Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ބިލު

ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ހުށައެޅި ބިލަށް ބަހުސް ކުރެއްވީ އެންމެ ދެ މެމްބަރުން

ބަރުލަމާނީ ނިޒާމަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމު ކަމަށް ވިދާޅުވި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 28 އޮކްޓޯބަރު 2020 | ބުދަ 05:08
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށައެޅުއްވި ބިލުގެ އިބްތިދާއީ ބަހުސް ނިންމާލައިިފިއެވެ.

މި ބިލު މަޖިލީހަށް ހުށައަޅުއްވާފައިވަނީ ބުދަ ދުވަހުގެ ޖަލްސާގައެވެ. 72 މާއްދާގެ މައްޗަށް އެކުލަވާލެވޭ މި ބިލު ހުށައަޅުއްވަމުން ޖާބިރު ވިދާޅުވީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގެ އެއްވެސް ހިސާބެއްގައި ރާއްޖޭގައި ވެރިކަން ކުރާ ނިޒާމަކީ "ރިޔާސީ ނިޒާމެއް" ކަމަށް ކަނޑައަޅައި މުތުލަގު ގޮތެއްގައި ބަޔާން ކޮށްފައި ނުވާ ކަމަށެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ 2008 ވަނަ އަހަރު ފާސްކުރެވުނު ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ ތަސްދީގު ކުރެވުނު ފަހުން ބޭއްވުނު ރިޔާސީ އިންތިހާބު ތަކުގެ މައްޗަށާއި، އަދި ރާއްޖޭގައި ވެރިކަން ހިންގަމުން އަންނަ ގޮތަށް ބަލައި ވިސްނާއިރު، ރާއްޖޭގައި ވެރިކަން ހިންގަމުން އަންނަނީ "ބަރުލަމާނީ ނިޒާމުގެ" ސިފަތަކުގެ މައްޗަށްކަން އެނގޭ ކަމަށެވެ.

އެގޮތުން ރާއްޖޭގައި ހިންގަމުން އަންނަ ވެރިކަމަކީ "ރިޔާސީ ނިޒާމެއްގެ" ފުރިހަމަ ސިފައިގައި ހިންގަމުން އަންނަ ވެރިކަމަކަށް ނުވާތީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ގެއްލުމުން ސަލާމަތްވާނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް "ބަރުލަމާނީ ނިޒާމް" އަކަށް ބަދަލުވެގެން ދިއުމުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ޖާބިރު ވިދާޅުވީ މި ނިޒާމުގެ މައްޗަށް ދުނިޔޭގެ ގިނަ ގައުމުތަކުގައި ކާމިޔާބު ކަމާއި އެކު ވެރިކަން ހިންގައި، އެގައުމުތައް ބޮޑުތަނުން ކުރިއަރައި ރައްޔިތުންނަށް އެކަމުގެ ސަބަބުން އޮތް ހިތްހަމަޖެހުންތައް ފެންނަމުންދާތީއާއި ބަރުލަމާނީ ނިޒާމަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމު ކަމަށެވެ.

މި ބިލަށް ބަހުސް ކުރެއްވީ އެންމެ ދެ މެމްބަރުންނެވެ. އެއީ މި ބިލު ހުށައެޅުއްވި މެމްބަރު ޖާބިރުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ. އޭނާ ވިދާޅުވީ މިފަދަ ބިލެއް ހުށައަޅުއްވާއިރު، ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި ފަރާތްތަކުގެ ހިޔާލު ހޯދަން ޖެހޭ ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނަވަނިކޮށް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ތާއީދުނުކުރައްވާނެ ކަމަށެވެ.

އިތުރު އެއްވެސް މެމްބަރެއް މި ބިލަށް ބަހުސް ކުރެއްވުމުގެ ފުރުސަތަކަށް އެދިފައެއް ނުވެއެވެ. އެހެންނަމަވެސް، ނިޒާމީ ނުކުތާއެއް ނަންގަވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ ވާހަކަދައްކަވާފައެވެ. ނިޒާމީ ނުކުތާއަށް ވާހަކަދައްކަވަމުން އޭނާ ވަނީ މި ބިލަށް ތާއީދުނުކުރައްވާކަން ހާމަކުރައްވާފައެވެ.

މި ބިލުގެ އިބްތިދާއީ ބަހުސް ނިމުމުން ބުދަ ދުވަހުގެ ޖަލްސާގައި ބިލު ބަލައިގަތުމާ ގުޅިގެން ވޯޓަށް އަހާނެއެވެ. ބެލެވޭ ގޮތުގައި މި ބިލު ކޮމިޓީއަށް ފޮނުވުމަށް ބަލައިނުގަނެ، ބޭރުކޮށްލާނެއެވެެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިވަން މީޑިއާއަކީ ހެޔޮވެރިކަމުގެ ރުކުނެއް. މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުން ކުރާ މަސައްކަތައް މަރުޙަބާ: އަދާލަތު

މިނިވަން މީޑިއާއަކީ ހެޔޮވެރިކަމުގެ ރުކުނެއް. މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުން ކުރާ މަސައްކަތައް މަރުޙަބާ: އަދާލަތު

11 އެޕްރީލު 2017
ނޫސްވެރިކަމުގެ މިނިވަންކަން ހޯދަން މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުން އިގުރާރުވެއްޖެ

ނޫސްވެރިކަމުގެ މިނިވަންކަން ހޯދަން މީޑިއާ ކައުންސިލްގެ ކުރީގެ ރައީސުން އިގުރާރުވެއްޖެ

10 އެޕްރީލު 2017
އިންތިހާބުގައި ވޯޓްލާނީ، އިލެކްޝަން ކޮމިޝަން ބަދަލުކުރުމަށް ފަހު: އަލީ ނިޔާޒު

އިންތިހާބުގައި ވޯޓްލާނީ، އިލެކްޝަން ކޮމިޝަން ބަދަލުކުރުމަށް ފަހު: އަލީ ނިޔާޒު

25 މާރިޗު 2017
ޤައުމުގެ ހާލަތު ބަދަލުކުރުމަށް އެމްޑީޕީއާ އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާ ގުޅިގެން މަސައްކަތްކުރުމަށް ޖޭޕީން ނިންމައިފި

ޤައުމުގެ ހާލަތު ބަދަލުކުރުމަށް އެމްޑީޕީއާ އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާ ގުޅިގެން މަސައްކަތްކުރުމަށް ޖޭޕީން ނިންމައިފި

23 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރުން 15 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކޮށްފިން: މިނިސްޓަރ ތޯރިގް

ރައީސް ޔާމީންގެ ސަރުކާރުން 15 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކޮށްފިން: މިނިސްޓަރ ތޯރިގް

22 މާރިޗު 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު