Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފަނޑިޔާރުގެ މިނިވަންކުރުން

ރަނުން ރަނަށް ފުއްދަމުން އަންނަ ޢަދުލް އިންސާފުގެ ވަޢުދު!

ޖުޑިޝަރީ ކޮމިޓީއެއް އުފެދިގެން ދިޔަކަމީ، އެޅިގެންދިޔަ ހަރުދަނާ މުހިންމު ފިޔަވަޅެއް

މުހައްމަދު އާދަމް ސަލީމް
މުހައްމަދު އާދަމް ސަލީމް, ރާއްޖެ އެމްވީ | 10 ނޮވެމްބަރު 2020 | އަންގާރަ 20:00
މިނިވަން އިންސާފުވެރި ފަނޑިޔާރުގެއެއް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދޭ

މިނިވަން އިންސާފުވެރި ފަނޑިޔާރުގެއެއް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދޭ

މިނިވަން އިންސާފުވެރި ފަނޑިޔާރުގެއެއް ހޯދައިދިނުމަކީ، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު، ރިޔާސީ ކެންޕޭންގެ ތެރޭގައި ރައްޔިތުންނާ މުޚާބަޠަބު ކުރައްވަމުން ގެންދެވިއިރު، ވިދާޅުވަމުން ގެންދެވި އެއް ވާހަކަފުޅެވެ. ހަމަ އެހެންމެ އެމް.ޑީ.ޕީގެ ކެންޑިޑޭޓުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަމުން ގެންދިޔައިރުވެސް، ޢަދުލް އިންސާފުގެ ނިޒާމު ހަރުދަނާކުރަން ކުރަންޖެހޭ މަސައްކަތް ތަކުގެ މުހިންމުކަން، ރައްޔިތުންގެ ސަމާލުކަމަށް ގެނެސްދިނެވެ.

އެމް.ޑީ.ޕީގެ އަޣުލަބިއްޔަތެއް އޮތް ޕާލަމެންޓެއްގައި، މި ހެޔޮ ބަދަލުތައް ރައްޔިތުންނަށް ގެނެސްދޭނެ ކަމަށް ބުނަމުންދިޔައެވެ. ކޮންމެއަކަސް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަރމެޖޯރިޓީ ރައްޔިތުން ދިނީ އެމް.ޑީ.ޕީއަށެވެ. ސުވާލަކީ، އެމް.ޑީ.ޕީން މިކަމުގައި މިހާތަނަށް ކިހާ މިންވަރެއްގެ މަސައްކަތްތަކެއް ކޮށްދީފި ހެއްޔެވެ؟

މިއަދު ފެންނާން އޮތް އެއް މަންޒަރަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ހަތް މެންބަރުން ހިމެނޭ ފުރިހަމަ ބެންޗަކަށް ބަދަލުވެފައި އޮތް ތަނެވެ. ހައިކޯޓުގެ ބެންޗުންވެސް ބައެއް އައު މޫނުތައް ތަޢާރަފް ވީތަނެވެ. މި މަންޒަރުތައް މިހެން ފެންނަމުންދާއިރު، ޢަދުލް އިންސާފުގެ ނިޒާމް ހަރުދަނާކުރުމަށްޓަކައި، ކުރީން ފެންނާން އޮތް ޖުޑިޝަލް ސަރވިސް ކޮމިޝަނުން ކުރަމުން އައި ކޯޓުތަކުގެ އިދާރީ މަސައްކަތްތައް، ޑިޕާރޓުމަންޓު އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނެއް އުފައްދައި، އެ ޑިޕާޓު މަންޓުގެދަށަށް ވަނީ ބަދަލުކޮށްފައެވެ. އެހެން ކަމުން ކޯޓުތަކުގެ އިދާރީ ކަންކަން މީގެކުރިން އިސްގާޒީ ބައްލަވަމުންދިޔަ އުސޫލު ބަދަލުވެ، އެ މަސްއޫލިއްޔަތު ރަޖިސްޓްރަރގެ މަސްއޫލިއްޔަތަކަށް ބަދަލުވެގެން ހިނގައްޖެއެވެ. މިއީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ދިގުލައި ދިއުމުގެ ފުރުސަތު ކުޑަވެ، މައްސަލަތައް އަވަހަށް ނިންމުމަށް ލިބިގެންދިޔަ ކުރިއެރުމެކެވެ.

ޚާއްސަ ގޮތެއްގައި ޖުޑިޝަރީން ފެންނަމުން މިދާ އައު ބަދަލު ތަކުގެ ތެރެއިން، ފަނޑިޔާރުގެ ސްލޫކީ މައްސަލަތައް ވީހާވެސް ދެފުށް ފެންނަ އިންސާފުވެރި ގޮތަކަށް ބެލޭނޭ ނިޒާމު ވަރުގަދަވެގެން ދާއިރު، އެކަންކަން ހިނގަމުންދާ ގޮތް ވަރަށް ކައިރިން ބަލާނެ ކޮމިޓީއެއް، ރައްޔިތުންގެ މަޖިލީހުގައިވެސް އުފެދިގެން ދިޔައެވެ. ރައްޔިތުންގެ މަޖިލީހުގައި އަލަށް ޖުޑިޝަރީ ކޮމިޓީއެއް އުފެދިގެން ދިޔަކަމީ، މިކަންކަން އިތުރަށް ހަރުދަނާކުރަން އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.

ޖުޑިޝަލް ރިފޯމަށް ބަލާއިރު، ނަޒާޙަތްތެރި ފަނޑިޔާރުގެއެއް ގާއިމްވެ ހިނގަމުންދިއުމަށް، ފަހިވެގެން އަންނަންޖެހޭ އެންމެހާ ކަންކަން ފުރިހަމަ ކުރުމުގައި، މިއަދު ފެންނާން އޮތް، ރައްޔިތުންގެ މަޖިލިސް އަދާކުރަމުންދާ ދައުރަކީ، ފާހަގަ ކުރެވިގެންދާ މުހިންމު މަސައްކަތް ތަކެކެވެ.

މިގޮތުން ބަލާއިރު، ޖިނާޢީ އަދުލުގެ ނިޒާމް ހަރުދަނާކުރަން ކޮށްދީފައިވާ މަސައްކަތްތަކުގެ އިތުރުން،

ފުލުހުންގެ އާ ބިލަކީ، މިނިވަންކަމާއެކު، ތަޙުގީގު ހިންގުމާއި ފުލުހުންގެ މުއައްސަސާގެ މިނިވަންކަން އިތުރަށް ކަށަވަރު ކުރުމަށް ގެނެވުނު މުހިންމު ބިލަކަށް ވެގެން ދިޔައެވެ. މި ބިލުގެ ސަބަބުން ޕޮލިސް ކަމިޝަނަރަކީ، މިނިވަންކަމާއެކު، އެ މަސްއޫލިއްޔަތު އުފުލޭނެ ބޭފުޅަކަށްވެ، މުއައްސަސާގެ މިނިވަންކަން އިތުރަށް ވަރުގަދަވެ، ސިޔާސީ ނުފޫޒުން އެއްކިބާވެގެން ތިބެ، ޚިދުމަތްދޭން، ވަރަށްބޮޑަށް ބާރު އެޅިފައިވާ ބިލަކަށްވެސް މި ބިލް ވެގެން ދާނެއެވެ.

މުހިންމު ބިލްތަކެއް، ކޮމިޓީގެ މަރުޙަލާއިން ފެންނަމުން ދާއިރު، އިންތިގާލީ އިންސާފުގެ ބިލަކީވެސް، ފާހަގަކޮށްލެވޭ ބިލެކެވެ. އެއި އެ ބިލުގެ ސަބަބުން ހެޔޮ އަސަރުތަކެއް ކުރާނެ ބިލެކެވެ. އަދި އިންސާނީ ޙައްގުތައް ގެއްލިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި، ކުރަމުން އަންނަ މަސައްކަތް ތަކަކީވެސް، މުހިންމު ބިލްތަކުގެ މަރުޙަލާއިން، ފާހަގަ ވެގެންދާނެ މުހިންމު މަސައްކަތެކެވެ. މިވަގުތު ކޮމިޓީ މަރުޙަލާގައި އޮތް، "މަދަނީ އިޖްރާތުގެ ބިލަކީވެސް' އެ ބިލެއްގެ ސަބަބުން ހެޔޮ އަސަރުތަކެއް، ދިވެހި މުޖުތަމަޢު ދެކޭނެ ބިލެކެވެ.

އެހެންކަމުން، ރައީސް ސޯލިޙު، ނިސްބަތްވެވަޑައިގަންނަވާ އެމް.ޑީ.ޕީގެ އަޣުލަބިއްޔަތު، އެ މަޖިލީހަކުން ފެންނާން އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ، ޢަދުލް އިންސާފުގެ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި، ގެނެވޭ ގާނޫނީ ހެޔޮ ބަދަލު ތައް ވަރަށް ބޮޑަށް ފެންނަމުން އަންނަ މަޖިލީހެކެވެ. މިއީ އިންސާފުވެރި ފަނޑިޔާރުގެއެއް، ރާއްޖޭގައި ޤާއިމްކުރަން ކުރެވިފައިވާ އަދި ކުރަމުން އަންނަ މުހިންމު މަސައްކަތް ތަކެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަލިވި މީހުންނަށް ހަޖަމް ނުވެ ޙައްޤުގެ ވާހަކަ އިދިކޮޅަށް ދެއްކީމާ އަންނަނީ ހިނި!

ބަލިވި މީހުންނަށް ހަޖަމް ނުވެ ޙައްޤުގެ ވާހަކަ އިދިކޮޅަށް ދެއްކީމާ އަންނަނީ ހިނި!

10 އޮކްޓޯބަރު 2018
ސެޕްޓެމްބަރު 23، ރައްޔިތުންގެ ކޯޓުގެ ހުކުމް އަންނަ ދުވަސް!

ސެޕްޓެމްބަރު 23، ރައްޔިތުންގެ ކޯޓުގެ ހުކުމް އަންނަ ދުވަސް!

11 ސެޕްޓެމްބަރު 2018
ބުލީ ކުރާ ވާހަކަ ނިހާނު ދެއްކީމައި އަންނަނީ ހިނި!

ބުލީ ކުރާ ވާހަކަ ނިހާނު ދެއްކީމައި އަންނަނީ ހިނި!

06 ޖޫން 2018
ފޮށާ އަންނަނީ ރީއްޗަކަށް ނޫން. ބަރަހަނާ ފޮރުވަން

ފޮށާ އަންނަނީ ރީއްޗަކަށް ނޫން. ބަރަހަނާ ފޮރުވަން

19 ފެބުރުއަރީ 2018
\"ގަހަކުން ފަތެއް ހެލިލިޔަސް ހީވެޔޭ، ފަހަތުން މަގޭ އަންނަހެން ހީވެޔޭ، އެހަނދާނުގައި މޭ ތެޅޭ ގޮތް ވެއޭ\"

"ގަހަކުން ފަތެއް ހެލިލިޔަސް ހީވެޔޭ، ފަހަތުން މަގޭ އަންނަހެން ހީވެޔޭ، އެހަނދާނުގައި މޭ ތެޅޭ ގޮތް ވެއޭ"

26 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު