Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުކޮވިޑް-19 ރިކަވަރީ ސްކީމް

1,955 ފަރާތަކަށް އެސްޑީއެފްސީ އިން ރިކަވަރީ ސްކީމް ލޯނު ދޫކޮށްފި

7 ނޮވެމްބަރު 2020 | ހޮނިހިރު 02:44

އެސްޑީއެފްސީ އިން ވަނީ 316.7 މިލިއަން ރުފިޔާ ދޫކޮށްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 7 ނޮވެމްބަރު 2020 | ހޮނިހިރު 02:44
އެސްއެމްއީ ޑިވަލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)

އެސްއެމްއީ ޑިވަލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށާއި، އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވި މާލީ ގޮންޖެހުންތަކުން އަރައި ގަތުމަށް ސަރުކާރުން ދޫކުރާ ރިކަވަރީ ލޯންތައް 1,955 އެސްއެމްއީ އަކަށް ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމު ކޮށްފައިވާ ތާފާސްހިސާބުތައް ދައްކާ ގޮތުން، އޮކްޓޫބަރ 27 ގެ ނިޔަލަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އެސްއެމްއީ ޑިވަލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް 316.7 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

އެގޮތުން ލޯނަށް އެދި 3,834 ފަރާތަކުން ހުށައަޅާފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ އަމިއްލަ މަސައްކަތްކުރާ 1,909 ފަރާތަކާއި 1,925 ވިޔަފާރި ކަމަށް ފިނޭންސް އިން ބުނެއެވެ. އެގޮތުން މި ފޯމްތަކުގެ ތެރެއިން 2,093 ފޯމެއް ބަލައިގަނެފައިވާ އިރު، 636 ފޯމު ވަނީ ރިޖެކްޓްކޮށްފައެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން އަމިއްލަ މަސައްކަތްކުރާ 612 ފަރާތަށް ލޯނުގެ ގޮތުުގައި ދޫކޮށްފައި ވަނީ 17.8 މިލިއަން ރުފިޔާ އެވެ. ކުދި އަދި މެދު ފަންތީގެ 1,343 ވިޔަފާރިއަށް ދޫކޮށްފައި ވަނީ 298.9 މިލިއަން ރުފިޔާ އެވެ.

ކޮވިޑް-19 އާއި ގުޅިގެން މިހާރު ހިނގަމުންދާ ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ ހަރަދުތައް ހަމަޖައްސައި ދިނުމަށާއި އެ ވިޔަފާރިތައް ދެމެހެއްޓުމަށް އަމާޒުކޮށްގެން، އެސްޑީއެފްސީ އިން ތައާރަފުކުރި މި ލޯނަކީ ވިޔަފާރީގެ ވޭތުވެދިޔަ އަހަރުގެ އާމްދަނީ 10 މިލިއަން ރުފިޔާއަށް ވުރެ ދަށްވުމާއި ކޮވިޑް-19 އާ ގުޅިގެން އަދި ލޯނު އެހީދޭ މުއްދަތުގެ ތެރޭގައި ވެސް އެ ވިޔަފާރީގެ އެއްވެސް ދިވެހި މުވައްޒަފެއް ވަކިނުކުރާ ފަރާތްތަކަށް ދޫކުރާ ލޯނެކެވެ.

މި ލޯނު ދޫކުރަނީ ހަ އިންސައްތައިގެ އިންޓެރެސްޓް އަކާއި އެކު ތިން އަހަރުގެ ތެރޭގައި ދައްކާ ގޮތަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

18 މާރިޗު 2020

އެސްޑީއެފްސީން ލޯނު ނަގާފައިވާ ފަރާތްތަކަށް ހަ މަސް ދުވަހުގެ ލުޔެއް!

18 މާރިޗު 2020
އެސްޑީއެފްސީން ލޯނު ނަގާފައިވާ ފަރާތްތަކަށް ހަ މަސް ދުވަހުގެ ލުޔެއް!
14 މާރިޗު 2020

"އެމްސެވަން ފަސޭހަ-ކްރެޑިޓް" ސްކީމް ތަޢާރަފްކުރަނީ

14 މާރިޗު 2020
"އެމްސެވަން ފަސޭހަ-ކްރެޑިޓް" ސްކީމް ތަޢާރަފްކުރަނީ
13 އޯގަސްޓު 2019

އައްޑޫ ސިޓީގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދެ ފަރާތަކަށް

13 އޯގަސްޓު 2019
އައްޑޫ ސިޓީގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދެ ފަރާތަކަށް
30 ޖެނުއަރީ 2019

މަސްވެރިންގެ ޑިސްކައުންޓް ސްކީމް ތަޢާރަފްކޮށްފި

30 ޖެނުއަރީ 2019
މަސްވެރިންގެ ޑިސްކައުންޓް ސްކީމް ތަޢާރަފްކޮށްފި
20 އޮކްޓޯބަރު 2018

ކަނބަލުންގެ ލޯން 74 ފަރާތަކަށް ހަވާލުކޮށްފި

20 އޮކްޓޯބަރު 2018
ކަނބަލުންގެ ލޯން 74 ފަރާތަކަށް ހަވާލުކޮށްފި
29 ސެޕްޓެމްބަރު 2018

އެންމެ މޮޅު ވީޑިއޯ ހުށަހަޅާ ފަރާތަކަށް އެއްލައްކަ އަށްވުރެ ގިނަ ރުފިޔާ ލިބޭ މުބާރާތެއް އެމްއެމްޕީއާރްސީ އިން ފަށައިފި

29 ސެޕްޓެމްބަރު 2018
އެންމެ މޮޅު ވީޑިއޯ ހުށަހަޅާ ފަރާތަކަށް އެއްލައްކަ އަށްވުރެ ގިނަ ރުފިޔާ ލިބޭ މުބާރާތެއް އެމްއެމްޕީއާރްސީ އިން ފަށައިފި
20 ޖުލައި 2018

މާކިއުރީ އިންޖީނަށް އަހުލުވެރިވުމުގެ ފުރުސަތު ހަތް ފަރާތަކަށް ދީފި

20 ޖުލައި 2018
މާކިއުރީ އިންޖީނަށް އަހުލުވެރިވުމުގެ ފުރުސަތު ހަތް ފަރާތަކަށް ދީފި
01 އޮކްޓޯބަރު 2017

ނޮވެލްޓީ ބުކް ފެއާ: ގުރުއަތުން ހޮވޭ ފަރާތަކަށް 11،111.11 ޑޮލަރު

01 އޮކްޓޯބަރު 2017
ނޮވެލްޓީ ބުކް ފެއާ: ގުރުއަތުން ހޮވޭ ފަރާތަކަށް 11،111.11 ޑޮލަރު
05 އޯގަސްޓު 2017

މީރާގެ "ރަން ލާރި" މިފަހަރު 17 ފަރާތަކަށް

05 އޯގަސްޓު 2017
މީރާގެ "ރަން ލާރި" މިފަހަރު 17 ފަރާތަކަށް
17 ޖޫން 2017

ބެޔަސް ނުބެޔަސް ސްކީމްގައި ބައިވެރި ނުވަނީ މަސްވެރިން ތަނަވަސް ވުމުން: ފިޝަރީޒް މިނިސްޓްރީ

17 ޖޫން 2017
ބެޔަސް ނުބެޔަސް ސްކީމްގައި ބައިވެރި ނުވަނީ މަސްވެރިން ތަނަވަސް ވުމުން: ފިޝަރީޒް މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް