އަސްކަރީ ހާއްސަ ތަމްރީނުތަކެއް އަންނަ ހޮނިހިރު ދުވަހު ފަށަނީ
29 އޮކްޓޯބަރު 2020 | ބުރާސްފަތި 08:31މި ތަމްރީނު ކުރިއަށްގެންދަނީ ލ. ކައްދޫ ޓްރެއިނިންގ ސެންޓަރުގައި

އެމްއެންޑީއެފުން މީގެ ކުރިން ކުރިއަށްގެންދިޔަ ހާއްސަ ތަމްރީނެއްގެ ތެރެއިން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އަސްކަރީ ހާއްސަ ތަމްރީނުތަކެއް އަންނަ ހޮނިހިރު ދުވަހު ފަށާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
ޑިފެންސް މިނިސްޓްރީން ބުނީ އެމްއެންޑީއެފުން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް މި މަހުގެ 31 ވަނަ ދުވަހުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހަށް އަދި ނޮވެމްބަރު މަހުގެ ހަވަނަ ދުވަހުން ފެށިގެން އަށްވަނަ ދުވަހަށް، ކޮންމެ ދުވަހެއްގެ 18:00 އިން 23:59 އަށް ލ. ކައްދޫ ޓްރެއިނިންގ ސެންޓަރުގައި ކުރިއަށް ގެންދާނެ ކަަމަށެވެ.
މި ތަމްރީނުތަކުގައި ބަޑި ޖެހުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޑިފެންސް މިނިޓްރީން ބުނެއެވެ.
އެމްއެންޑީއެފުގެ އަސްކަރީ ތަމްރީނުތައް ކުރިއަށްދާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މި ކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައިވެއެވެ.
އެމްއެންޑީއެފުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި ފަހަރު މަތިން އަންނަނީ ހާއްސަ އަސްކަރީ ތަމްރީނުތައް ކުރިއަށްގެންދަމުންނެވެ.






