Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަސްރުގެ ދުވަސް - މިނިސްޓަރ މަހުލޫފް

ޤައުމަށްވުރެ ޕާޓީ އިސްވާން ޖެހޭ އެއްވެސް ސަބަބެއް ނެތް: މަހުލޫފް

3 ނޮވެމްބަރު 2020 | އަންގާރަ 03:59

ޤައުމީ ވާހަކައަކީ ޙަޤީޤީ މާނައިގައި ދައްކާ ވާހަކަތަކަކަށް ވާން ޖެހޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ނޮވެމްބަރު 2020 | އަންގާރަ 03:59
އަންގާރަ ދުވަހު ރާއްޖެޓީވީގެ \"ފަށާއިރު\" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން މިނިސްޓަރ ވަނީ ނަސްރުގެ ދުވަހުގެ ތަހުނިޔާ އަރިސް ކުރައްވާފައި

އަންގާރަ ދުވަހު ރާއްޖެޓީވީގެ \"ފަށާއިރު\" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން މިނިސްޓަރ ވަނީ ނަސްރުގެ ދުވަހުގެ ތަހުނިޔާ އަރިސް ކުރައްވާފައި

ދިވެހި ޤައުމަށްވުރެ އަމިއްލަ ޕާޓީ އިސްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް މިނިސްޓަރ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އެއްވެސް ބަޔަކު އެބައެއްގެ އަމިއްލަ ޤައުމަށްވުރެ އަމިއްލަ ޕާޓީ އިސްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެގޮތުން ޤައުމީ ވާހަކަތަކަކީ ޕޯޑިއަމްތަކުގައި ތިއްބަވައިގެން "ލޭ ކެއްކުމަށް" ދައްކާ ވާހަކައަކަށްވުރެ، އޭގެ ޙަޤީޤީ މާނައިގައި ދައްކާ ވާހަކަތަކަކަށް ވާން ޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ، ސުކޫލުތަކުގައި ވެސް ނަސްރުގެ ދުވަސް ފާހަގަ ކުރަމުންދާއިރު، ޤައުމީ ބަތަލުންގެ ވާހަކަތަކާއި، ތާރީޚުގެ ވާހަކަތައް ދަރިވަރުންނަށް ވެސް މިހާރަށްވުރެ ބޮޑަށް އަންގައި، ޤައުމީ ލޯބި އާލާވާނެ ގޮތަކަށް އެ ދުވަސް ފާހަގަ ކުރަން ޖެހޭ ކަމަށެވެ.

އޭގެ އިތުރުން، މިނިސްޓްރީގެ މަސައްކަތްތަކަށް އަލިއަޅުވާލައްވާ ދެއްކެވި ވާހަކައިގައި މިނިސްޓަރ ވިދާޅުވީ، އެކި މިނިސްޓްރީތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާއިރު، ނޮވެމްބަރު 11 އަށް ތައްޔާރުވުމަށް ވެސް ލަވަ މުބާރާތެއް ބޭއްވުމަށް ރާވަމުންދާ ކަމަށެވެ. އަދި އެފަދަ ކަންކަމަކީ ވެރިންނަށް "ސަނާ ކިއުމަށް" ކުރާ ކަމެއް ކަމަށް ދޭހަވާ ގޮތަށް ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވައި މިނިސްޓަރ ވިދާޅުވީ، ޤައުމީ ލަވައާއި، ޤައުމީ ކަންކަމަކީ ވަކި ބަޔަކަށް ސަނާ ކިއުމަށް ކުރާ ކަމެއް ކަމަށް ހީކޮށްގެން ނުވާނެ ކަމަށެވެ.

ޕްރޮގްރާމްގައި އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރ އިތުރަށް ވިދާޅުވީ، ވަކި ކުލައަކީ ވަކި ޕާޓީއަކަށް ނިސްބަތްވާ ކުލައެއް ކަމަށް ދެކި، ހުރިހާ ކަމެއް ސިޔާސީ ކުރުމުގެ ވިސްނުން ދޫކޮށްލަން ޖެހޭ ކަމަށެވެ. އަދި ޤައުމު ދެކެ ލޯބިވާ ޤައުމަށް ހެޔޮ އެދޭ ޒުވާނުންތަކަކަށް ވުމަށް ދިވެހި ޒުވާނުންނަށްވެސް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ. އެގޮތުން ކޮވިޑް-19 ގެ ޕެންޑެމިކް ތެރޭގައި ކުރީ ސަފުގައި މަސައްކަތް ކުރެއްވި މަސައްކަތްތެރިންނާއި، ވޮލަންޓިޔަރ ކޮށް މަސައްކަތް ކުރަން ނުކުތް ޒުވާނުންނަށްވެސް މިނިސްޓަރ ވަނީ ތައުރީފް ކުރައްވާފައެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް