Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖޭގައި ޖެންސެޓު އުފައްދަން ފެށުން

ކަރަންޓު އުފައްދާ ޖެނެރޭޓަރު ސެޓުތައް ރާއްޖޭގައި އެސެމްބުލްކޮށް، އެކްސްޕޯޓު ކުރާނީވެސް، ރައީސް ސޯލިހުގެ ސަރުކާރުގައި؟

ރާއްޖޭގައި ޖެންސެޓް އުފެއްދޭނެ ގާބިލް އިންޖިނޭރުންނާއި ޓެކްނީޝަނުންނާއި އެބަ ތިއްބެވި

މުހައްމަދު އާދަމް ސަލީމް
މުހައްމަދު އާދަމް ސަލީމް, ރާއްޖެ އެމްވީ | 11 ނޮވެމްބަރު 2020 | ބުދަ 10:21
ރާއްޖޭގައި ޖެންސެޓް އުފެއްދޭނެ ގާބިލް އިންޖިނޭރުންނާއި ޓެކްނީޝަނުންނާއި އެބަ ތިއްބެވި ކަމަށް ވިދާޅުވި

ރާއްޖޭގައި ޖެންސެޓް އުފެއްދޭނެ ގާބިލް އިންޖިނޭރުންނާއި ޓެކްނީޝަނުންނާއި އެބަ ތިއްބެވި ކަމަށް ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހުގެ ސަރުކާރު ވެގެންދާނީ، ޢިޔާދަކުރަނިވި ހަކަތައިގެ ތެރެއިން، ކަރަންޓުގެ އަގަށް ހަމައެކަނި ހެޔޮ ބަދަލުތައް ގެނެސްދޭނެ ސަރުކާރަކަށް ނޫނެވެ. މިސަރުކާރު ވެގެންދާނީ، ދިވެހިރާއްޖެއަކީ، ކަރަންޓު އުފައްދާ "ޖެންސެޓު" އުފައްދައި، އޭގެ ވިޔަފާރިއައިގެން ބައިނަލް އަޤުވާމީ މާކެޓަށާއި ރާއްޖޭގެ މާކެޓަށްވެސް ޖެންސެޓް ވިއްކަންފަށާނެ ސަރުކާރަކަށެވެ. މިދެންނެވި އީޖާދީ އުފެއްދުންތަކުގެ އައު މަރުޙަލާއަށް ރާއްޖެ ގެންގޮސްދިނުމަށްޓަކައި، ސްޓޭޓް އިލެކްޓްރިކް ކުންފުނިން މިހާރުވަނީ، ރާއްޖޭގައި ތިބި، މި ފަންނުގެ މާހިރުން އެކުލެވޭ ޓީމެއް އެކުލަވައިލާ، އެކަމަށްޓަކައި ޔުނިޓެއް ޤާއިމްކޮށް، މިފަންނަށް ބޭނުންވާ ރިސާރޗާއި ޢަމަލީ މަސައްކަތްތައް، އެ ޔުނިޓާއި މަތިކޮށް، މި އައު އޮނޮވޭޝަންގެ މަސައްކަތް ފަށައިފައެވެ.

ރާއްޖެ ޓީވީއަށް، ސްޓެލްކޯގެ މެނެޖިންގ ޑިރެކްޓަރ ޙަސަން މުޣުނީ ދެއްވި ޚާއްސަ އިންޓަރވިއު އެއްގައި، މިދެންނެވި މަސައްކަތާބެހޭ މަޝްރޫޢުގެ ބައެއް ޚިޔާލުތައް ވަނީ ތިލަކޮށް ދެއްވައިފައެވެ. މުޣުނީ ވިދާޅުވި ގޮތުގައި، ރާއްޖޭގައި ޖެންސެޓް އުފެއްދޭނެ ގާބިލް އިންޖިނޭރުންނާއި ޓެކްނީޝަނުންނާއި ނޯހައު، އެކުންފުނީގައި އެބަ އޮތެވެ.

މިދެންނެވި މަޝްރޫޢުގެދަށުން، ރާއްޖޭގައި އެންމެ ފުރަތަމަ ޖެންސެޓު އުފައްދަންފަށާނީ، އެއް މެގަވޮޓުން ދަށުގެ ޖެންސެޓެވެ. މިގޮތުން 700 ކިލޯވޯޓާއި 300 ކިލޯވޯޓުގެ ޖެންސެޓު، އެ ޔުނިޓުން އުފައްދާނެއެވެ. މި ޖެންސެޓު ތަކުގެ ފްރޭމްތައް ތައްޔާރުކުރާނީވެސް މިދެންނެވި ޔުނިޓުގެ ތަޖުރިބާކާރު ބޭފުޅުންނެވެ. ރާއްޖެއިން ބޭރުގެ ކުންފުނިތަކުން ގަންނާނީ ކޮންމެހެން ބޭނުންވާ ޕާޓްސް އެކަންޏެވެ. އެ ޕާރޓްސްތައް ގެނެސްގެން އުފައްދާ ޖެންސެޓްތައް އެސެމްބުލް ކުރާނީވެސް މިދެންނެވި ޔުނިޓުގެ މާހިރުންނެވެ.

ދިވެހިރާއްޖޭގައި ޖެންސެޓު އެސެމްބުލް ކުރުމަކީ، ރާއްޖޭގެ ތާރީޚުގައިވެސް އަލަށް ފަށާ މަސައްކަތެކެވެ. އެހެން ކަމުން އިންޓަރނޭޝަނަލް ލައިސަންސްވެސް، ކަމާބެހޭ ބޭރުގެ ފަރާތްތަކުން އެ މަސައްކަތަށް ހޯއްދަވާނެކަމަށް މުޣުނީ ވިދާޅުވިއެވެ. އެއަށްފަހު، ރާއްޖޭގެ ޖެންސެޓުތަކަށް 1 އަހަރުގެ ވޮރަންޓީއެއް، ސްޓެލްކޯއިން ދޭނެއެވެ. އަދި މިދެންނެވި ޖެންސެޓު ތަކަކީ، ރާއްޖޭގެ "ފެނަކަ" ފަދަ ކުންފުނިތަކަށާއި ރިސޯޓުތަކަށްވެސް، ހެޔޮ އަގުގައި ގަންނަން ލިބޭނެ ސެޓުތަކަކަށް ވެގެންދާނެއެވެ.

ރާއްޖެ ޓީވީއާ، ވާހަކަ ދައްކަވަމުން، މުޣުނީ ވިދާޅުވެފައިވާ ގޮތުގައި، ސްޓެލްކޯގެ މި އައު މަޝްރޫޢުން އުފައްދާ، ޖެންސެޓުތައް، ރާއްޖެއިން ބޭރުގެ ފަރާތްތަކަށްވެސް ވިއްކާނެއެވެ. އޭރަށް އެ ކުންފުނީގެ ވިޔަފާރިއެއް އެ ދާއިރާއިން އެ ފެށުނީއެވެ. އަދި މި ވިޔަފާރި ވެގެންދާނީ، ކުންފުނީގެ ސާފު ފައިދާއަށް ހެޔޮ ބަދަލު ތަކެއް ގެނެވޭނެ، އާމްދަނީ ހޯދޭނެ އައު ދޮރަކަށެވެ.

ސްޓެލްކޯ، ޖެންސެޓުގެ ވިޔަފާރިއަށް ވަންނަން ނިންމީ، ވޭތުވެ މިދިޔަ 70 އަހަރުގެ މާޒީގައި، ކުންފުނިން އާމްދަނީ ހޯދަމުން އައީ ޑީސަލް އަންދައިގެން ދެމުން ގެންދިޔަ ކަރަންޓު ޚިދުމަތުން ކަމަށްވެފައި، އެ ނިޒާމު ދޫކޮށް، އެ ކުންފުނީގެ ކުރިމަގަކީ، "ރިނިއުބަލް އެނަރޖީ" އަށް އަމާޒު ހިފައިފައިވާ ކުރިމަގަކަށް ހަދަން ޖެހޭތީ، ކުންފުނީގެ މާލިއްޔަތު ހަރުދަނާކޮށް އާމްދަނީ ހޯދޭނެ ދޮރުތަކެއް ހުޅުވުމަށެވެ.

ސްޓެލްކޯއަކީ، ކަރަންޓު ޚިދުމަތުގެ 70 އަހަރުގެ މާޒީގައި، މި ދާއިރާއިން އެންމެ ބޮޑު އިންސާނީ ވަސީލަތެއްގެ މުއްސަނދިކަން ހޯދައިފައިވާ ކުންފުންޏެވެ. މުޣުނީ ދެކެވަދައިގަންނަވާ ގޮތުގައި، މި ސަރަޙައްދަށް ބަލާއިރުވެސް، ސްޓެލްކޯ ވެގެންދާނީ، ކަރަންޓު ޚިދުމަތުގައި، އެންމެ ގިނަ ދުވަސްވީ ތަޖުރިބާކާރުން ތިބި ކުންފުންޏަށެވެ. ޚާއްސަކޮށް މިފަދަ އީޖާދި މަސައްކަތެއް، އޭގެ އެންމެ ގާބިލުކަމުގައި ކުރެވޭނެ ތަޖުރިބާއާއި ހުނަރާއި ގާބިލްކަން ލިބިފައިވި ކަމުގެ މާހިރުން، އެ ކުންފުނީގައި އެބަ ތިއްބެވެ. ރާއްޖޭގައި ޖެންސެޓު އުފައްދަން ބޭނުންވާ ޕާރޓްސް، ބޭރުގެ ކުންފުނި ތަކުން ރަނގަޅު އަގުގައި ހޯދައިގެން، ކުންފުނީގެ ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގައި މިފަދަ ޖެންސެޓުތައް އުފެއްދުމަކީ، ކުންފުނީގެ އެއް އަމާޒެވެ. މި ގޮތުން އުފައްދާ ޖެންސެޓުތަކުގެ އަގު، ބޭރުން ގަނެގެން ގެންނަ އަގަށްވުރެން އެތައް ތަނެއް ހެޔޮވެގެން ދާނެއެވެ. ނަމަވެސް މިއިން ސެޓެއްގެ ސީދާއަގު ހާމަކުރެވޭނީ، ކަމާބެހޭ ގޮތުން މިހާރު ފަށާފައިވާ ދިރާސާތަކުގެ އަލީގައި، ރަނުންރަނަށް ހަދަންޖެހޭ ހިސާބުތައް ހަދައި ނިމުމުންނެވެ.

ސްޓެލްކޯއިން ދެކޭ ގޮތުގައި، ރިނިއުބަލް އެނަރޖީއަށް ކުރިމަގު ބައްޓަން ކުރިނަމަވެސް، ކޮންމެވެސް މިންވަރަކަށް ކުރިމަގުގައިވެސް ޖެންސެޓުގެ ބޭނުން ހިފަންޖެހޭނެއެވެ. އެއީ މިސާލަކަށް ސޯލާއަށް ދިޔަނަމަވެސް، ރޭގަނޑުގެ ވަގުތު ތަކުގައި، ދުވާލު އެއްކުރެވިފައިވާ ހަކަތައިން، ޑިމާންޑާއެއްވަރަށް ރޭގަނޑުގެ ވަކި ވަގުތު ތަކެއްގައި ކަރަންޓު ދޭން ދަތިވާ ޙާލަތުގައި އެ ޖެންސެޓުތަކުގެ ބޭނުން ހިފުމަށެވެ. ހަމައެހެންމެ ޢިޔާދަކުރަނި ހަކަތައަށް ރާއްޖެ ބަދަލުވެގެން އަންނަ މަރުޙަލާގައިވެސް، އިރުން އުފައްދާ ހަކަތައަކީ، ރާއްޖޭގެ ޑިމާންޑާ އެއްވަރަށް އުފެއްދެމުންދާ ހަކަތަކަށް ވެގެންދާ މަރުޙަލާއާއި ބައްދަލު ކުރުމާއި ހަމައަށްވެސް ޖެންސެޓު ތަކުގެ ބޭނުން ހިފަންޖެހުމަކީ، މަޖުބުރު ކަމެއްކަމަށް މުޣުނީ ދެކެވަޑައިގަންނަވައެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާއި ޙަވާލު ވުމަށްފަހު، ބޭރުން އެ ކުންފުންޏަށް، ތިންވަނަ ފަރާތެއް މެދުވެރިވެގެން ގަންނަމުންދިޔަ ސަޕްލައި އަދި ސްޕެއަރޕާރޓްސް ސީދާ އެތަކެތި އުފައްދާ ކުންފުނިތަކުން ގަންނަން ފެށުމުން، ކުންފުނީގެ ހިންގުމުގެ ޚަރަދުން، މިހާރުވަނީ 30 އިންސައްތަ ކުޑަކޮށްފައެވެ.

ކޮންމެ އަކަސް އެ ކުންފުނިން ޖެންސެޓުގެ ވިޔަފާރީގެ ތެރެއަށް ވަންނަން އަމާޒު ހިފައިފައިވާ މަޝްރޫޢަކީ، ކުންފުނީގެ އާމްދަނީ، އަނެއްކައިވެސް އެތައްތަނެއް އިތުރުވެގެން އަންނާނެ، އުފެއްދުން ތަކަކަށް ވެގެންދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގައި ޘަޤާފީ ފަތުރުވެރިކަން ފުޅާކުރުން – ކުރެވިދާނެކަމެއްބާ؟

ރާއްޖޭގައި ޘަޤާފީ ފަތުރުވެރިކަން ފުޅާކުރުން – ކުރެވިދާނެކަމެއްބާ؟

19 ޖެނުއަރީ 2020
ރާއްޖޭގައި ހަރުދަނާ އޮޕޮޒިޝަނެއް ދެން ފެންނާނީ ކޮން ވަގުތަކު؟

ރާއްޖޭގައި ހަރުދަނާ އޮޕޮޒިޝަނެއް ދެން ފެންނާނީ ކޮން ވަގުތަކު؟

28 ސެޕްޓެމްބަރު 2019
އުކުޅަސް ޓެކް ފެއަރ ފުރަތަމަ ފަހަރަށް ރާއްޖޭގައި

އުކުޅަސް ޓެކް ފެއަރ ފުރަތަމަ ފަހަރަށް ރާއްޖޭގައި

17 ޖުލައި 2019
ކުޅިވަރުގެ އުމްރާނީ ތަރައްގީއަށްޓަކައި، އައިއޯއައިޖީ ގޭމްސް ރާއްޖޭގައި ބާއްވަން ޖެހޭ

ކުޅިވަރުގެ އުމްރާނީ ތަރައްގީއަށްޓަކައި، އައިއޯއައިޖީ ގޭމްސް ރާއްޖޭގައި ބާއްވަން ޖެހޭ

11 ޖުލައި 2019
ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

17 ޖެނުއަރީ 2019

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު