Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިންހިއްކުމާ ބަނދަރުގެ މަޝްރޫއު

6 ރަށެއްގެ ބިިން ހިއްކުމާ 3 ރަށެއްގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

10 ނޮވެމްބަރު 2020 | އަންގާރަ 11:45

މި އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވަނީ އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގެއި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 10 ނޮވެމްބަރު 2020 | އަންގާރަ 11:45
މިހާރުވެސް ގިނަ އަދަދެއްގެ ރަށްތަކުގައި ބިންހިއްކުމާ ބަނދަރު ހެދުމުގެ މަޝްރޫއުތައް ކުރިއަށް ދޭ

މިހާރުވެސް ގިނަ އަދަދެއްގެ ރަށްތަކުގައި ބިންހިއްކުމާ ބަނދަރު ހެދުމުގެ މަޝްރޫއުތައް ކުރިއަށް ދޭ

6 ރަށެއްގެ ބިިން ހިއްކުމާ 3 ރަށެއްގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލު ކޮށްފިއެވެ.

ޕްލޭނިންގ މިނިސްޓްރީއިން އެމްޓީސީއާއެކު މި އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވަނީ އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިންނެވެ. އެގޮތުން ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރ. ދުވާފަރު، ހއ. އިހަވަންދޫ، އއ. އުކުޅަސް، ތ. ހިރިލަންދޫ، ގއ. ދާންދޫ އާއި މ. ދިއްގަރުގައެވެ.

Advertisement - newsAdvertisement

ރ. ދުވާފަރުން 22.2 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު މިއީ 143 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. ޕްލޭނިންގ މިނިސްޓްރީއިން ބުނީ މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 445 ދުވަހުގެ ތެރޭގައި ކަމަށެވެ.

ހއ. އިހަވަންދޫއިން 25 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވާއިރު މި މަޝްރޫޢުއަކީ 123 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ. އަދި މި މަސައްކަތް ނިންމަން ހަވާލުކޮށްފަައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން އެ ރަށުގެ ގޮނޑުދޮށް ޙިމާޔަތް ކުރުމަށްވެސް ވަނީ ނިންމާފައެވެ.

އއ. އުކުޅަހުގެ ބިން ހިއްކުމާ އެކު މި މަޝްރޫއުގެ ދަށުން އެ ރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެރަށު ފަޅުން 10 ހެކްޓަރުގެ ސަރަޙައްދެއް ހިއްކާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީއިން ބުނެއެވެ. އަދި މިއީ 71 މިލިއަން ރުފިޔާގެ މި މަޝްރޫޢުއެއްކަމާއި މި މަސައްކަތް 235 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ޕްލޭނިންގ މިނިސްޓްރީއިން އިތުރަށް ބުނީ ތ. ހިރިލަންދޫއިން 20 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާކަމަށާ މި މަޝްރޫއުއަކީ 105 މިލިއަން ރުފިޔާގެ މަޝްރޫއު އެއްކަމަށެވެ. އަދި 285 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ކަނޑައެޅިފައިވާއިރު، އެރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

ގއ. ދާންދޫގެ ބިން ހިއްކުމުގެ މަޝްރޫޢުގައި އެރަށުން 25 ހެކްޓަރުގެ ސަރަޙައްދެއް ހިއްކުމަށްވަނީ ނިންމާފައެވެ. މިއީ 186 މިލިއަން ރުފިޔާގެ މަޝްރޫޢުއަކަށް ވާއިރު މި މަސައްކަތް 350 ދުވަސްތެރޭ ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުތަކުގެ ތެރެއިން ބަނދަރު ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ ޅ. ހިންނަވަރު، އއ. އުކުޅަސް އަދި އއ. މާޅޮހުގައެވެ.

މި އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޢާދަމް އާޒިމްއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

29 އެޕްރީލު 2017

ތަރައްގީގެ މީޓަރުން ރައީސް ޔާމީނަށް ލިބެނީ ސުމެއް: އަލީ ހުސެއިން

29 އެޕްރީލު 2017
ތަރައްގީގެ މީޓަރުން ރައީސް ޔާމީނަށް ލިބެނީ ސުމެއް: އަލީ ހުސެއިން
26 އެޕްރީލު 2017

މާފަރު އެއާޕޯޓް ތަރައްގީކުރުން ސަން ސިޔާމްގެ ކުންފުންޏާ ހަވާލުކޮށްފި

26 އެޕްރީލު 2017
މާފަރު އެއާޕޯޓް ތަރައްގީކުރުން ސަން ސިޔާމްގެ ކުންފުންޏާ ހަވާލުކޮށްފި
18 އެޕްރީލު 2017

ބާރަ ރަށެއްގެ އީއައިއޭ ރިޕޯޓް ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

18 އެޕްރީލު 2017
ބާރަ ރަށެއްގެ އީއައިއޭ ރިޕޯޓް ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި
26 މާރިޗު 2017

ހަ ރަށެއްގެ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް 14.3 މިލިޔަން ރުފިޔާ އަށް މަގުހަދާ ކުންފުންޏަށް

26 މާރިޗު 2017
ހަ ރަށެއްގެ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް 14.3 މިލިޔަން ރުފިޔާ އަށް މަގުހަދާ ކުންފުންޏަށް
01 މާރިޗު 2017

ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ

01 މާރިޗު 2017
ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް