Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުލިގަމު ސިޓީ ހޮޓާ މަޝްރޫއު

އުލިގަމުގައި ޓުއަރިސްޓް ހޮޓަލަކާއި ޔޮޓު ބަނދަރެއް ތަރައްޤީކުރުމަށް އަލުން ބީލަމަށް ހުޅުވާލައިފި

އުލިގަމުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވަނީ 36 ހެކްޓަރުގެ ބިން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ނޮވެމްބަރު 2020 | ބުރާސްފަތި 15:12
އެމްޓީޑީސީން އުލިގަމުގައި ހަދަން ފެށި ޓުއަރިސްޓް ހޮޓަލުގެ މަސައްކަތް ހުއްޓި އިމާރާތްތައް ވީރާނާވާން ދޫކޮށްލާފައި

އެމްޓީޑީސީން އުލިގަމުގައި ހަދަން ފެށި ޓުއަރިސްޓް ހޮޓަލުގެ މަސައްކަތް ހުއްޓި އިމާރާތްތައް ވީރާނާވާން ދޫކޮށްލާފައި

ހއ. އުލިގަމުގައި ޓޫރިސްޓް ހޮޓަލަކާއި ޔޮޓު ބަނދަރެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ޓުއަރިޒަމް މިނިސްޓްރީން ކުރި އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބީލަމަށް ކުރިމަތިލާފައިނުވާތީ އަލުން ބީލަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އުލިގަމުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ 30 ހެކްޓަރުގެ ބިމުގައި ޓޫރިސްޓް ހޮޓަލެއް ޔޮޓު ބަނދަރަކާއިއެކު ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް މިނިސްޓްރީން މީގެ ކުރިން ވަނީ އިއުލާނު ކޮށްފައެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް ފަހު ނޮވެމްބަރ މަހުގެ 5 ވަނަ ދުވަހުގެ ހެނދުނު 10:00ށް ބީލަން ހުށަހެޅުމަށް މިނިސްޓްރީން އޭރު އެދިފައިވެއެވެ.

އެކަމާ ގުޅޭގޮތުން ބުރާސްފަތި ދުވަހު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ގިނަ ފަރާތްތަކުން މައުލޫމާތު ސާފު ކުރި ނަމަވެސް އެއްވެސް ފަރާތަކުން މި މަސައްކަތަށް ބީލަމަށް ހުށައަޅާފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް 2 ފަރާތަކުން ބީލަން ފޮތް ގަތްކަން މިނިސްޓްރީން ފާޙަގަ ކޮށްފައިވެއެވެ.

ވުމާއެކު މިނިސްޓްރީން ވަނީ މި މަސައްކަތުގެ ބީލަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލުމަށް ނިންމާފައެވެ.

ހއ. އުލިގަމުގައި ތަރައްގީ ކުރުމަށް އެމްޓީޑީސީ އާ ހަވާލުކުރި 100 އެނދުގެ ޓޫރިސްޓް ހޮޓަލުގެ މަޝްރޫއަކީ، މި ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ތެރެއިން، ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ހިންގާނެ އެއް މަޝްރޫއުކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ.

އުލިގަމުގައި އެޅުމަށް ހަމަޖެހިފައިވާ 100 އެނދުގެ ހޯޓާ އެޅުމުގެ މަޝްރޫއުގެ އިތުރުންވެސް، އުލިގަމަށް އަންނަ ޔޮޓު ފަދަ އުޅަނދުތަކަށް ބޭނުންވާ ހިދްމަތްތައް އިތުރަށް ތަރައްގީ ކުރުމާއި، ބޮޑު ތިލަދުންމަތީގައި ހަދާފައިވާ އެއަރޕޯޓްތައް އިތުރަށް ތަރައްގީ ކުރުމާއި، އަދި ހަދަމުންދާ އެއަރޕޯޓްތައް ނިންމައި ހުޅުވުމުގެ މަސައްކަތްތައް ވަރަށް ބާރަށް މިސަރުކާރުން ކުރިއަށް ގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވެފައިވާއިރު، ސިޓީ ހޮޓަލެއް ތަރައްޤީ ކުރުމަށް ކަނޑައެޅި 36 ހެކްޓަރުގެ ބިމުގައި އެމަސައްކަތް އަލުން ކުރިޔަށް ގެންދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ރާއްޖެ ހުރަސްކޮށް ދަތުރު ކުރާ ގިނައަދަދެއްގެ ޔޮޓު ފަހަރު މީގެ ކުރިން އުލިގަމުގައި ބަނދަރު ކުރަމުން އައިސްފައިވާއިރު، އުލިގަމުގައި އެފަދަ ތަރައްޤީގެ މަޝްރޫއެއް ހިންގުމަކީ ރަށުގެ ލޯކަލް ޓޫރިޒަމް ފުޅާވެ، ރަށް ތަރައްޤީވާނެ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

އިތުރަށް ކިޔާލަން

20 އޯގަސްޓު 2019

އުލިގަމުގައި 100 އެނދުގެ ޓޫރިސްޓު ހޮޓަލް އެޅުމަށް އެމްޓީޑީސީ އިން ކޮށްފައިވާ އިންވެސްޓްމެންޓް ދެނެގަތުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ

20 އޯގަސްޓު 2019
އުލިގަމުގައި 100 އެނދުގެ ޓޫރިސްޓު ހޮޓަލް އެޅުމަށް އެމްޓީޑީސީ އިން ކޮށްފައިވާ އިންވެސްޓްމެންޓް ދެނެގަތުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ
03 ޖުލައި 2019

ސަރުކާރުގެ ވިސްނުމަކީ ބައިނަލްއަޤުވާމީ ފެންވަރުގެ ޒަމާނީ ބަނދަރެއް ގުޅިފަޅުގައި ތަރައްޤީ ކުރުން: އިކޮނޮމިކް މިނިސްޓްރީ

03 ޖުލައި 2019
ސަރުކާރުގެ ވިސްނުމަކީ ބައިނަލްއަޤުވާމީ ފެންވަރުގެ ޒަމާނީ ބަނދަރެއް ގުޅިފަޅުގައި ތަރައްޤީ ކުރުން: އިކޮނޮމިކް މިނިސްޓްރީ
05 ސެޕްޓެމްބަރު 2018

އުލިގަމަށް އަންނަ ޔޮޓުތައް އިތުރުކުރާނެ ކަމަށް އިބޫ ވިދާޅުވެއްޖެ

05 ސެޕްޓެމްބަރު 2018
އުލިގަމަށް އަންނަ ޔޮޓުތައް އިތުރުކުރާނެ ކަމަށް އިބޫ ވިދާޅުވެއްޖެ
16 އޯގަސްޓު 2018

ހިމަންދޫގެ ރައްޔިތުންނަން ބަނދަރެއްގެ ފަސޭހަކަން ލިބޭނެ: ފައިސަލް

16 އޯގަސްޓު 2018
ހިމަންދޫގެ ރައްޔިތުންނަން ބަނދަރެއްގެ ފަސޭހަކަން ލިބޭނެ: ފައިސަލް
26 ފެބުރުއަރީ 2018

ލޯއޭޝިއާގެ ވަފުދު ރާއްޖެއަށް އެތެރެވިޔަ ނުދިނީ ޓުއަރިސްޓް ވިސާގައި އައުމުން: އިމިގްރޭޝަން

26 ފެބުރުއަރީ 2018
ލޯއޭޝިއާގެ ވަފުދު ރާއްޖެއަށް އެތެރެވިޔަ ނުދިނީ ޓުއަރިސްޓް ވިސާގައި އައުމުން: އިމިގްރޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު