Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެންޑީއެފް

ކަރެކްޝަނަލް ސާރވިސްގެ މުވައްޒަފެއް ތައްޔާރުކުރި 3 ނޮވެމްބަރުގެ ހަނދާނީ ބިނާގެ މޮޑެލްއެއް އެމްއެންޑީއެފަށް ހަދިޔާ ކޮށްފި

މޮޑެލްއެއް ތައްޔާރުކޮށް ހަދިޔާކުރެއްވިކަމަށްޓަކައި ޕްރައިވެޓް ޢަބްދުﷲ ޝާފިޢުއަށް މިނިސްޓަރ ޝުކުރު އަދާކުރެއްވި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 3 ނޮވެމްބަރު 2020 | އަންގާރަ 08:45
ޑިފެންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ޑިފެންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތްކުރައްވާ ޕްރައިވެޓް ޢަބްދުﷲ ޝާފިޢު ތައްޔާރުކުރި ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާގެ މޮޑެލްއެއް އެމްއެންޑީއެފަށް ހަދިޔާ ކޮށްފިއެވެ.

އަންގާރަ ދުވަހު ޑިފެންސް މިނިސްޓްރީގައި ގައި ބޭއްވި ބައްދަލުވުމެއްގައި އެމްއެންޑީއެފްގެ ފަރާތުން މި މޮޑެލްއާ ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

Advertisement - newsAdvertisement

ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، މިނިސްޓަރ ވަނީ، ނަޞްރުގެ ދުވަހާ ގުޅުވައިގެން މިފަދަ މޮޑެލްއެއް ތައްޔާރުކޮށް ހަދިޔާކުރެއްވިކަމަށްޓަކައި ޕްރައިވެޓް ޢަބްދުﷲ ޝާފިޢުއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މޮޑެލްއަކީ ތަފާތު ހުނަރުވެރި މަސައްކަތްތެރިކަމެއް ފެނިގެންދާ މޮޑެލްއެއްކަން ފާހަގަކުރައްވާ މޮޑެލް ތައްޔާރުކުރުމަށް ޕްރައިވެޓް ޢަބްދުﷲ ޝާފިޢު ދައްކުވައިދީފައިވާ ހުނަރުވެރި މަސައްކަތް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްވެސް ވަނީ ޕްރައިވެޓް ޢަބްދުﷲ ޝާފިޢުގެ ހުނަރުވެރި މަސައްކަތަށް ތަޢުރީފް ކުރައްވާފައެވެ. އަދި މި ބައްދަލުވުމުގައި ޕްރައިވެޓް ޢަބްދުﷲ ޝާފިޢު ވަނީ މި މޮޑެލް ފަރުމާ ކުރުމާއި މޮޑެލް ހެދުމަށް ކުރެވުނު މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ޑިފެންސް މިނިސްޓަރާ ޙިއްސާ ކުރައްވާފައެވެ.

ރ. ހުޅުދުއްފާރު، ކުރިކީލަގެ، އުމުރުން 28 އަހަރުގެ ޕްރައިވެޓް ޢަބްދުﷲ ޝާފިޢުއަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީހުގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ޑިޕާޓްމަންޓްގައި މަސައްކަތްކުރައްވާ ބޭފުޅެކެވެ. އޮފީސް މަސައްކަތްތަކުގެ އިތުރުން ލިބޭ ހުސްވަގުތުގައި ޕްރައިވެޓް ޢަބްދުﷲ ޝާފިޢު އަކީ އަތްތެރި މަސައްކަތް ކުރާ ފަރާތެކެވެ.

ޕްރައިވެޓް ޢަބްދުﷲ ޝާފިޢު އެމްއެންޑީއެފަށް ހަދިޔާކުރި 3 ނޮވެމްބަރުގެ ހަނދާނީ ބިނާގެ މޮޑެލްއަކީ 2 ފޫޓު ދިގު މިނަށް ހަދާފައިވާ މޮޑެލްއެކެވެ. ގާތްގަނޑަކަށް 1 މަސް ދުވަހުގެ މަސައްކަތުން ތައްޔާރުކުރި މި މޮޑެލް ހަދާފައިވަނީ ސޮންބޯޑާއި ކަރުދާހުގެ އިތުރުން ދަގަނޑު ބޭނުންކޮށްގެންނެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2018

ކަރެކްޝަނަލް ސާވިސް އިން ވަނީ ރައީސްގެ އަމުރަށް ޝެއިޚް އިމްރާން ރަހީނު ކޮށްފައި: އަދާލަތު ޕާޓީ

02 ފެބުރުއަރީ 2018
ކަރެކްޝަނަލް ސާވިސް އިން ވަނީ ރައީސްގެ އަމުރަށް ޝެއިޚް އިމްރާން ރަހީނު ކޮށްފައި: އަދާލަތު ޕާޓީ
31 ޖެނުއަރީ 2018

އިހަވަންދޫ ޖަލްސާއަށް ތައްޔާރު ކުރަން އުޅުނު އިހަވަންދޫ ފެނަކަ މުވައްޒަފެއް ގދ. މަޑަވެއްޔަށް ފޮނުވާލައިފި

31 ޖެނުއަރީ 2018
އިހަވަންދޫ ޖަލްސާއަށް ތައްޔާރު ކުރަން އުޅުނު އިހަވަންދޫ ފެނަކަ މުވައްޒަފެއް ގދ. މަޑަވެއްޔަށް ފޮނުވާލައިފި
27 ޖެނުއަރީ 2018

ރާއްޖެ ޓީވީން ރޮހިންޖާ ކޭމްޕަށް ޒިޔާރަތްކޮށް ތައްޔާރުކުރި ޑޮކިއުމެންޓްރީ މިރޭ ދައްކަނީ

27 ޖެނުއަރީ 2018
ރާއްޖެ ޓީވީން ރޮހިންޖާ ކޭމްޕަށް ޒިޔާރަތްކޮށް ތައްޔާރުކުރި ޑޮކިއުމެންޓްރީ މިރޭ ދައްކަނީ
13 ނޮވެމްބަރު 2017

އުންމީދަކީ ކަރެކްޝަނަލް ސާރވިސް އޮފިސަރުން ރިޝްވަތަށް ހުށަނޭޅޭ، ކަރާމާތްތެރި ބަޔަކަށްވުން: މިނިސްޓަރ އަޒްލީން

13 ނޮވެމްބަރު 2017
އުންމީދަކީ ކަރެކްޝަނަލް ސާރވިސް އޮފިސަރުން ރިޝްވަތަށް ހުށަނޭޅޭ، ކަރާމާތްތެރި ބަޔަކަށްވުން: މިނިސްޓަރ އަޒްލީން
10 ނޮވެމްބަރު 2017

ޕީޕީއެމްގެ މަޖިލިސް މެމްބަރުން ގައުމަށް ދިން ގެއްލުން 3 ނޮވެމްބަރުގެ ހަމަލާއަށްވުރެ ބޮޑު: ޑރ. ޖަމީލް

10 ނޮވެމްބަރު 2017
ޕީޕީއެމްގެ މަޖިލިސް މެމްބަރުން ގައުމަށް ދިން ގެއްލުން 3 ނޮވެމްބަރުގެ ހަމަލާއަށްވުރެ ބޮޑު: ޑރ. ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު