Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސާގެ އިންތިޚާބު ބޭއްވުން

ބާސާގެ އިންތިޚާބު އަހަރުގެ ފަހުކޮޅު ބާއްވަން މަސައްކަތް ކުރަނީ

3 ނޮވެމްބަރު 2020 | އަންގާރަ 13:11

ބާސާގެ ރައީސްގެ މަގާމުން ޖޯސެފް މާރިއާ ބާޓޮމެއޫ ވަނީ އިސްތިއުފާ ދެއްވާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 3 ނޮވެމްބަރު 2020 | އަންގާރަ 13:11
ބާސާގެ ވަގުތީ ރައީސް ކާލެސް ޓުސްކެޓްސް

ބާސާގެ ވަގުތީ ރައީސް ކާލެސް ޓުސްކެޓްސް

ބާސެލޯނާގެ އިންތިޚާބު މި އަހަރުގެ ފަހުކޮޅު ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުލަބުގެ ވަގުތީ ރައީސް ކާލެސް ޓުސްކެޓްސް ވިދާޅުވެއްޖެއެވެ.

ބާސާގެ އިންތިޚާބު އަންނަ އަހަރުގެ މާޗު މަހު ބޭއްވުމަށް މީގެ ކުރިން ތާވަލުކުރި ނަމަވެސް، އޭގެ ކުރިން އިންތިޚާބު ބާއްވަން ޖެހުނީ ބާސާގެ ރައީސްގެ މަގާމުން ޖޯސެފް މާރިއާ ބާޓޮމެއޫ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ބާޓޮމެއޫ އާއި އެ ކުލަބުގެ ހުރިހާ ބޯޑު މެންބަރުން މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމެވީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެރޭ ބޭއްވި ބޯޑު މެންބަރުންގެ ބައްދަލުވުމުގައެވެ.

ބާޓޮމެއޫ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ބާސާގެ މެންބަރުން 20,687 މީހުންގެ ސޮޔާއެކު ބާޓޮމެއޫގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ހުށަހަޅާފައި ވަނިކޮށެވެ. ބާސާގެ ގަވާއިދު ބުނާ ގޮތުން އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ބޭނުންވަނީ 16,520 މީހުންގެ ސޮޔެވެ. އެހެންކަމުން ބާޓޮމެއޫގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ބޭނުންވާ ވަރަށް ސޮއި ހަމަވިކަން ބާސާއިން މީގެ ކުރިން ހާމަކުރިއެވެ.

ބާސާގެ ރައީސްގެ މަގާމުން ބާޓޮމެއޫ އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކުލަބުގެ އައު އިންތިޚާބު ކުރިއަށް އޮތް ތިން މަހުގެ މުއްދަތުގެ ތެރޭގައި ބާއްވަން ޖެހޭނެއެވެ. އިންތިޚާބާ ގުޅޭ ގޮތުން ބާސާގެ ވަގުތީ ރައީސް ކާލެސް ޓުސްކެޓްސް ވިދާޅުވީ ވީ އެންމެ އަވަހަކަށް އައު އިންތިޚާބު ބޭއްވުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެގޮތުން މި އަހަރުގެ ފަހުކޮޅު އިންތިޚާބު ބޭއްވުމަށް މިހާރު އަމާޒުހިފާފައިވާ ކަމަށެވެ.

ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން ބާޓޮމެއޫ ވަނީ އެ ކުލަބުގެ ކުޅުންތެރިންނާއި މުވައްޒަފުންގެ މުސާރައިން 30 އިންސައްތަ އުނިކުރަން ހުށަހަޅާފައެވެ. އެކަމަށް އިޝާރާތް ކުރައްވާ ޓުސްކެޓްސް ވިދާޅުވީ މި ވަގުތު ކުޅުންތެރިންނާއި މުވައްޒަފުންގެ މުސާރަ ކުޑަކުރުމުގެ ކަންކަން މަޑުޖައްސާލާފައިވާ ކަމަށެވެ.

ބާސާގެ ރައީސްގެ މަގާމުން ބާޓޮމެއޫ އިސްތިއުފާ ދެއްވިއިރު، މީގެ ކުރިން ބާޓޮމެއޫ ކުލަބު ހިންގާ ގޮތާ މެދު ހިތްހަމަނުޖުން ފާޅުކޮށް، ބާސާގެ ޑިރެކްޓަރުންގެ ބޯޑުގެ ހަ މެންބަރަކު ވަނީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިސްތިއުފާ ދެއްވާފައެވެ.

ބާޓޮމެއޫ އަކީ އެ ކުލަބުގެ 40 ވަނަ ރައީސެވެ. އޭނާ އެންމެ ފުރަތަމަ ބާސާގެ ރައީސްގެ މަގާމާ ހަވާލުވީ 2014 ވަނަ އަހަރު އޭރުގެ ރައީސް ސަންޑްރޯ ރޮސެލް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭގެ ފަހުން 2015 ވަނަ އަހަރު ބޭއްވި އިންތިޚާބު ބާޓޮމެއޫ ކާމިޔާބުކުރެއްވިއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

30 މާރިޗު 2017

އެތުލެޓިކްސް އެސޯސިއޭޝަންގެ މިއަހަރުގެ ބަޖެޓު ހަތް މިލިއަނަށް

30 މާރިޗު 2017
އެތުލެޓިކްސް އެސޯސިއޭޝަންގެ މިއަހަރުގެ ބަޖެޓު ހަތް މިލިއަނަށް
23 މާރިޗު 2017

ގައުމީ ފެންވަރުގެ އަތޮޅު މުބާރާތެއް ހިމަނައި، ހޭންޑްބޯޅައިގެ މިއަހަރުގެ ބަޖެޓް ފާސްކޮށްފި

23 މާރިޗު 2017
ގައުމީ ފެންވަރުގެ އަތޮޅު މުބާރާތެއް ހިމަނައި، ހޭންޑްބޯޅައިގެ މިއަހަރުގެ ބަޖެޓް ފާސްކޮށްފި
04 މާރިޗު 2017

މިއަހަރުގެ މޮޅުކުޅުންތެރިޔާ އިބްރަހިމޮވިޗްއަށް ލިބެންވާނެ: މޮރީނިއޯ

04 މާރިޗު 2017
މިއަހަރުގެ މޮޅުކުޅުންތެރިޔާ އިބްރަހިމޮވިޗްއަށް ލިބެންވާނެ: މޮރީނިއޯ
01 މާރިޗު 2017

ވަލްކޭއަށް ދީފައިވާ 10 އަހަރުގެ ސަސްޕެންޝަން އިސްތިއުނާފްކޮށްފި

01 މާރިޗު 2017
ވަލްކޭއަށް ދީފައިވާ 10 އަހަރުގެ ސަސްޕެންޝަން އިސްތިއުނާފްކޮށްފި
12 ފެބުރުއަރީ 2017

މިއަހަރުގެ ކިޑްސް ފިއެސްޓާގައި 17 ސްކޫލް ބައިވެރިވެއްޖެ

12 ފެބުރުއަރީ 2017
މިއަހަރުގެ ކިޑްސް ފިއެސްޓާގައި 17 ސްކޫލް ބައިވެރިވެއްޖެ
31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
25 ޖެނުއަރީ 2017

ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

25 ޖެނުއަރީ 2017
ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް