Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް-19 އަށް ކުރި ހަރަދު

ކޮވިޑްގެ ފުރަތަމަ ކޭސް ފެނުނުތާ 230 ދުވަސް، ދައުލަތުން 2.5 ބިލިއަން ރުފިޔާ ހަރަދުކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ސިއްހީ އަދި އިޖުތިމާއީ ކަންކަމަށް ހަރަދުކޮށްފައި ވަނީ 1.3 ބިލިއަން ރުފިޔާ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2020 | ހުކުރު 05:37
ކޮވިޑް-19 އާއި ގުޅިގެން ކުރި އެކި ދަތުރުތަކަށް ދައުލަތުން ވަނީ 54.9 މިލިއަން ރުފިޔާ ހަރަދުކޮށްފައި

ކޮވިޑް-19 އާއި ގުޅިގެން ކުރި އެކި ދަތުރުތަކަށް ދައުލަތުން ވަނީ 54.9 މިލިއަން ރުފިޔާ ހަރަދުކޮށްފައި

ރާއްޖެ އިން ކޮވިޑް-19 ގެ ފުރަތަމަ ކޭސް ފެނުނުތާ 230 ދުވަހުގެ ތެރޭގައި ކޮވިޑް-19 އާއި ގުޅިގެން ދައުލަތުން 2.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ވީކްލީ ކޮވިޑް-19 ތަފާސްހިސާބުތައް ދައްކާގޮތުން ކޮވިޑް-19 އާއި ގުޅިގެން ސިއްހީ އަދި އިޖުތިމާއީ ކަންކަމަށް 1.3 ބިލިއަން ރުފިޔާ އޮކްޓޫބަރ މަހުގެ 22 ވަނަ ދުވަހަށް ހަރަދުކޮށްފައިވާ އިރު، އިކޮނޮމިކް ރެސްޕޮންސް ސްޕެންޑިންގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

އެގޮތުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން 779.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، ހެލްތު މިނިސްޓްރީ އިން ވަނީ 202.2 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އަދި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ އިން 37.3 މިލިއަން ހަރަދުކޮށްފައިވާ އިރު، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އިން ހަރަދުކޮށްފައި ވަނީ 6.9 މިލިއަން ރުފިޔާއެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖެންޑަރ މިނިސްޓްރީ އިން ވަނީ ކޮވިޑް-19 އާއި ގުޅިގެން 3.4 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އިން ވަނީ 3.3 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

ޓޫރިޒަމް އެކްޓިވިޓީސް އިމްޕްލިމެންޓޭޝަން ފަންޑުން 29.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތައް ދައްކައެވެ. ޑިޒާސްޓަރ މެނޭޖްމެންޓް ފަންޑުން 84.1 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް އިން ކޮވިޑް-19 އާއި ގުޅިގެން 76.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހަރަދުކޮށްފައި ވަނީ ހަތް މިލިއަން ރުފިޔާއެވެ. އަދި މޯލްޑިވްސް އިމިގްރޭޝަނުން ހަރަދުކޮށްފައި ވަނީ އަށް ލައްކަ ރުފިޔާއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކޮވިޑް-19 އާއި ގުޅިގެން 41.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާއިރު، ތަފާސްހިސާބުތަކުގައި ވާގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހަރަދުކޮށްފައި ވަނީ 23.3 މިލިއަން ރުފިޔާއެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ދައުލަތުން އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ސަޕްލައި އަދި ރިކިއުސިޓްސް ހޯދުމަށެވެ. އެއީ 521 މިލިއަން ރުފިޔާއެވެ. ދައުލަތުން ވަނީ އެހެނިހެން ކަންތައްތަކަށް ބޭނުންވާ ސަޕްލައި އަދި ރިކިއުސިޓްސް ހޯދުމަށް 89.2 މިލިއަން ރުފިޔާ ހަރަދުކޮށްފައި ކަމަށްވެސް ފިނޭންސްގެ ތަފާސްހިސާބުތައް ދައްކައެވެ.

މީގެ އިތުރުން، ކެޕިޓަލް އިކުއިޕްމެންޓްގެ ގޮތުގައި ދައުލަތުން 198.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، އޮޕަރޭޝަނަލް ސަރވިސަސް އަށް ދައުލަތުން 144.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ތަފާސްހިސާބުތައް ދައްކައެވެ. ގްރާންޓްސް، ކޮންޓްރިބިއުޝަންސް އަދި ސަބްސިޑީސް އަށް 118.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، މުވައްޒަފުންނަށް އެލަވަންސް ދިނުމަށް ހަރަދުކޮށްފައި ވަނީ 79.9 މިލިއަން ރުފިޔާއެވެ.

ކޮވިޑް-19 އާއި ގުޅިގެން ބިން އަދި އިމާރާތްތަކަށް 68.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، މެއިންޓެން އަދި ރިޕެއަރ ކުރުމަށް 21.6 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން ކުރި އެކި ދަތުރުތަކަށް 54.9 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ދައުލަތުން ކޮވިޑް-19 އާއި ގުޅިގެން އާމްދަނީ އަށް އަސަރުކޮށްފައިވާ މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 116.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، އިކޮނޮމިކް ރިކަވަރީ ޕެކޭޖްގެ ދަށުން ވިޔަފާރިތަކަށް 854.3 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އެއީ ރިސޯޓް ތަކަށާއި ބޮޑެތި ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ 545.8 މިލިއަން ރުފިޔާ އާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ދޫކޮށްފައިވާ 308.5 މިލިއަން ރުފިޔާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދިނުމަށް ފުރަތަމަ ފަހަރަށް ނިންމައިފި

ޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދިނުމަށް ފުރަތަމަ ފަހަރަށް ނިންމައިފި

13 މެއި 2017
ރައްޔިތުންނަށް ފުރަތަމަ ބޭނުންވަނީ އަސާސީ ހިދްމަތްތައްކަން އިންތިހާބުގެ ނަތީޖާއިން އެނގޭ: އަލީ ހުސައިން

ރައްޔިތުންނަށް ފުރަތަމަ ބޭނުންވަނީ އަސާސީ ހިދްމަތްތައްކަން އިންތިހާބުގެ ނަތީޖާއިން އެނގޭ: އަލީ ހުސައިން

09 މެއި 2017
މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދު

މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދު

24 އެޕްރީލު 2017
އޭޑީކޭ އިން ރާއްޖޭގެ ފުރަތަމަ ސްޕައިނަލް ކޮންފަރެންސް ބާއްވައި، މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ލައިވްކޮށްފި

އޭޑީކޭ އިން ރާއްޖޭގެ ފުރަތަމަ ސްޕައިނަލް ކޮންފަރެންސް ބާއްވައި، މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ލައިވްކޮށްފި

15 އެޕްރީލު 2017
 ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް

ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް

07 އެޕްރީލު 2017

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު