Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އިޓަލީގެ ހާލަތު

އިޓަލީގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ރިކޯޑް މިންވަރަކަށް މައްޗަށް

ފާއިތުވި 24 ގަޑިއިރު އަލަށް 24،991 މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 އޮކްޓޯބަރު 2020 | ބުރާސްފަތި 05:14
އިޓަލީގެ ސަބްވޭއެއްގައި ބަޔަކު މާސްކު އަޅައިގެން

އިޓަލީގެ ސަބްވޭއެއްގައި ބަޔަކު މާސްކު އަޅައިގެން

އިޓަލީގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ރިކޯޑް މިންވަރަކަށް މައްޗަށްގޮސްފިއެވެ.

އެ ގައުމުގައި ފާއިތުވި 24 ގަޑިއިރު 24،991 މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެއެވެ. އޭގެކުރީ ދުވަހު އެ ގައުމުގައި 21،994 މީހުންނަށް ކޮވިޑް-19 ޖެހިގެން ވަނީ ރިޕޯޓްކޮށްފައެވެ.

މީގެ އިތުރުން ކޮވިޑް-19 ޖެހިގެން ފާއިތުވި 24 ގަޑިއިރު 205 މީހުން މަރުވެފައިވާ ކަމަށް އިޓަލީގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

ކޭސްތައް ފެންނަ މިންވަރު އިތުރުވެގެން ދިޔުމާއެކު އިޓަލީ ސަރުކާރުން ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް މި ހަފްތާގައި އިތުރު ފިޔަވަޅުތައް އަޅާފައެވެ. އޭގެތެރޭގައި ބަރތަކާއި ރެސްޓޯރެންޓްތައް އަވަހަށް ބަންދުކުރުމާއި ޖިމްތަކާއި ސިނަމާތަކާއި ތިއޭޓަރުތައް ބަންދުކުރުން ހިމެނެއެވެ.

އިޓަލީގައި އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކުރަމުން އަންނަ ސަރަހައްދަކީ މީގެކުރިންވެސް އެންމެ ހާލަތު ގޯސްވެގެންދިޔަ ލޮމްބާޑީ ސަރަހައްދެވެ. އޭގެތެރޭގައި އިޓަލީގެ ވިޔަފާރީގެ މައިތަން ކަމަށްވާ މިލާންވެސް ހިމެނެއެވެ.

އެސަރަހައްދުން ބުދަ ދުވަހު އަލަށް 7558 މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެކުރީ ދުވަހު ވައިރަސް ޖެހިފައިވަނީ 5035 މީހުންނަށެވެ.

އެ ސަރަހައްދުގައި ކޭސްތައް އިތުރު ވަމުންދިޔުމާ އެކު ހެލްތު މިނިސްޓްރީގެ ސައިންޓިފިކް އެޑްވައިޒަރ ބުނެފައި ވަނީ ލޮކްޑައުންކުރަން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް އެ ސަރަހައްދުގައި ހިމެނޭ މައި ދެ ސިޓީގެ މޭޔަރުން ވަނީ ސަރުކާރުގައި އެކަން ނުކުރުމަށް އެދިފައެވެ.

ބުދަ ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ހޮސްޕިޓަލްތަކުގައި އެ ދުވަހު އެކަނި 1151 މީހުން ވަނީ އެޑްމިޓްކޮށްފައެވެ. މިއާއެކު މިބަލި ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ މީހުންގެ އަދަދު ވަނީ 16،517ށް އަރާފައެވެ. އަދި އައިސީޔޫގައި މިހާރު ފަރުވާދެމުން އަންނަނީ 1536 މީހުންނަށް ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. މިއީ އިޓަލީގައި ކޭސްތައް ގިނަވަގެން މުޅި އިޓަލީ މިއަހަރުގެ މަރޗް މަހު ލޮކްޑައުން ކުރިއިރު އަދަދުތައް ހުރި ވަރަށް ވުރެ މަތީ އަދަދުތަކެކެވެ.

އިޓަލީގައި މިހާތަނަށް ކޮވިޑް-19 ޖެހިގެން 37،905 މީހުން ވަނީ މަރުވެފައެވެ. ޔޫރަޕްގައި ދެވަނައަށް އެންމެ ގިނަ އަދަދެއްގެ މީހުން މި ބަލީގައި މަރުވެގެން ރިޕޯޓްކުރަމުން އަންނަ ގައުމަކީ އިޓަލީއެވެ. އިޓަލީގައި މިހާތަނަށް 589،766 މީހުންނަށް ކޮވިޑް-19 ޖެހިގެން ވަނީ ރިޕޯޓްކޮށްފައެވެ.

އިތުރަށް ކިޔާލަން

10 މާރިޗު 2017

ދެކުނުކޮރެއާގެ ރައީސް މަގާމުން ދުރުކުރަން ޖެހޭކަން ކޯޓުން ކަނޑައަޅައިފި

10 މާރިޗު 2017
ދެކުނުކޮރެއާގެ ރައީސް މަގާމުން ދުރުކުރަން ޖެހޭކަން ކޯޓުން ކަނޑައަޅައިފި
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
01 މާރިޗު 2017

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި
22 ފެބުރުއަރީ 2017

އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން

22 ފެބުރުއަރީ 2017
އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު