Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނުރައްކާތެރި ކެމިކަލް ނައްތާލުން

ސަރުކާރުގެ އެސްއޯޕީއާ އެއްގޮތަށް ނުރައްކާތެރި ކެމިކަލްތައް މެނޭޖްކުރުމާ ގުޅޭ ވާރކްޝޮޕެއް!

ނުރައްކާތެރި ކެމިކަލްތައް މެނޭޖްކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ނޮވެމްބަރު 2020 | ބުރާސްފަތި 08:09
ބުރާސްފަަތި ދުވަހު ކުރިއަށް ގެންދިޔަ މި ވަރކްޝޮޕް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް ޑރ. ޢަބްދުﷲ ނަސީރް

ބުރާސްފަަތި ދުވަހު ކުރިއަށް ގެންދިޔަ މި ވަރކްޝޮޕް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް ޑރ. ޢަބްދުﷲ ނަސީރް

ސަރުކާރުގެ އެސްއޯޕީގައި ވާގޮތަށް ނުރައްކާތެރި ކެމިކަލްތައް މެނޭޖްކުރުމާ ގުޅޭ ވަރކްޝޮޕެއް ބާއްވައިފިއެވެ.

ބުރާސްފަަތި ދުވަހު ކުރިއަށް ގެންދިޔަ މި ވަރކްޝޮޕް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް ޑރ. ޢަބްދުﷲ ނަސީރެވެ. މި ވަރކްޝޮޕް ފައްޓަވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއަކީ 1994 ވަނަ އަހަރުން ފެށިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް) ގެ މެމްބަރު ޤައުމެއް ކަމަށާއި، ޖެފްގެ ފަރާތުން ތިމާވެށީގެ އެކި ކަންތައްތައް ކުރުމަށް އެހީ ލިބެމުންދާ ކަން ނަސީރު ފާހަގަކުރެއްވިއެވެ.

އެކަމާ ގުޅޭގޮތުން އެންވަޔަރމަންޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މި މަޝްރޫއު ހިންގުމަށް ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ ދަށުން 3.6 މިލިއިން ޑޮލަރު ހަމަޖެހިފައިވާ ކަމަށެވެ. އަދި މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އާއި ޔޫއެންޑީޕީ ގުޅިގެންކަންވެސް މިނިސްޓްރީގެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

މި ވާރކްޝޮޕްގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ ނަސީރު އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގައި އިންސާނުންނަށާއި ތިމާވެއްޓަށް ގެއްލުންހުރި ކެމިކަލްސްތައް މެނޭޖްކުރުމުގައި ދަތިތަކެއް ހުރިކަމަށާއި، އެއީ މިހާރުން މިހާރަށްވެސް ހައްލުކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ތިމާވެއްޓަށާއި އިންސާނުންގެ ސިއްހަތަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަން ފާހަގަ ކުރައްވައި ނަސީރު ވިދާޅުވީ، ތިމާވެއްޓާއި ރައްޓެހި ގޮތަށް ކެމިކަލްސް ނައްތާލުމަށް ބޭނުންވާ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ބޭނުންވާ ކަމަށެވެ.

މި ޕްރޮޖެކްޓުގެ ދަށުން ތިމާވެއްޓަށާއި އިންސާނުންގެ ސިއްހަތަށް ނުރައްކާތެރި ކެމިކަލލްސް ގެ ބާވަތެއް ކަމަށްވާ 'ޕަރސިސެޓެންޓް އޯރގަނިކް ޕޮލިއުޓެންޓްސް' (ޕޮޕްސް) މެނޭޖް ކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. މި ޕްރޮޖެކްޓްގެ ދަށުން ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕެލޭންގައިވާ ގޮތަށް ނުރައްކާތެރި ކެމިކަލްތައް މެނޭޖްކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަޤީންކަންވެސް ސެޓޭޓް މިނިސްޓަރ ވަނީ ދެއްވާފައެވެ.

އޭގެ އިތުރުން، ސަރުކާރުގެ އަމާޒަކީ މި ޕްރޮޖެކްޓުގެ ދަށުން 24 ޓަނުގެ ޕީސީބީ- ކޮންޓެމިނޭޓެޑް އޮއިލް އަދި އިކުއިޕްމަންޓްތައް ރާއްޖެއިން ބޭރު ފެސިލިޓީއަކަށް ފޮނުވައިގެން ނައްތާލުންކަމަށާއި މިކަންތައް ކުރުމަށް ބޭނުންވާ ސިސްޓަމްތައް ޤާއިމުކުރާނެކަމަށް ނަސީރު ވިދާޅުވިއެވެ. އެގޮތުން މި ޕްރޮޖެކްޓްގެ ދަށުން ކުރެވިގެންދާނެ އެންމެ ބޮޑު ކަމަކީ ނުރައްކާތެރި ކެމިކަލްސްތައް މެނޭޖްކުރުމަށް ސްޓޯރޭޖް ފެސިލިޓީއެއް ޤާއިމުކުރުން ކަމަށްވެސް ސެޓޭޓް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު