Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގައި ކުރިއަށްގެންދާ އެންޓިބޮޑީ ސަރވޭ

އެންޓިބޮޑީ ސަރވޭއަށްފަހު، ލިބޭ ނަތީޖާއިން އިތުރު ލުއި ތަކެއް ދިނުމަށް މަގުފަހިވެގެން ގޮސްދާނެ: ޑރ. ރަހީމާ

30 އޮކްޓޯބަރު 2020 | ހުކުރު 08:09

މި ސަރވޭ ކުރިއަށްދަނީ ހަތަރު އުުމުރުފުރައަކަށް ބަހާލައިގެން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 30 އޮކްޓޯބަރު 2020 | ހުކުރު 08:09
ސަރވޭއަށް އެއްބާރުލުން ލިބޭ މިންވަރުކުޑަ

ސަރވޭއަށް އެއްބާރުލުން ލިބޭ މިންވަރުކުޑަ

މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު ދެނެގަތުމަށްޓަކައި މިހާރު ކުރިއަށްގެންދާ ޕްރިވިލެންސް ސަރވޭ ނުވަތަ އެންޓިބޮޑީ ސަރވޭއަށްފަހު، ލިބޭ ނަތީޖާއިން އިތުރު ލުއި ތަކެއް ދިނުމަށް މަގުފަހިވެގެން ގޮސްދާނެ ކަމަށް ޑރ. ރަހީމާ އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ނިއު ނޯމަލް" ކަވަރޭޖަށް މައުލޫމާތުދެއްވަމުން ރަހީމާ ވިދާޅުވީ ސަރވޭއަށް އެއްބާރުލުން ލިބޭ މިންވަރު ކުޑަކަމަށާއި ހުރިހާ ފަރާތްތަކުންވެސް މިސަރވޭގައި ބައިވެރިވެ މިސްޓަޑީ ފުރިހަމަކުރުމަށް އެއްބާރުލުން ދިނުމަށް އެދޭ ކަމަށެވެ.

Advertisement - newsAdvertisement

ގުރުއަތުން މީހުން ހޮވައިގެން ސާރވޭ ކުރިއަށްގެންދިއުމުގެ ބޭނުމަކީ ސައިންޓިފިކް ގޮތެއްގައި އެންމެ ރަނގަޅު ނަތީޖާއާއި ހަމައަށް ވާސިލްވުމަށް ކުރާ މަސައްކަތެއް ކަމަށާއި އެހެންނަމަވެސް މިހާތަނަށް އައި އިރުވެސް ސާމްޕަލް ނެގިފައިވަނީ 1000 އާއި ގާތަށް ކަމަށް ރަހީމާ ވިދާޅުވި އެވެ.

ރަހީމާ ވިދާޅުވީ އެޗްޕީއޭއިން މިގޮތަށް އެސްއެމްއެސް އެއް ލިބުމުން އެކަމަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އިލްތިމާސް ކުރާ ކަމަށާއި މިސާރވޭގެ ނަތީޖާގެ ސަބަބުން ކޮވިޑް19 ފެތުރިފައިވާ މިންވަރު ދެނެގެނެވި ލުއި ތަކެއް ދިނުމަށް އަވަސްވެގެންދާނެ ކަމަށެވެ.

އަދި މިހާރު ނިންމާފައިވާ ގޮތަށް ގުރުއަތުން މީހުން ހޮވައިގެން ސަރވޭ ކުރިއަށް ނުގެންދެވިއްޖެ ނަމަ މާލެ އޭރިއާތަކަކަށް ބަހާލައިގެން ސާރވޭ ކުރިއަށް ގެންދާނެ އިތުރު ޕްލޭންތަކެއްވެސް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް އެންމެ އެދެވިގެންވަނީ ގުރުއަތުން ހޮވޭ ފަރާތްތައް އެސްއެމްއެސް ލިބުމާއި އެކު ވީހާވެސް އަވަހަށް އެންމެ ކައިރީގައި ހުރި ސެންޓަރަކަށް ވަޑައިގެން ސާމްޕަލް ދިނުމަށް ކަމަށް ރަހީމާ ތަކުރާރު ކުރެއްވި އެވެ.

މިއީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ގުޅިގެން އެޗްޕީއޭއިން ކުރިއަށް ގެންދާ ސަރވޭ އެކެވެ. މި ސަރވޭގައި ޖުމްލަ 4098 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ސަރވޭ ކުރިއަށްދަނީ ހަތަރު އުމުރުފުރައަކަށް ބަހާލައިގެންނެވެ. އެއީ 17 އަހަރުން ދަށުގެ ކުދިންނާއި 18 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނާއި 35 އަހަރާއި 59 އަހަރާ ދެމެދުގެ މީހުން އަދި އުމުރުން 60 އަހަރުން މަތީގެ އުމުރުފުރާތަކެވެ. މީގެތެރެއިން 17 އަހަރުން ދަށުގެ ކުދިންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާއިރު މިހާރު އަންނަނީ 18 އަހަރާއި 34 އަހަރާ ދެެމެދުގެ މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.

މި ސަރވޭގެ އެންމެ މުހިންމު ބޭނުމަކީ މާލެ ސަރަހައްދުގެ އާބާދީގެ ތެރެއިން ކުރިން ކޮވިޑް-19 އަށް ހުށަހެޅިފައިވަނީ އާބާދީގެ ކިތައް އިންސައްތަތޯ ބެލުމެވެ. މީގެ ސަބަބުން ކޮވިޑް ފެތުރިފައިވާ ބާރުމިން ދެނެގަނެވި، ސިޔާސަތުތަކަށް އިތުރަށް ގެންނަންވީ ކޮން ބަދަލުތަކެއްތޯ ބެލިގެންދާނެއެވެ. މި ދިރާސާ ކުރަން ބޭނުންކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އެކުލަވާލާފައިވާ މެތޮޑޮލަޖީއެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

3

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް