Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ހޯދައިދިނުން

މި ސަރުކާރުން ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ހޯދައިދިނުމަށް އިސްކަންދެން: ރައީސް ސޯލިހު

12 ނޮވެމްބަރު 2020 | ބުރާސްފަތި 03:03

ތޮއްޖެހިގެން ދިރިއުޅެން ޖެހުމަކީ، އާންމު ސިއްހަތަށް ނޭދެވޭ އަސަރުކުރާ ކަމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 12 ނޮވެމްބަރު 2020 | ބުރާސްފަތި 03:03
\'\'ލޮނުޒިޔާރަތް ޕާކު\'\' ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ

\'\'ލޮނުޒިޔާރަތް ޕާކު\'\' ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ

ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ މަސްއޫލިއްޔަތާ މި ސަރުކާރުން ހަވާލުވުމަށް ފަހު، އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ އެއް ކަމަކީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މާލެއިން ހިތްފަސޭހަ މާހައުލެއް ހޯދައިދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ''ލޮނުޒިޔާރަތް ޕާކު'' ރަސްމީކޮށް ހުޅުވުމަށް ބުދަ ދުވަހުގެ ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕާކު ރަސްމީކޮށް ހުޅުވައިދެއްވީ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ މިފަދަ ޕާކެއް އޮތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. މިގޮތުން މާލެ ފަދަ ކުޑަ ރަށެއްގައި ގިނަ އަދަދެއްގެ ބަޔަކު ތޮއްޖެހިގެން ދިރިއުޅެން ޖެހުމަކީ، އާންމު ސިއްހަތަށާއި، ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ވަރަށް ނޭދެވޭ އަސަރުތައް ފޯރާ ކަމެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، މާލޭގައި ހުސްބިންތައް އުފައްދައި، އާއިލާތަކުގެ މެންބަރުން އެކުގައި ހިތް އުފާކޮށްލަން ނުކުމެ އުޅެވޭނެ މައިޒާންތަކާއި ޕާކުތައް ހުރުމަކީ، އާންމު ސިއްހަތު ރައްކާތެރިކުރުމަށް ވެސް ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ރައީސް ސޯލިހު ވަނީ ފާހަގަކުރައްވާފައެވެ.

ކޮވިޑް-19 ގެ ހާލަތަށް ރިޔާއަތްކުރައްވާ ރައީސް ސޯލިހު ވަނީ މިފަދަ ޕާކުތަކުގެ ބޭނުން ހިފުމުގައި ވީވަރަކުން ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަންދީގެން މިފަދަ ޕާކުތަކުގެ ބޭނުން ހިފުމަށް ނަސޭހަތްތެރިވެ ވަޑައިގަންނަވާފައެވެ. އަދި ކޮވިޑް-19 ގެ ސަބަބުން، މުޅި ދުނިޔޭގައި ވެސް، ނަފްސާނީ ބަލީގެ އަސަރުކުރާ މީހުންގެ އަދަދު ދަނީ އިތުރުވަމުންކަމަށާއި, މިފަދަ ޕާކުތަކާއި ހުސް ބިންތަކަށް ނުކުމެ ވަގުތު ހޭދަކުރުމަކީ، ގިނަ ވަގުތު ގޭތެރޭގައި ތިބެންޖެހުމުން ކުރިމަތިވާ ހާސްކަމާއި ކަންބޮޑުވުންތަކަށް ލިބޭ ވަރަށް ރަނގަޅު ފަރުވާއަކަށް ވާނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ, މާލެއަކީ ހިތްފަސޭހަ މާހައުލަކަށް ހެދުމަށް ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އަދިވެސް އެބަހުރި ކަމަށެވެ. އެގޮތުން މާލެއަށް އުފަން ރައްޔިތުންނަށް މާލެ ސަރަހައްދުން ބޯހިޔާވަހިކަން ހޯދައިދިނުމަކީ ވެސް، މާލޭގެ މައްސަލަތަކަށް ބޭނުންވާ ވަރަށް އަވަސް ހައްލެއްކަން ރައީސް ސޯލިހު ފާހަގަކުރެއްވެވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ އަންނަ އަހަރަށް ސަރުކާރުން ކަނޑައެޅި މަޝްރޫއުތަކުގެ ތެރެއިން މާލެ ސަރަހައްދުގައި އެންމެ އިސްކަން ދީގެން ކުރާނެ އެއް ކަމަކީ، މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަސައްކަތް ފެށުން ކަމަށެވެ. މީގެ އިތުރުން ވެސް, އަންނަ އަހަރުގެ ތެރޭގައި މާލޭގެ ހިތްފަސޭހަކަމާ ގުޅިފައިވާ އިތުރު މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު, މާލޭގެ ތަރައްގީއަށް ކޮށްދެއްވާފައިވާ ބުރަ މަސައްކަތްޕުޅު ފާހަގަކުރައްވައި, އެ މަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ. މި ރަސްމިޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި, ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި, ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މާލެ ސިޓީގެ ބެލުމުގެ ދަށުން ތަރައްގީކުރެވުނު ލޮނުޒިޔާރަތް ޕާކަކީ ސަރުކާރުގެ ވައުދުތަކުގެ ތެރެއިން މާލެ ސަރަހައްދު ފެހިކުރުމުގެ ވައުދުގެ ތެރެއިން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. އަދި މި ޕާކުގައި ހައްދާފައިވާ ގަސްތަކުގެ ނަން އެނގޭނެހެން ފެންނަން ހުންނާނެއެވެ. މި ޕާކުގައި މާއަޅާގަހާއި މާނާޅާ ގަހާއި، ނެތެމުންދާ ގަސް ވެސް ހައްދާފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް