Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ކޮވިޑް-19 ރިކަވަރީ ސްކީމް

ރިކަވަރީ ސްކީމްގެ ދަށުން 850 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި

ރިކަވަރީ ސްކީމްގެ ދަށުން 854.3 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2020 | އަންގާރަ 17:10
ރާއްޖޭގައި އެންމެ ބޮޑަށް އަސަރު ކުރި ސިނާއަތްތަކުގެ ތެރޭގައި ކޮންސްޓްރަކްޝަން ސިނާއަތް ހިމެނޭ

ރާއްޖޭގައި އެންމެ ބޮޑަށް އަސަރު ކުރި ސިނާއަތްތަކުގެ ތެރޭގައި ކޮންސްޓްރަކްޝަން ސިނާއަތް ހިމެނޭ

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށާއި، އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވި މާލީ ގޮންޖެހުންތަކުން އަރައި ގަތުމަށް ސަރުކާރުން ދޫކުރާ ރިކަވަރީ ލޯންތަކުގެ ގޮތުގައި 850 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އޮކްޓޫބަރ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ރިކަވަރީ ސްކީމްގެ ދަށުން 854.3 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އެއީ ރިސޯޓް ތަކަށާއި ބޮޑެތި ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ 545.8 މިލިއަން ރުފިޔާ އާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ދޫކޮށްފައިވާ 308.5 މިލިއަން ރުފިޔާއެވެ.

Advertisement - businessAdvertisement

އެގޮތުން ބީއެމްއެލްއިން އޮކްޓޫބަރ 22 ވަނަ ދުވަހުގެ ނިޔަލަށް 385 ވިޔަފާރިއަކަށް 545.8 މިލިއަން ރުފިޔާ އަދި އަށް މިލިއަން އެމެރިކާ ޑޮލަރު ވަނީ ދޫކޮށްފައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން 580 ވިޔަފާރިއަކުން ވަނީ ރިކަވަރީ ސްކީމްގެ ލޯނަށް އެދި ބީއެމްއެލްއަށް ހުށައަޅާފައެވެ. މީގެ ތެރެއިން 416 އެޕްލިކޭޝަނެއް އެޕްރޫވްކޮށްފައިވާ އިރު، 18 އެޕްލިކޭޝަނެއް ވަނީ ރިޖެކްޓްކޮށްފައެވެ. މިވަގުތު ޕްރޮސެސިންގައި 10 އެޕްލިކޭޝަނެއް އޮތް އިރު، 136 އެޕްލިކޭޝަނެއްގައި ބޭނުންވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ނުވާކަމަށް ފިނޭންސްއިން ބުނެއެވެ.

މީގެ އިތުރުން އެސްޑީއެފްސީއިން ދޫކުރާ ލޯނަށް 3،795 ފަރާތަކުން އެޕްލިކޭޝަން ހުށައަޅާފައިވާ އިރު، މިއީ 574.5 މިލިއަން ރުފިޔާއެވެ. މި އެޕްލިކޭޝަންތަކުގެ ތެރެއިން 2,080 އެޕްލިކޭޝަނެއް އެޕްރޫވްކޮށްފައިވާ އިރު، 632 އެޕްލިކޭޝަނެއް ވަނީ ރިޖެކްޓް ކޮށްފައެވެ. އަދި 2,029 އެޕްލިކޭޝަނެއް ސޭންކްޝަން ކޮށްފައިވާ އިރު، މިހާތަނަށް 1,858 ފަރާތަކަށް ލޯން ދޫކޮށްފައިވާ ކަމަށް ފިނޭންސްއިން ބުނެއެވެ.

މި ލޯނުތަކަކީ ރަހުނަކާއި ނުލައި ހަ އިންސައްތައިގެ އިންޓްރެސްޓް ރޭޓެއްގައި ތިން އަހަރު ދުވަހުން ދައްކައި ހަލާސް ކުރާ ގޮތަށް ދޫކުރާ ލޯނުތަކެކެވެ. މި ލޯނުތަކަށް ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑަށް ލިބިގެންދާއިރު، މި ހަ މަސް ދުވަހަށް އިންޓްރެސްޓް އަދި ޕްރިންސިޕަލް ޕޭމަންޓް ނުހިނގާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު ޢާމްދަނީ 288 މިލިއަނަށް!

އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު ޢާމްދަނީ 288 މިލިއަނަށް!

18 ނޮވެމްބަރު 2019
އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު ޢާމްދަނީ 286 މިލިއަނަށް!

އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު ޢާމްދަނީ 286 މިލިއަނަށް!

12 އޮކްޓޯބަރު 2019
ކޮމިއުނިޓީ ފަންޑުގެ ދަށުން 5 ރަށަކަށް ބީއެމްއެލް އިން އެހީތެރިކަން ފޯރުކޮށްދީފި

ކޮމިއުނިޓީ ފަންޑުގެ ދަށުން 5 ރަށަކަށް ބީއެމްއެލް އިން އެހީތެރިކަން ފޯރުކޮށްދީފި

30 އޯގަސްޓު 2019
ބީއެމްއެލްގެ ފުރަތަމަ ހަ މަސް ދުވަހުގެ ފައިދާ 724 މިލިއަނަށް

ބީއެމްއެލްގެ ފުރަތަމަ ހަ މަސް ދުވަހުގެ ފައިދާ 724 މިލިއަނަށް

25 ޖުލައި 2019
ރެމިޓެންސް ޓެކްސްގެ ގޮތުގައި ދައުލަތަށް 44 މިލިއަނަށްވުރެ ގިނަ ރުފިޔާ

ރެމިޓެންސް ޓެކްސްގެ ގޮތުގައި ދައުލަތަށް 44 މިލިއަނަށްވުރެ ގިނަ ރުފިޔާ

06 ޖޫން 2019

އަހަރުތަކުން މިއަދު

10 އެޕްރީލު
ހަފްތާ ބަންދުގައި ރައީސްގެ އާއިލާގެ ފަރިއްކޮޅަށް ގެރިމަސް، ޝްރިމްޕް އަދި ކަންބަޅި މަސް، ބިލަށް 9 ހާސް
20251 އަހަރު ކުރިން
ރާއްޖެ

ހަފްތާ ބަންދުގައި ރައީސްގެ އާއިލާގެ ފަރިއްކޮޅަށް ގެރިމަސް، ޝްރިމްޕް އަދި ކަންބަޅި މަސް، ބިލަށް 9 ހާސް

ރައީސަށް އެނގިވަޑައިނުގެން ހިނގާ ކަންކަމުގެ ލިސްޓު ދިގުވަނީ، މިއީ ރައީސްގެ ނަގާބިލުކަން؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސަށް އެނގިވަޑައިނުގެން ހިނގާ ކަންކަމުގެ ލިސްޓު ދިގުވަނީ، މިއީ ރައީސްގެ ނަގާބިލުކަން؟

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ ސާބިތެއް ނުވި: ވަޅި ހެރުނީ ނިދީގައި ފުރޮޅެމުންކަމަށް އަނބިމީހާ ބުނޭ
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ ސާބިތެއް ނުވި: ވަޅި ހެރުނީ ނިދީގައި ފުރޮޅެމުންކަމަށް އަނބިމީހާ ބުނޭ

ރަތް މުގު ކިލޯއަކުން ހިންގަން ފެށި ވިޔަފާރިއެއް؛ ފާތިމާ އަލް ޒައުބީގެ ގެސްޓް ހައުސްގެ ވާހަކަ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ރަތް މުގު ކިލޯއަކުން ހިންގަން ފެށި ވިޔަފާރިއެއް؛ ފާތިމާ އަލް ޒައުބީގެ ގެސްޓް ހައުސްގެ ވާހަކަ

މާލޭގެ ނަތީޖާގައި ހައިރާންވާ ކަމެއް ނެތް - ނަޝީދު
20215 އަހަރު ކުރިން
ރާއްޖެ

މާލޭގެ ނަތީޖާގައި ހައިރާންވާ ކަމެއް ނެތް - ނަޝީދު

މަންޓާ އެއަރ: ތަޖްރިބާ ތަފާތުވެފައި، އޭ ޕްލަސްއެއް!
20197 އަހަރު ކުރިން
ރިޕޯޓު

މަންޓާ އެއަރ: ތަޖްރިބާ ތަފާތުވެފައި، އޭ ޕްލަސްއެއް!

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް
20188 އަހަރު ކުރިން
ރިޕޯޓު

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު