Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަންސޫ ފަޓީއަށް އަނިޔާވުން

ފަޓީއަށް އަނިޔާވެ ހަތަރު މަހަށް ކުޅުމާ ދުރަށް

10 ނޮވެމްބަރު 2020 | އަންގާރަ 12:25

ފަޓީއަށް އަނިޔާވީ ހޮނިހިރު ދުވަހުގެރޭ ބެޓިސް އަތުން ބާސާ މޮޅުވި މެޗުގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 10 ނޮވެމްބަރު 2020 | އަންގާރަ 12:25
ބެޓިސް އަތުން ބާސާ މޮޅުވި މެޗުގައި ފަޓީއަށް އަނިޔާވެފައި ވަނިކޮށް

ބެޓިސް އަތުން ބާސާ މޮޅުވި މެޗުގައި ފަޓީއަށް އަނިޔާވެފައި ވަނިކޮށް

ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން ބާސެލޯނާގެ ޒުވާން ތަރި އަންސޫ ފަޓީ ހަތަރު މަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

ފަޓީއަށް އަނިޔާވީ ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ 5-2 ން ރެއާލް ބެޓިސް އަތުން ބާސާ މޮޅުވި މެޗުގައެވެ. އެ މެޗުގައި ފަޓީގެ ވާތު ކަކުލަށް އަނިޔާވުމާ ގުޅިގެން، މެޗުގެ ދެވަނަ ހާފު ބާސާއިން ފެށީ ފަޓީ ނުލައެވެ.

މެޗަށްފަހު ހެދި ޓެސްޓުތަކުން ފަޓީގެ ކަކުލަށް ސީރިއަސް އަނިޔާއެއް ލިބިފައިވާކަން ފާހަގަވުމާއެކު، ހޯމަ ދުވަހު އޭނާ ވަނީ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ. ޒުވާން އުމުރުގައި ފަޓީ ކަކުލުގެ އޮޕަރޭޝަނެއް ކުރަން ޖެހުނުއިރު، އޮޕަރޭޝަނަށްފަހު އުމުރުން 18 އަހަރުގެ ފަޓީއަށް ކުޅުމުގެ ތެރެއަށް އާދެވޭނީ ހަތަރު މަސް ފަހުން ކަމަށް ބާސާއިން ވަނީ ބުނެފައެވެ. އެކަމަކު އެ މުއްދަތު އިތުރުވުމުގެ ފުރުސަތުވެސް އެބައޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފަޓީއަށް އަނިޔާވުމަކީ ބާސާގެ އިތުރުން ސްޕެއިން ގައުމީ ފުޓްބޯޅަ ޓީމަށްވެސް ލިބުނު ގެއްލުމެކެވެ. އަނިޔާގެ ސަބަބުން ފަޓީ ވަނީ ސްޕެއިނުގެ ސްކޮޑުންވެސް ބާކީކޮށްފައެވެ.

މި ސީޒަނުގައި ރޮނާލްޑް ކޫމަނުގެ އިރުޝާދުގެ ދަށުން ފަޓީ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ސީޒަނުގެ މިހާތަނަށް އޭނާ ކުޅުނު 10 މެޗުގައި ވަނީ ހަ ލަނޑު ޖަހާފައެވެ. އަދި މި ސީޒަނުގެ އެލް ކްލަސިކޯ މެޗުގައި ފަޓީ ލަނޑު ޖެހިއިރު، އޭނާ ވެފައިވަނީ ކްލަސިކޯ މެޗެއްގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާއަށެވެ.

ގިނީ ބިސާއުއަށް އުފަން ފަޓީ ބާސާގެ ސީނިއާ ޓީމުން ޖާގަ ހޯދީ މިދިޔަ އަހަރުގެ އޯގްސްޓް މަހުގެ 31 ވަނަ ދުވަހުއެވެ. އޮސަސޫނާއާ ދެކޮޅަށް ބާސާ ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފަޓީ ކުޅެން އަރާ ވަނީ ހަ މިނެޓު ތެރޭ ލަނޑެއް ޖަހާފައެވެ. އެއާއެކު އޭނާ ވެފައިވަނީ ބާސާގެ ތާރީޚުގައި އެ ޓީމަށް މެޗެއް ކުޅެދިނުމުގެ އިތުރުން ބާސާގެ ޖާޒީގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާއަށެވެ. އަދި ފަޓީ އަކީ ސްޕެނިޝް ލީގުގެ ތާރީޚުގައި ލަނޑު ޖެހި ތިންވަނައަށް އެންމެ ހަގު ކުޅުންތެރިޔާ އެވެ. އޭރު އޭނާގެ އުމުރަކީ 16 އަހަރާ 304 ދުވަހެވެ.

އެއަށްފަހު ފަޓީ ގިނަ ރިކޯޑުތަކެއް މުގުރާލާފައިވާއިރު، އޭނާއަކީ މިހާރު ޔުއެފާ ޗެމްޕިއަންސް ލީގުގެ ތާރީޚުގައިވެސް ލަނޑެއް ޖެހި އެންމެ ހަގު ކުޅުންތެރިޔާއެވެ. އަދި ފަޓީ ވަނީ ސްޕެނިޝް ލީގުގެ ތާރީޚުގައި އެއް މެޗެއްގައި ދެ ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރިކޯޑުވެސް މުގުރާލާފައެވެ.

ގިނަ ބަޔެއްގެ ލޯ އަމާޒުވެފައިވާ އުންމީދީ ފޯވާޑް ފަޓީ ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އޭނާ ވަނީ މިހާތަނަށް ބާސާގެ ސީނިއާ ޓީމަށް ކުޅެދިން 43 މެޗުގައި 13 ލަނޑު ޖަހާފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

15 މާރިޗު 2017

ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ

15 މާރިޗު 2017
ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ
04 މާރިޗު 2017

ސާޅިސް ހަތަރު ޓީމާއެކު ސްކޫލް ކޮލެޖު ވޮލީ މުބާރާތް ފަށަނީ

04 މާރިޗު 2017
ސާޅިސް ހަތަރު ޓީމާއެކު ސްކޫލް ކޮލެޖު ވޮލީ މުބާރާތް ފަށަނީ
24 ފެބުރުއަރީ 2017

އާމްސްޓްރޯންގްގެ ޝަރީޢަތް ނޮވެމްބަރު މަހަށް ތާވަލުކޮށްފި

24 ފެބުރުއަރީ 2017
އާމްސްޓްރޯންގްގެ ޝަރީޢަތް ނޮވެމްބަރު މަހަށް ތާވަލުކޮށްފި
19 ފެބުރުއަރީ 2017

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ
15 ފެބުރުއަރީ 2017

ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

15 ފެބުރުއަރީ 2017
ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި
11 ފެބުރުއަރީ 2017

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ
28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް