Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެޖިސްޓްރޭޓް ޝުކޫރުގެ މައްސަލަތައް

ފަނޑިޔާރުކަމުން ވަކި ކުރަން ހުށައެޅުމުން ޝުކޫރު ވެސް އިސްތިއުފާ ދެއްވައިފި!

ޝުކޫރަކީ ރައީސް ޔާމީންގެ ކެމްޕެއިންގައި އުޅުއްވި ފަނޑިޔާރުންގެ ޓީމުގެ ބޭފުޅެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 އޮކްޓޯބަރު 2020 | އަންގާރަ 08:55
މާމެންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް - އޭނާގެ މައްޗަށް ބޮޑެތި ޖިނާއީ ތުހުމަތުތައް ވެސް ކުރެވޭ

މާމެންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް - އޭނާގެ މައްޗަށް ބޮޑެތި ޖިނާއީ ތުހުމަތުތައް ވެސް ކުރެވޭ

ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ޝުކޫރު ފަނޑިޔާރު ކަމުގެ މަޤާމުން ވަކި ކުރުމަށް މަޖިލީހަށް ހުށައަޅާފައި ވަނިކޮށް އޭނާ އިސްތިއުފާ ދެއްވައިފިއެވެ.

އެކަމާ ގުޅޭގޮތުން އަންގާރަ ދުވަހު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ނެރުނު ބަޔާނެއްގައި ބުނީ، މެޖިސްޓްރޭޓް ޝުކޫރާ ގުޅިގެން ހުށައެޅިފައިވާ ތުހުމަތުތައް ސާބިތުވެ، ފަނޑިޔާރު ކަމުގެ މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައި ވަނިކޮށް، އަންގާރަ ދުވަހު އޭނާގެ އިސްތިއުފާގެ ސިޓީ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ޝުކޫރު ފަނޑިޔާރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވާފައި ވަނީ އޭނާ ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި އެޖެންޑާކޮށް، އެ މައްސަލަ ޖުޑީޝަރީ ކޮމިޓީއަށް ވެސް ފޮނުވާފައިވާ ދަނޑިވަޅެއްގައެވެ. އިސްތިއުފާ ދެއްވި އިރު ޝުކޫރު ހުންނެވީ ސަސްޕެންޝަނެއްގައެވެ.

މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ޝުކޫރު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ނިންމި ނިންމުމާއި ގުޅިގެން ޖޭއެސްސީން ބުނީ އޭނާ ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގައި ހުންނެވި އިރު، އޭނާއާއި ގާތް ގުޅުމެއް އޮންނަ ފަރާތެއްގެ ބަންދާ މެދު ގޮތެއް ނިންމުމުގެ މައްސަލަ ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގައި ހިނގި ދުވަހު، ހައްޔަރުކުރެވިފައިވާ ފަރާތުގެ ޤާނޫނީ ވަކީލާ ރެސްޓޯރެންޓެއްގައި ޝުކޫރު ބައްދަލުވެ ވަކީލު ދިން ސިޓީއުރައަކާ ހަވާލުވެފައިވާކަން ސާބިތުވާ ކަމަށެވެ.

މީގެ އިތުރުން، ޖޭއެސްސީން ބުނީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، ގއ. ވިލިނގިލީ ގެއެއްގައި އޮތް ބައްދަލުވުމެއްގައި ކުރީގެ ފަނޑިޔާރުންތަކަކާ އެކު އަޙްމަދު ޝުކޫރު ވެސް ބައިވެރިވެ ވަކި ރިޔާސީ ކެނޑިޑޭޓަކަށް ތާޢީދު ކުރާ ކަން ހާމަކޮށް ވާހަކަދައްކައި ވޯޓް ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެ އަހަރުގެ ސެޕްޓެމްބަރު މަހު ގއ. ވިލިނގިލީ ކެފޭއެއްގެ ތެރޭގައި، ސިޔާސީ ވާހަކަ ދައްކައި، ރިޔާސީ ކެނޑިޑޭޓަކަށް ވޯޓު ހޯދައި ދިނުމަށް އެދިފައިވާ ކަން ވެސް ވަނީ ސާބިތުވެފައެވެ.

ޖޭއެސްސީއަށް ސާބިތުވި، އިތުރު މައްސަލައެއްގެ ގޮތުގައި، 2018 ވަނަ އަހަރުގެ އޮގަސްޓް މަހު ޓެރަރިޒަމްގެ ތުހުމަތުގައި ގއ. ކޮލަމާފުށިން ހައްޔަރުކުރި ބައެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޒިރު ކުރުމުގެ ކުރިން، ޝަރީޢަތުގެ މަޖިލީހުން ބޭރުން، އެ މީހުންގެ ބަންދާ މެދު ނިންމާނެ ގޮތް ފުލުހުންނާއި ހިއްސާކޮށް، އަދި ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ޢަދުލުވެރިކަމުގެ ހަމަތަކުން ބޭރުން އަޙްމަދު ޝުކޫރު ޢަމަލުކުރުން ވަނީ ފާހަގަކޮށްފައެވެ.

ފަނޑިޔާރެއްގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން ދަނިކޮށް، ނުވަތަ އެ ފަނޑިޔާރަކު ވަކިކުރަން މަޖިލީހަށް ފޮނުވާފައި ވަނިކޮށް އިސްތިއުފާ ދެއްވާ ފަނޑިޔާރުންނާއި، ސުލޫކީ މައްސަލައަކީ މިހާރު ވެސް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ބަލަމުންދާ މައްސަލަތަކެކެވެ.

ޤާނޫނު ބުނާ ގޮތުން މައްސަލަ ބަލަމުން ދަނިކޮށް، ފަނޑިޔާރު މަގާމުން އިސްތިއުފާ ދެއްވައިފިނަމަ، އެމައްސަލަ އެހިސާބުން އެނިމުނީއެވެ. އެ ފަނޑިޔާރަކާ މެދު ދެން ކުރެވޭނެ ކަމެއް ނޯވެއެވެ. އެގޮތުން ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ޖުޑީޝަލް ސާވީސް ކޮމިޝަނުން ނިންމާފައި ވަނިކޮށް، ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވި ބައެއް ފަނޑިޔާރުންގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީއާއި، ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނުގެ އިތުރުން، ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ހަސަން ނަޖީބުވެސް ހިމެނެއެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު