ އޭސީއަށް ހާއްސަ ފިހާރައެއް

19 ޖޫން 2017
އެލްއޭ ލައިފްސްޓައިލް: ޝާޕް ބްރޭންޑުގެ އޭސީއަށް ހާއްސަ ފިހާރައެއް
14 ޖޫން 2017

ފްރެޝް ސިޓީ: މޭވާ އާއި ތަރުކާރީ އަށް ހާއްސަ ފިހާރައެއް ހިތަދޫގައި ހުޅުވައިފި

14 ޖޫން 2017
ފްރެޝް ސިޓީ: މޭވާ އާއި ތަރުކާރީ އަށް ހާއްސަ ފިހާރައެއް ހިތަދޫގައި ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު