Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކަރަންޓުގެ އަގަށް އައި ފަހިކަން

ކަރަންޓުގެ އަގު މިހާރު ހެޔޮވެފައި އޮތް މިންވަރަށް ވުރެން ބޮޑު އިންސައްތަ އަކާއި ދިމާއަށް ސްޓެލްކޯ ދީލާލުން!

ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ޑީސަލް އެންދުމަކީ ކަރަންޓުގެ އަގު ހެޔޮކުރެވޭނެ މަގެއް ނޫން

މުހައްމަދު އާދަމް ސަލީމް
މުހައްމަދު އާދަމް ސަލީމް, ރާއްޖެ އެމްވީ | 11 ނޮވެމްބަރު 2020 | ބުދަ 09:27
ކަރަންޓުގެ އަގު މިވަގުތަށް ކުޑަކުރެވޭނެ ވަރަށް، އެކުންފުނިންވަނީ، މިދިޔަ އަހަރު ކުޑަކޮށްދީފައި

ކަރަންޓުގެ އަގު މިވަގުތަށް ކުޑަކުރެވޭނެ ވަރަށް، އެކުންފުނިންވަނީ، މިދިޔަ އަހަރު ކުޑަކޮށްދީފައި

ގްރޭޓަރ މާލެ ހިމެނޭ ސަރަޙައްދުގެ އިތުރުން، އަތޮޅުތަކުގެ 35 އިންޖީނުގެއިން، ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ، ސްޓޭޓް އިލެކްޓްރިކް ކޮމްފެނީ (ސްޓެލްކޯ) އަކީ، ޑީސަލް އަންދައިގެން ކަރަންޓު އުފެއްދުމުގެ މާޒީއަކާއި، މިއަދަކާއި، މުސްތަޤުބަލެއްވެސް، ކުންފުނީގެ ކުރިމަގަށް މިހާތަނަށް ބާއްވައިގެން ހިންގަމުން އައި ކުންފުންޏެކެވެ. މީގެ މާނައަކީ، ކަރަންޓުގެ ޚިދުމަތް، އެކުންފުނިން ރާއްޖެއަށް ދެމުންގެންދާތާ 70 އަހަރު، މާޒީއަށް ދޫކުރީވެސް، އަދި ކުރިމަގަށް އަމާޒު ހިފައިފާ އޮތީވެސް، މިދެންނެވި ބޯދާ ޚިޔާލުގައި ކަމެވެ.

ޢިޔާދަކުރަނިވި ހަކަތައިގެ މި ޒަމާނުގައި، ކަރަންޓުގެ ޚިދުމަތަށް އަހަރެއްގެ މައްޗަށް އެތައް މިލިއަން ފީފާއެއްގެ ޑީސަލް އެނދުމަކީ، ކަރަންޓުގެ އަގު ބޮޑުވުމުގެ އިތުރަށް، ރާއްޖޭގެ ތިމާވެއްޓަށްވެސް އޮތް އެހާމެ ބޮޑު ގެއްލުމެކެވެ. ނަމަވެސް މި ސިޔާސަތުން ސްޓެލްކޯއަށް މިންޖުވެވޭނެ "ރިނިއުބަލް އެނަރޖީ" ގެ މުސްތަޤުބަލެއް ދައްކައިދީ، އެމަގުން ދަތުރުކުރަން އިރުޝާދުދީ، އަދި މިހިނދުން މިހިނދަށް ކަރަންޓުގެ އަގަށް ގެނެވެން އޮތް ހެޔޮ ރޭޓުތައް، ތަޢާރަފުކޮށް، އެއަށްވުރެންވެސް ބޮޑަށް ކަރަންޓުގެ އަގުހެޔޮކުރެވޭނެ ސިޔާސަތެއްގެ ލަނޑުދަނޑިތަކެއް، ކުންފުންޏަށް ދައްކައިދިނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުގެ ސަރުކާރުގައެވެ. ކަރަންޓުގެ އަގު ހެޔޮކޮށްދިނުމަކީ ރައީސް ސާލިޙުގެ ވަޢުދެއްވެސް މެއެވެ.

ދުނިޔޭގެ ތަޖުރިބާއަށް ބަލާއިރުވެސް، ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ޑީސަލް އެންދުމަކީ ކަރަންޓުގެ އަގު ހެޔޮކުރެވޭނެ މަގެއް ނޫނެވެ. އިންޖީނުތަކަށް އަހަރުން އަހަރަށް ބޭރުން ގަންނަން ޖެހޭ ސްޕެއަރޕާރޓްސްގެ ޚަރަދަށް ބަލާއިރުވެސް މިއީ، ނިމުމެއްނެތް ޚަރަދެކެވެ. މިކަން މިހެން އޮތް އިރު ސްޓެލްކޯއަކީ، ކަރަންޓުގެ އަގު ހެޔޮވެގެންދާނެ، "ރިނިއުބަލް އެނަރޖީ" އަށް، އަމާޒުކޮށްގެން މަޝްރޫޢުތަކެއް ފަށައިފައި އޮތް ކުންފުންޏެއް ނޫނެވެ. ވޭތުވެމިދާ 70 އަހަރުގެ ތެރޭގައިވެސް، ކުންފުނިން ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތްދެނީ، ޑީސަލް އަންދައިގެންނެވެ. އެއީ ޚަރަދުގެ ގޮތުން ބަލާއިރު، މި ޚިދުމަތަށް އެންމެ ބޮޑު ހޭދައެއް ކުރަންޖެހޭ އެއްކަމެވެ.

ހަމައެކަނި ގްރޭޓަރ މާލޭގެސަރަޙައްދަށް ކަރަންޓުދޭން ބޭނުންވާ ޑީސަލަށް، އަހަރެއްގެ މައްޗަށް 100 މިލިއަން ރުފިޔާ އެކުންފުނިން ހޭދަކުރަން ޖެހެއެވެ. ހުރިހާ އިންޖީނުގެ ތަކަށް އަހަރެއްގެ މައްޗަށް 120 މިލިއަން ރުފިޔާ ޑީސަލަށް ހޭދަކުރަން ޖެހެއެވެ. މިހެން އެކަން އޮތްވައިވެސް، ކުންފުނީގެ އެހެނިހެން ޚަރަދުތައް ކުޑަކޮށްގެން، މިންޖު ކުރެވުނު ފައިސާއިން، ކަރަންޓުގެ އަގު މިވަގުތަށް ކުޑަކުރެވޭނެ ވަރަށް، އެކުންފުނިންވަނީ، މިދިޔަ އަހަރު ކުޑަކޮށްދީފައެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުގެ އެއް ވަޢުދަށް މިކަންވެފައި އޮތަތީ، މި ވަޢުދު ފުއްދުމުގެ ފުރަތަމަ މަރުޙަލާގައި ކުޑަކޮށްދިން މިންވަރެވެ. ނަމަވެސް ރިނިއުބަލް އެނަރޖީގެ އެހީގައި ކަރަންޓުގެ އަގު މި ފަސް އަހަރުގެ ތެރޭގައި ހެޔޮ ކުރުމުގެ އައު އަމާޒެއް ކުންފުނިން، މިހާރުވަނީ ހިފައިފައެވެ.

މިދިޔަ 2019 ވަނަ އަހަރުގެ މާރޗު މަހުގެ ތެރޭގައި، ވިޔަފާރި ތަކަށާއި ޢާންމު ގޭބިސީތަކަށް ކަރަންޓުގެ އަގު ހެޔޮކޮށް ދީފައިވަނީ، މިދަންނަވާ އުސޫލުންނެވެ. އެއީ ޑޮމެސްޓިކް ބޭންޑަށް ބަލާއިރު، 400 އާއި 500 ޔުނިޓާއި ދެމެދުގެ ބޭންޑުން، ކުރިން ޔުނިޓަކަށް ޗާޖުކުރަމުން އައި، 4 ރުފިޔާގެ މިންވަރު، މި އައު ބަދަލުގައި، 2 ރުފިޔާ 95 ލާރިއަށް ހެޔޮކޮށްދިނުމާއި، 500 އާއި 600 އާއި ދެމެދުގެ ބޭންޑުން ޔުނިޓަކުން ޗާޖު ކުރަމުންއައި 4ރުފިޔާ 50 ލާރި ،3 ރުފިޔާ 55 ލާރިއަށް ދަށްކޮށްދިނުމާއި، 600 އިން މަތީގެ ބޭންޑުން، ޔުނިޓަކަށް ކުރިން ޗާޖުކުރަމުން އައީ 5 ރުފިޔާ 50 ލާރީގެ ރޭޓު، 4 ރުފިޔާ 25 ލާރިއަށް ހެޔޮ ކޮށްދިނުމެވެ. އަދި ވިޔަފާރި ތަކަށް ކުރިން ޔުނިޓަކަށް 7 ރުފިޔާ 50 ލާރި ޗާޖު ކުރަމުން އައިއައުމުގެ ބަދަލުގައި، ޔުނިޓަކަށް 6 ރުފިޔާ ޗާޖު ކުރަން ނިންމިއެވެ. މި ބަދަލަކީ، ގެސްޓު ހައުސްތަކާއި، ކަރަންޓު ބޭނުންކުރާ މިންވަރު މަތިވެފައި އޮތް ވިޔަފާރިތަކަށް، އޭގެ ހެޔޮ އަސަރު، ކޮންމެވެސް މިންވަރަކަށް ކުރި ކަމެކެވެ.

މި ދެންނެވީ، ކަރަންޓު އަގުހެޔޮ ކޮށްދިނުމުގެ ވަޢުދުގެ ފެށުމެވެ. އެއަށްފަހު، ޙަގީގީ އަގުހެޔޮ ޚިދުމަތަކަށް ކަރަންޓުގެ ޚިދުމަތް ބަދަލު ކުރުމަށްޓަކައި، ސްޓެލްކޯއިން ރިނިއުބަލް އެނަރޖީއާއި ދިމާއަށް ދީލައިލިއެވެ. މަގުސަދަކީ، ރައީސް ސާލިޙުގެ 5 އަހަރުގެ ދައުރުގެ ތެރޭގައި ކަރަންޓު ބިލްތަކުން، މިހާރު ފެންނާން އޮތް މިންވަރުގެ 60 އިން ސައްތައިގެ އަގުހެޔޮވުމެއް، ހޯދައި ދިނުމެވެ. ރިނިއުބަލް އެނަރޖީއަށް ކުރެވޭ އިންވެސްޓުމަންޓުން، ޑީސަލް ބޭނުންކުރަންޖެހޭ މިންވަރު ދަށްވެ، ރިނިއުބަލް އެނަރޖީން ކުޑަ ޚަރަދަކުން ކަރަންޓު އުފެއްދެން ފެށިގެންދާއިރު، އޭގެ ހެޔޮ އަސަރު ކޮންމެ ގޭބިސީއަކަށް ކުރާނެކަމަށް ސްޓެލްކޯގެ މެނެޖިން ޑިރެންޓަރ މުޣުނި ދެކެވަޑައި ގަންނަވައެވެ.

ރިނިއުބަލް އެނަރޖީގެ އައު ލަނޑުދަނޑިތައް ޙާސިލްކުރެވޭއިރު، އަތޮޅުތަކުގެ އިންޖީނުގެތަކަށް ސޯލާއިން އުފެއްދޭ ހަކަތަ އާއި މާލޭގެ އުރަފަށުގައި މޫދުގައި އަޅާ ސޯލާޕެނަލްތަކުގެ އިތުރުން ގޭބިސީތަކުގެ ފުރާޅު ތަކުގައި ޖަހައިދޭ ސޯލާ ޕެނަލްތަކުގެ ޒަރީޢާއިން، ކަރަންޓުގެ ޚިދުމަތުގެ އަގަށް ހެޔޮ ބަދަލު ތަކެއް، މި 5 އަހަރުގެ ތެރޭގައި އަންނަމުން ދާނެއެވެ. ހަމަ އެހެންމެ ޑިޖިޓަލް ކަރަންޓު މީޓަރު ހަރުކުރުމުން، ކޮންމެ މީހެއްގެ ފޯނުން ކަރަންޓު ބިލަށް އަރަމުންދާ މިންވަރު، އެނގެން ފެށުމާއި، ބިލަށް އެމީހަކު ކަނޑައެޅި ޔުނިޓު ހަމަވުމުން އެލާމްވާ ޚިދުމަތް އެ މީޓަރުން ލިބެންފެށުމާއި، ޕްރީޕެއިޑުކޮށް، އެ މީތަރުގެ އެހީގައި ކަރަންޓުގެ ޚިދުމަތް ލިބިގަތުން ފަދަ، ކިތަންމެ ޚިދުމަތެއް ތަޢާރަފުވެގެން ދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސޫކީގެ ނޮބެލް އިނާމުގެ  އަގުވެއްޓިފައި

ސޫކީގެ ނޮބެލް އިނާމުގެ އަގުވެއްޓިފައި

19 އެޕްރީލު 2017
ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

13 އެޕްރީލު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

03 މާރިޗު 2017
ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

28 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު