Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖަލުތައް ފުރުމުގެ މައްސަލަ

އެންމެ ބޮޑު ގޮންޖެހުމަކީ ޖަލުތައް ފުރި، ޖާގައަށްވުރެ ޤައިދީން އިތުރުވުން: އިމްރާން

ޒިންމާދާރު ބައެއްގެ ގޮތުގައި ކުށްވެރިން އަނބުރާ މުޖުތަމައުއަށް ނެރުމަށް މުހިއްމު މަސައްކަތްތަކެއް ފެށިފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 5 ނޮވެމްބަރު 2020 | ބުރާސްފަތި 06:46
ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ފެށި މަސައްކަތުގެ ތެރެއިން ޖަލުގެ ޔުނިޓެއް ތަޅާލުމުގެ މަސައްކަތް މިނިސްޓަރ އިމްރާން ފައްޓަވައިދެއްވަނީ

ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ފެށި މަސައްކަތުގެ ތެރެއިން ޖަލުގެ ޔުނިޓެއް ތަޅާލުމުގެ މަސައްކަތް މިނިސްޓަރ އިމްރާން ފައްޓަވައިދެއްވަނީ

އެންމެ ބޮޑު ގޮންޖެހުމަކީ ޖަލުތައް ފުރި، ޖާގައަށް ވުރެ ޤައިދީން އިތުރުވުން ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ސެޝަންގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް، ޒިންމާދާރު ބައެއްގެ ގޮތުގައި ކުށްވެރިން އަނބުރާ މުޖުތަމައުއަށް ނެރުމަށް މުހިއްމު މަސައްކަތްތަކެއް ފެށިފައިވާކަމަށެވެ. ކަރެކްޝަނަލް ސަރވިސްގެ ހިންގުން ހަރުދަނާކުރުމަށް ޚާއްޞަ އިސްކަމެއް މިސަރުކާރުން ދެއްވާފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރ ޢިމްރާން ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޖަލުތަކުގެ އޮޑިޓެއްކޮށް، ޖަލުތަކުގެ ހާލަތުރަނގަޅުކުރަން ކުރަންހުރި ކަންކަން ދެނެގަނެވިފައިވާކަމަށެވެ.

Advertisement - newsAdvertisement

އިންސްޕެކްޓަރ އޮފް ކަރެކްޝަންގެ މަޤާމްގެ މަސްޢޫލިއްޔަތު އަދާކުރުމަށްމަގުފަހިކުރުމަށް ފިޔަވަޅުތައް އަޅާފައިވާ ކަމަށާއި، ޖަލުގައި ތިބޭ ފަރާތްތަކާ ގުޅޭ ޝަކުވާ ހުށަހަޅާނެ ޚާއްޞަ ހޮޓްލައިނެއްޤާއިމްކުރެވިފައިވާކަންވެސް ފާހަގަކުރެއްވިއެވެ. ކަރެކްޝަން އޮފިސަރުން ޖަވާބުދާރީ ކުރުވުމާއެކު، އޮފިސަރުންގެ ސުލޫކީ މިންގަނޑުހިފަހެއްޓުމުގެ އުޞޫލް ޤާއިމްކުރެވި، އޮފިސަރުންގެ ފަރާތުން އަނިޔާވެރި އަމަލެއް ހިނގައިފިނަމަ ހިޔުމަންރައިޓްސް ކޮމިޝަނަށް މައްސަލަހުށަހެޅޭނެ ރެފަރަލް ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

ނެލްސަން މަންޑޭލާ ރޫލްސް ދިވެހި ބަހަށް ތަރުޖަމާކުރެވި، ކަރެކްޝަން އޮފިސަރުން އެ ރޫލްސްއަށް އަހުލުވެރި ކުރުމުގެ ތަމްރީން ހިނގަމުންދާކަން ފާހަގަކުރައްވަމުން މިނިސްޓަރ ޢިމްރާން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ 2021 ވަނަ އަހަރު ނިމޭއިރު ޖަލުތަކާއި، މީހުން ބަންދުކޮށްގެން ބައިތިއްބާ ތަންތަނުގައި ތިބޭ ހުރިހާ އޮފިސަރުންނަކީ ނެލްސަން މަންޑޭލާ ރޫލްސްއަށް އަހުލުވެރި އޮފިސަރުންނަށް ވެގެން ދިއުން ކަމަށެވެ.

މި މަސައްކަތް ހަރުދަނާ ނިޒާމެއްގެ ތެރެއިން ހިންގުމަށްޓަކައި ކަރެކްޝަނަލް ސަރވިސްގައި ރިހެބިލިޓޭޝަން އެންޑް ރީއިންޓަގްރޭޝަން ކޮމާންޑް އުފައްދާފައިވާކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަން ދިވެހި ސަރުކާރުންއެންމެ މަތީ ދަރަޖައަށް ކަށަވަރުކޮށްދޭކަމަށް މިނިސްޓަރ ޢިމްރާންގެ ތަޤުރީރުގައި ވިދާޅުވިއެވެ. ޤާނޫނީ ވެރިކަން ނަގަހައްޓާ، ޖަވާބުދާރީކުރުވަނިވި ސިފަ ދައުލަތުގެ މުއައްސަސާތަކުގައި އަށަގަންނަވާ، ރައްޔިތުން ބާރުވެރިކުރުވުމަކީ ސަރުކާރުގެ ސިޔާސަތެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އޭގެ އެންމެ ފުރިހަމަގޮތުގައި ސަރުކާރުން ޖާގަދޭކަމަށެވެ. އޭގެ އެންމެ މުހިއްމު ފިޔަވަޅެއްގެ ގޮތުން ކުރީ ސަރުކާރުން 2016 ވަނަ އަހަރު ތަސްދީޤުކުރެއްވި އަބުރުގެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދުޞާލިޙު މަޤާމާ ޙަވާލުވެވަޑައިގެންވުމަށްފަހު އުވާލައްވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ނުފޫޒެއް ނެތި މީޑިޔާތައް މަސައްކަތްކުރުމަށް ޖާގަ ދިނުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކުކޮށްދިނުމުގެ އެންމެ މުހިއްމު އެއްއަސާސްކަމުގައި ސަރުކާރުން ޤަބޫލުކުރައްވާކަމަށާއި، ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށް، ހަމަހަމަ ފުރުޞަތުތައް ރާއްޖޭގައި ވަނީފަހިކޮށްދީފައިކަމަށް ވިދާޅުވިއެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މީޑިޔާގެ މިނިވަންކަމާ ގުޅޭ ބިލްތައް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު