Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހޯރަފުށި އެއަރޕޯޓު

ހޯރަފުށި ރައްޔިތުންގެ ފަރާތުން މުޅި ރާއްޖެއަށް އެކުވެރިކަމުގެ ނަމޫނާ ދައްކަނީ!

14 ނޮވެމްބަރު 2020 | ހޮނިހިރު 12:45

މިމަހު 17 ވަނަދުވަހު ހޯރަފުށި އެއަރޕޯޓު ހުޅުވާ ހޯމަ ދުވަހު ދުވަހު އެ އެއާޕޯޓަށް ފުރަތަމަ ޓެސްޓް ފްލައިޓް ޖައްސަނީ

ފާތުމަތު ނަހުލާ
ފާތުމަތު ނަހުލާ | 14 ނޮވެމްބަރު 2020 | ހޮނިހިރު 12:45
ހޯރަފުށި ރައްޔިތުން އެއަރޕޯޓް ރަންވޭ ސާފު ކުރަނީ

ހޯރަފުށި ރައްޔިތުން އެއަރޕޯޓް ރަންވޭ ސާފު ކުރަނީ

މިމަހު 17 ވަނަދުވަހު ހޯރަފުށި އެއަރޕޯޓު ހުޅުވާ ހޯމަ ދުވަހު ދުވަހު އެ އެއާޕޯޓަށް ފުރަތަމަ ޓެސްޓް ފްލައިޓް ޖައްސަން ހަމަޖެހިފައިވާއިރު ރައްޔިތުންގެ ފަރާތުން މުޅި ރާއްޖެއަށް އެކުވެރިކަމުގެ ނަމޫނާ ދައްކަނީ އެވެ.

އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ އެރަށު ރައްޔިތުން އިސްނަގައިގެން އެއަރޕޯޓު ހުޅުވުމަށް ތައްޔާރު ވުމުގެ ގޮތުން ރަށު ތެރެ ސާފު ކުރުމުގެ ޕްރޮގްރާމެއް ފަށައިފައި ވާކަމަށެވެ. އެގޮތުން ހުކުރު ދުވަހުން ފެށިގެން އެރަށު އަންހެންވެރިން އެއަރޕޯޓުގެ ރަންވޭ އެއްކޮށް ފޮޅައި ސާފުކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ހޮނިހިރު ދުވަހު އެރަށު ހުރިހާ ރައްޔިތުން ވެގެން މުޅި ރަށުތެރެ ސާފު ކުރަން ފަށާފައިވާ ކަމަށަވެ. އެގޮތުން މުޅި ރަށު ތެރޭގައި ކުލަލުމާއި ބެނާ ހަރު ކުރުމާއި ދިދަ ދެމުމުގެ ކަންކަން އެރަށުގެ ރައްޔިތުން ވަރަށް ކުރާހިތުން ކުރަމުން ގެންދާ ކަމަށް ވަހީދު ފާހަގަ ކުރައްވާފައިވެ އެވެ. އަދި މި މަސައްކަތްތަކުން ވެސް އެރަށުގެ ރައްޔިތުންގެ އެއްބައިވަންތަކަން ފެނިގެންދާ ކަމަށް ވަހީދު ނަުހަނު އުފަލާއެކު ފާހަގަ ކޮށްފައިވެ އެވެ.

ހޯރަފުށި ރައްޔިތުންގެ ހުވަފެނެއް ކަމަށްވާ ހޯރަފުށީގައި އަޅާފައިވާ އެއަރޕޯޓް ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރަމުން ގެންދާ ބައެއް ފަރާތަކަށް ވަހީދު ޝުކުރު އަދާކޮށްފައިވެ އެވެ. އެގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ހުއްޓުމެއްނެތި 24 ގަޑިއިރު ކުރަމުން ގެންދާ ބުރަ މަސައްކަތަށް ޝުކުރުއަދާކޮށްފައިވެ އެވެ. މީގެ އިތުރުން ހޯރަފުށި ދާއިރާގެ މެމްބަރ އަހުމަދު ސަލީމު ހޯރަފުށި ރައްޔިތުންނަށް ކޮއްދެއްވަމުން ގެންދާ މަސައްކަތް ފާހަގަކޮށް އެކަމަށް ފަށްފަށުން އެރަށުގެ އެންމެހާ ރައްޔިތުންގެ ނަންމަތީ ޝުކުރު އަދާކޮށްފައިވެ އެވެ.

ހަމައެފަދައިން ހޯރަފުށި ޖަމިއްޔާ ޖަމާއަށް ތަކާއި ހޯރަފުށި ކައުންސިލް އިދާރާގެ އެންމެހާ ފަރާތް ތަކުން އަމިއްލައަށް އިސް ނަގައިގެން ކުރަމުން ގެންދާ މަސައްކަތް ތަކަށްވެސް ޝުކުތު އަދާކޮށްފައިވެ އެވެ.

ހޯރަފުށީ އެއާޕޯޓުގެ ރަންވޭ އާއި ޓެކްސީވޭ އަދި އޭޕްރަން ތަރައްގީކުރުމުގެ މަޝްރޫއުގެ އަގު 198 މިލިޔަނަށް އަރާއިރު، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން މި މަސައްކަތް އަމަލީ ގޮތުން އެމްޓީސީސީއާއި ހަވާލުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހު އެވެ. އަދި އެއަރޕޯޓް ޓާމިނަލް އަދި ފަޔަރ ބިލްޑިން ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް 2020 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 13 ވަނަ ދުވަހު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 80 ދުވަހުގެ މުއްދަތަށެވެ.

އާބާދީގައި ތިންހާހަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ހޯރަފުށީގައި އެއާޕޯޓް އެޅުމުން، އެ ރަށާ ކައިރީގައި އޮންނަ އެހެނިހެން ރަށްތަކަށް ނުހަނު ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

5

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް