Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްވީ ސީހޯމް ސަފަޔަރ ބޯޓު ނެގުމުގެ މައްސަލަ

ދަގަނޑު ބޯޓު މައްސަލައިގައި ފަސް ލައްކަ ޑޮލަރު ދައްކަންކުރި ހުކުމް އިސްތިއުނާފް ކުރަނީ

މިއަދު ނޫނީ މާދަމާ ހައިކޯޓަށް އިސްތިއުނާފަށް ހުށަހަޅާނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 8 ނޮވެމްބަރު 2020 | އާދީއްތަ 09:10
އެމްވީ ސީހޯމް ސަފަޔަރ -- ތިލަފުށި ފަޅުގައި އޮންނަތާ 8 އަހަރު، އެސަރަހައްދުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތައް ވަމުންދޭ

އެމްވީ ސީހޯމް ސަފަޔަރ -- ތިލަފުށި ފަޅުގައި އޮންނަތާ 8 އަހަރު، އެސަރަހައްދުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތައް ވަމުންދޭ

ކ. ތިލަފުށި ފަޅުގައި އަޅާފައިއޮތް ދަގަނޑު ބޯޓު، "އެމްވީ ސީހޯމް ސަފަޔަރ" އެތަނުން ނެގުމުގައި އެއްބަސްވުމާ ހިލާފުވެފައިވާ ކަަމަށްބުނެ، ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އިން 5 ލައްކަ ޑޮލަރު، އެ މަސައްތްކަތް ކުރި އަމިއްލަ ކުންފުންޏެއް ކަމަށްވާ، ޕާރކަވަންއަށް ދެއްކުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރާނެ ކަމަށް ބުނެފިއެވެ.

ދާދިފަހުން ސަރުކާރުން ވަނީ ޖީއެމްއައިޒެޑްއެލް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ދަށަށް ބަދަލުކޮށްފައެވެ. އެހެންކަމުން، މި މައްސަލަ އިސްތިއުނާފް ކުރުމުގެ މަސައްކަތް ކުރަމުންދަނީ އެޗްޑީސީން ކަމަށް މައުލޫމާތު ލިބެއެވެ.

"ރާއްޖެއެމްވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗްޑީސީން ދަނީ ސިވިލް ކޯޓުން ޖީއެމްއައިޒެޑްއެލްގެ މައްޗަށް ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އާދިއްތަ ނުވަތަ ހޯމަ ދުވަހު، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފަށް ހުށަހަޅާނެ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

މި މައްސަލައަކީ، ކ. ތިލަފުށި ފަޅުގައި އަޅާފައިވާ ދަގަނޑު ބޯޓު "އެމްވީ ސީހޯމް ސަފަޔަރ" އެތަނުން ނެގުމަށް ތިލަފުށި ހިންގަމުންދިޔަ ޖީއެމްއައިޒެޑުން ބީލަމަށް ހުޅުވާލުމުން އެކަމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އަމިއްލަ ކުންފުންޏެއް ކަމަށްވާ ޕާރކަވަން ކުންފުންޏާ، އެގްރީމެންޓް ކުރެވިގެން ހަވާލު ކުރުމަށްފަހު، ޖީއެމްއައިޒެޑް އިން އެގްރީމެންޓާ ހިލާފްވެފައިވާތީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި 708،511.36 ޑޮލަރު ހޯދުމަށް ޕާރކަވަން ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

ސިވިލް ކޯޓުން މިދިއަ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު ކޮށްފައިވާ ހުކުމުގައި، 9 ނުކުތާއަކަށް ވަނީ ރިއާޔަތްކޮށްފައެވެ. އެ ދެ ކުންފުނީގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް އިއްވާފައިވާ ހުކުމުގައި ވަނީ، "އެމްވީ ސީހޯމް ސެފަޔަރ" އުޅަނދު ސެލްވޭޖްކޮށް ތިލަފުއްޓާއި ގުޅިފަޅުގެ އޭރިޔާއިން ނެގުމަށާއި، އެމަސައްކަތުގެ އުޖޫރައަކީ ނުވަތަ މުޤާބިލެއްގެ ގޮތުގައި ޕާރކަވަންގެ ފަރާތުން ބޭނުންވާ ގޮތަކަށް މަންފާ ޙާޞިލްކުރުމަށްޓަކައި އެއުޅަނދުގެ މިލްކުވެރިކަން ޕާރކަވަންއަށް ލިބޭގޮތަށް އެއްބަސްވެ ދެކުންފުނީގެ ދެމެދުގައި 16 އޭޕްރީލް 2015 ގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން އުޅަނދު ސަލްވޭޖްކުރުމަށް ދީފައިވާ މުހުލަތުގައި ޕާރކަވަންގެ ފަރާތުން އެ އުޅަނދު ސެލްވޭޖްކޮށް ތިލަފުށީގައި އޮންނަ ބީއެމްސީ ސްލިޕްވޭ އެންޑް ސެލްވޭޖް ކޯ ޕްރައިވެޓް ލިމިޓެޑުގެ ބޯޓްޔާޑަކަށް އެބޯޓު އަރުވާފައިވާކަމަށާއި ބޯޓްޔާޑަށް އެބޯޓު އެރުވުމަށްފަހު އެބޯޓުގެ ބައިތައް ބާދަގަނޑުގެ ގޮތުގައި ވިއްކާލުމަށްޓަކައި ޕާރކަވަންގެ ފަރާތުން އެބޯޓު ކެފުމުގެ މަސައްކަތް ކުރަމުންދަނިކޮށް މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން އެމަސައްކަތް ހުއްޓުވާފައިވާކަަމަށް ފާހަގަވެފައިވާކަމަށެވެ.

ފުލުހުން މަސައްކަތް ހުއްޓުވުމާއި ގުޅިގެން ޕާރކަވަންގެ ފަރާތުން ޖީއެމްއައިޒެޑްއެލްއަށް އެކަން އަންގާފައިވާއިރު ކުންފުނީގެ ފަރާތުން އެމައްސަލަ ޙައްލުކޮށް އެއްބަސްވުމާއި އެއްގޮތަށް ބޯޓާއިމެދު ޢަމަލުކުރުމަށްޓަކައި އެބޯޓު ލިބޭނެގޮތް ހަދާދީފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެއްބަސްވުމާއި އެއްގޮތަށް ބޯޓުގެ މިލްކުވެރިކަން ޕާރކަވަންއަށް ލިބޭނެގޮތް ޖީއެމްއައިޒެޑްއެލްއަށް ހަދާނުދެވުނުއިރު ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރިއިރު އެއުޅަނދުގެ މިލްކުވެރިކަން ނުވަތަ އެއުޅަނދުގެ މިލްކުވެރިކަން އެހެންފަރާތަކަށް ދިނުމުގެ އިޚްތިޔާރު އެކުންފުންޏަށް ލިބިފައިނުވާއިރު އެފަދަ ބާރެއް ނުވަތަ އިޚްތިޔާރެއް އޮތްކަމަށް ދައްކައިގެން އެއްބަސްވުމުގެ ތެރެއަށް ޕާރކަވަން ވައްދައި އެއްބަސްވުމުގައި ސޮއިކޮށް އެ ކުންފުނި ލައްވައި އެމަސައްކަތް ކުރުވުމުގެ ނަތީޖާއެއްގެ ގޮތުންކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތްކަމަށް ހުކުމްގައި ވަނީ ބުނެފައެވެ،

އެއްބަސްވުމާއި އެއްގޮތަށް ޕާރކަވަންގެ ފަރާތުން ކުރި މަސައްކަތުގެ އުޖޫރައެއްގެ ގޮތުން އެކުންފުންޏަށް ދިނުމަށް އެއްބަސްވެފައިވާ "އެމްވީ ސީހޯމް ސެފަޔަރ" އުޅަނދު އެކުންފުންޏަށް ނުލިބުމުގެ ސަބަބުން އެ އުޅަނދު ބައު ދަގަނޑުގެ ގޮތުގައި ވިއްކާލައިގެން ލިބެން އޮތްކަމަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތް 597,800.00 (ފަސް ލައްކަ ނުވަދިހަ ހަތް ހާސް އަށް ސަތޭކަ އެމެރިކާ ޑޮލަރު) އަކީ އެއްބަސްވުމުގެދަށުން އެ ކުންފުނިން ކުރި މަސައްކަތުގެ އަގުގެ ގޮތުގައި އެކުންފުންޏަށް ލިބެންޖެހޭކަމަށް އެއްބަސްވުމުގައި "އެމްވީ ސީހޯމް ސެފަޔަރ" އުޅަނދު ނުލިބުމުގެ ސަބަބުން ޕާރކަވަންއަށް ލިބިފައިވާ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ޖީއެމްއައިޒެޑުން ޕާރކަވަން އަށް ލިބެންޖެހޭ ފައިސާއެއްކަން މަދަނީ މިންގަޑުން ޝަރީޢަތަށް ސާބިތުވާ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައިވެއެވެ.

އެ ފައިސާ ޕާރކަވަންއަށް ލިބިދިނުމުގެ ގޮތުން 21 އޮކްޓޯބަރ 2020 ފެށިގެން މަދުވެގެން އެމަހަކަށް ޖެހޭވަރު އެމަހަކު ސިވިލް ކޯޓަށް ފައިސާ ދައްކަމުންގޮސް ތިން މަސްދުވަހުގެ ތެރޭގައި 597,800.00 ޑޮލަރު (ފަސް ލައްކަ ނުވަދިހަ ހަތް ހާސް އަށް ސަތޭކަ އެމެރިކާ ޑޮލަރު) ދައްކައި ޚަލާޞްކުރުމަށް އަންގައި ހުކުމްކުރާކަމަށް ވެސް ސިވިލް ކޯޓުގެ ހުކުމުގައިވެއެވެ.

މީގެއިތުރުން ސިވިލް ކޯޓުން ވަނީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ޕާރކަވަންއިން ހޯދުމަށް ހުށަހެޅި، 708،511.36 ޑޮލަރުން 110،711.35 ޑޮަލަރު އުނިކޮށްފައެވެ. އެއީ އެ ބޯޓު އެތަނުން ނަގައި، ސެލްވޭޖްކުރުމަށް ބޭނުންކުރަންޖެހުނު ހެވީ މެޝިނަރީތަކުގެ ކުއްޔާއި ކެފުމުގެ މަސައްކަތަށާއި، އެ އުޅަނދު އަރުވާފައިވާ ބޯޓުޔާޑަށް ދޭންޖެހޭ ކުލީގެ ގޮތުގައި އެ އުޅަނދު އަރުވާފައިވާ ޑޮކްޔާޑު ހިންގަމުންދާ ބީއެމްސީ ސްލިޕްވޭ އެންޑް ސެލްވޭޖް ކޯރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޕާރކަވަންއަށް ފޮނުވާފައިވާ ދެ އިންވޮއިސްގައި ހިމެނޭ ފައިސާގެ އަދަދެދެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ، އެ އުޅަނދު އޮތްތަނުން ނެގުމުގެ މުޤާބިލެއްގެ ގޮތުން އެއްބަސްވުމުގައި ދަށުން ޕާރކަވަންއަށް ލިބެންޖެހޭ އެއްޗަކީ އެ އުޅަނދުކަން އެއްބަވުމުން އެނގެން އޮންނައިރު، އެ އުޅަނދާމެދު ބޭނުންގޮތަކަށް އަމަލުކުރުމުގެ ފުރިހަމަ އިއުތިޔާރު އެ އެއްބަސްވުމުން ލިބިދީފައިވާއިރު، އެ ބޯޓު ތިލަފުށި ފަޅުން ނަގުމާއި އެ އުޅަނދު ކެފުމާއި، އެ މަސައްތަކުގެ ތެރެއިން ކޮށްފައިވާ، 110،711.35 ޑޮަލަރުގެ ޙަރަދަކީ ޖީއެމްއައިޒެޑުން ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށް ވެސް ސިވިލް ކޯޓުގެ ހުކުމުގައި ވެއެވެ.

މީގެ 8 އަހަރުކުރިން ޖުލައި 30، 2012 ގައި ހުއްދަ ނުހޯދައި، ތިލަފުށި ފަޅުތެރޭގައި އެންކަރުކުރި ދަގަނޑު ބޯޓު "އެމްވީ ސީ ހޯމް ސެފަޔާ" ގެ ވެރިފަރާތެއް ނޭނގެއެވެ. ފިނޭންސް މިނިސްޓްރީން އެ ބޯޓު އެތަނުން ނަގަން ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ކުންފުންޏާ ޙަވާލުކުރީ ތިލަފުށި ފަޅުތެރޭގައި އެބޯޓު އޮތުމުން ތިމާވެއްޓަށް ގެއްލުން ވަމުންދާތީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު