Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތަނބުރުދޫ ސަރަޙައްދު ހިމާޔަތް ކުރުން

ތަނބުރުދޫގެ އުތުރަށް އޮންނަ ގިރި ފިނޮޅު ހިމެނޭ ގޮތަށް، އެ ސަރަހައްދަކީ ތަނބުރުދޫ ސަރަހައްދެއް ކަމަށް ކަނޑައަޅައިފި

7 ނޮވެމްބަރު 2020 | ހޮނިހިރު 03:07

ތަނބުރުދޫއަކީ 3.5 ހެކްޓަރުގެ ގާމަތީ ރަށެއް

އަމްނާ އިމާދު
އަމްނާ އިމާދު | 7 ނޮވެމްބަރު 2020 | ހޮނިހިރު 03:07
ކ. ތަނބުރުދޫ، އެސަރަހައްދު ވަނީ ހިމާޔަތް ކުރުމަށް ނިންމާފައި

ކ. ތަނބުރުދޫ، އެސަރަހައްދު ވަނީ ހިމާޔަތް ކުރުމަށް ނިންމާފައި

ކ. ތަނބުރުދޫ ތިލަ ސަރަހައްދުގެ ޒޯނޭޝަނާއި، ތަނބުރުދޫ ރަށާއި، ތަނބުރުދޫގެ އުތުރަށް އޮންނަ ގިރި ފިނޮޅު ހިމެނޭ ގޮތަށް، މުރާޖައާކޮށް، އެ ސަރަހައްދަކީ ތަނބުރުދޫ ސަރަހައްދުކަމުގައި ކަނޑައަޅައިފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ 4 ވަނަ މާއްދާގެ ދަށުން، ޙިމާޔަތްކޮށްފައިވާ ތަނބުރުދޫ ތިލަ ސަރަހައްދުގެ ޒޯނޭޝަނާއި، ތަނބުރުދޫ ރަށާއި، ތަނބުރުދޫގެ އުތުރަށް އޮންނަ ގިރި ފިނޮޅު ހިމެނޭ ގޮތަށް، މުރާޖައާ ކޮށް، އެ ސަރަހައްދަކީ ތަނބުރުދޫ ސަރަހައްދުކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ގުދުރަތީ އަދި ތަބީއީ ގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއްކަމުގައި ކަނޑައެޅުނު ސަބަބުތަކާއި ގުޅޭ ގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ތަނބުރުދޫއަކީ މާލެއާ 17 ކިލޯމީޓަރުން، ކ.އަތޮޅުގެ އިރު އުތުރުކޮޅުގައި އޮންނަ 3.5 ހެކްޓަރުގެ ގާމަތީ ރަށެކެވެ. މި ރަށުގެ ތިމާވެށީގެ ޚާއްސަ ސިފަތަކުގެ ތެރޭގައި މި ރަށުގައި އޮންނަ 0.33 ހެކްޓަރުގެ ފައި ޗަސްބިން ސަރަހައްދު ހިމެނެއެވެ. މި ކަނޑޫފަލަކީ ދިޔަވަރުބޮޑުވާ ވަގުތު ފެން ހެދިފައި އޮންނަ، ދިޔަވަރު ހިކޭ ގަޑިތަކުގައި ފެން ހިނދޭ ކަނޑޫފަލެކެވެ.

މި ރަށުން ފެންނަ މުހިއްމު ދިރުންތަކުގެ ތެރޭގައި، ޙިމާޔަތްކޮށްފައިވާ ދޫންޏާއި، ހިޖުރަކުރާ ދޫނި ހިމެނެއެވެ. މީގެ ތެރޭގައި، މާކަނާ، ކަނބިލި، ކިރުދޫނި، އަދި ވައްލަ ނިދަންއަރާކަންފާހަގަކުރެވެއެވެ. އަދި މާކަނާ ހާލި ހަދައިގެން ވިހާ އާލާވާ ކަމަށް ރިކޯޑް ކުރެވިފައިވެއެވެ.

މި ރަށުގެ ކުޅީގައި ގިނައަދަދަކަށް ކަނޑޫހެދިފައިވާކަން ފާހަގަކުރެވެއެވެ. މި ރަށުގެ ދެފަރާތުން ނަގާ ބިޔަ ރާޅުތަކަކީ ރާއްޖޭގެ މަދުރަށަކުން ނޫނީ ނުފެންނަ އޯޝަނޮގްރަފިކް' ސިފައެކެވެ. މި ރާޅުތަކަކީ ބައިނަލްއަގުވާމީ ގޮތުން ވެސް ރާޅާއަރާ މީހުންގެ މެދުގައި މަޤްބޫލު ރާޅުތަކެކެވެ. އަދި ތަނބުރުދޫ ވަށައިގެންވާ މޫދުގެ ސަރަހައްދަކީވެސް، ފަރުގެ ދިރުންތައް ގިނަ، މަޑު މުރަކައިގެ ބާވަތްތައް ގިނަ، ފަރުމަހުގެ ދިރުންތައް މުއްސަނދި ސަރަހައްދެކެވެ.

މި ސަރަހައްދުގައި ހިމެނޭ ތަނބުރުދޫ ތިލަ ނުވަތަ 'އެޗް.ޕީ ރީފް' އަކީ ޑައިވަރުންގެ މެދުގައި މަގުބޫލު ޑައިވް ސްޕޮޓެކެވެ. އެޗް.ޕީ ރީފް މަޝްހޫރު ވެފައިވަނީ މިތިލައިގައި ހިމެނޭ މަޑު މުރަކައިގެ ބާވަތްތައް، ހޮހަޅަ ތަކާއި، ހޮހަޅަ ތަކުގެ މަތިން އެލިފައިވާ ފަރުގެ ނިޒާމް (އޯވާހޭންގްސް) ތަކުގެސަބަބުންނެވެ.

މި ސަރަހައްދު ފެންނަ މުހިއްމު ދިރުންތަކުގެ ތެރޭގައި، އެކި ބާވަތްތަކުގެ، މަޑި، ކަޅުވެސް، މިޔަރު އަދި ވެލާ ހިމެނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

08 އެޕްރީލު 2017

މިނިވަން ކަމާއެކު ބަސް ނުބުނެވޭ ނަމަ އުމުރު ދުވަހު އަދަގޮނޑީގައި އޮންނަން ޖެހުމެކޭ ތަފާތެއް ނެތް: ޢަލީ ނިޒާރު

08 އެޕްރީލު 2017
މިނިވަން ކަމާއެކު ބަސް ނުބުނެވޭ ނަމަ އުމުރު ދުވަހު އަދަގޮނޑީގައި އޮންނަން ޖެހުމެކޭ ތަފާތެއް ނެތް: ޢަލީ ނިޒާރު
05 ފެބުރުއަރީ 2017

ހިންމަފުށީ ގެއަށް އެރީ ގިރިފުށިން ޖެހި ވަޒަނެއް ނޫން: އެމްއެންޑީއެފް

05 ފެބުރުއަރީ 2017
ހިންމަފުށީ ގެއަށް އެރީ ގިރިފުށިން ޖެހި ވަޒަނެއް ނޫން: އެމްއެންޑީއެފް
04 ފެބުރުއަރީ 2017

ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

04 ފެބުރުއަރީ 2017
ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!
29 ޖެނުއަރީ 2017

އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު

29 ޖެނުއަރީ 2017
އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް