Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖޯޝުއާ ކިމިޗަށް އަނިޔާވުން

ކިމިޗަށް އަނިޔާވެ ޖެނުއަރީގެ ނިޔަލަށް ކުޅުމާ ދުރަށް

9 ނޮވެމްބަރު 2020 | ހޯމަ 10:34

ކިމިޗަށް އަނިޔާވީ ޑޯޓްމުންޑް އަތުން ބަޔާން މޮޅުވި މެޗުގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 9 ނޮވެމްބަރު 2020 | ހޯމަ 10:34
ޑޯޓްމުންޑާ ދެކޮޅަށް ބަޔާން ކުޅުނު މެޗުގައި ކިމިޗަށް އަނިޔާވެގެން ދަނޑުން ބާލަނީ

ޑޯޓްމުންޑާ ދެކޮޅަށް ބަޔާން ކުޅުނު މެޗުގައި ކިމިޗަށް އަނިޔާވެގެން ދަނޑުން ބާލަނީ

ބަޔާން މިއުނިކުގެ ޑިފެންޑަރު ޖޯޝުއާ ކިމިޗަށް އަނިޔާވެ ޖެނުއަރީ މަހުގެ ނިޔަލަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

އުމުރުން 25 އަހަރުގެ ކިމިޗަށް އަނިޔާވީ ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ވާދަވެރި ބޮރޫޝީއާ ޑޯޓްމުންޑް އަތުން 3-2 ން ބަޔާން މޮޅުވި މެޗުގައެވެ. އެ މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން މެޗުގެ 36 ވަނަ މިނެޓުގައި އޭނާ ވަނީ ބަދަލުކޮށްފައެވެ.

އެ މެޗުގައި ކިމިޗުގެ ކަކުލަށް ސީރިއަސް އަނިޔާއެއް ލިބުމާ ގުޅިގެން އާދީއްތަ ދުވަހު އޭނާ ވަނީ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ. ކިމިޗުގެ އޮޕަރޭޝަން ކާމިޔާބުކަމަށް ބަޔާނުން ބުނެފައިވާއިރު، މި އަނިޔާއާ ގުޅިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ކިމިޗް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެހެންކަމުން ޖަރުމަނުގެ ގައުމީ ފުޓްބޯޅަ ޓީމުން މި މަހު ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅޭ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗާއި، ޔުއެފާ ނޭޝަންސް ލީގުގައި ޔޫކްރޭން އަދި ސްޕެއިނާ ދެކޮޅަށް ކުޅޭ މެޗުތަކުގައިވެސް ކިމިޗަށް ނުކުޅެވޭނެއެވެ.

ކިމިޗުގެ ކަކުލަށް ސީރިއަސް އަނިޔާއެއް ލިބުނުއިރު، މި ފަހަކަށް އައިސް އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މި ސީޒަނުގައި ބަޔާނުން ކުޅުނު 11 މެޗުގައި ކިމިޗް ވަނީ ތިން ލަނޑު ޖަހާފައެވެ. އަދި މި ސީޒަނުގެ ޔުއެފާ ސުޕަ ކަޕާއި، ޖަރުމަން ސުޕަ ކަޕް އަދި މިދިޔަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގާއި، ޖަރުމަން ލީގު އަދި ޖަރުމަން ކަޕް ބަޔާނުން ކާމިޔާބުކުރިއިރު، ކިމިޗުގެ ދައުރު ބޮޑެވެ.

އާރްބީ ލެއިޕްޒީގް ދޫކޮށް 2015 ވަނަ އަހަރު ބަޔާނާ ގުޅުނު ކިމިޗް ވަނީ މިހާތަނަށް ބަޔާނަށް ކުޅެދިން 233 މެޗުގައި 27 ލަނޑު ޖަހާފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް

19 އެޕްރީލު 2017
މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް
12 އެޕްރީލު 2017

ވިހި ވިހީގެ ނިޔަލަށް ނިއުގައި މަޑުކުރަން ސެންޓޭ ނިންމައިފި

12 އެޕްރީލު 2017
ވިހި ވިހީގެ ނިޔަލަށް ނިއުގައި މަޑުކުރަން ސެންޓޭ ނިންމައިފި
12 އެޕްރީލު 2017

މޮޅުވުމަށްވުރެ ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭ: ސާންތި

12 އެޕްރީލު 2017
މޮޅުވުމަށްވުރެ ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭ: ސާންތި
09 އެޕްރީލު 2017

ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ

09 އެޕްރީލު 2017
ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ
09 އެޕްރީލު 2017

ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް

09 އެޕްރީލު 2017
ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް
04 އެޕްރީލު 2017

ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ފަޚުރުވެރިވަން، އެކަމަކު ނަސީބު ދެރަ: ސެކްލޮސްކީ

04 އެޕްރީލު 2017
ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ފަޚުރުވެރިވަން، އެކަމަކު ނަސީބު ދެރަ: ސެކްލޮސްކީ
21 މާރިޗު 2017

ދެ ހަފްތާއަށް ހަޒާޑް ކުޅުމާއި ދުރަށް

21 މާރިޗު 2017
ދެ ހަފްތާއަށް ހަޒާޑް ކުޅުމާއި ދުރަށް
15 މާރިޗު 2017

ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ

15 މާރިޗު 2017
ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ
15 ފެބުރުއަރީ 2017

ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

15 ފެބުރުއަރީ 2017
ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް