Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓޫރިޒަމް މިނިސްޓްރީ

އިންޓާރންޝިޕް ފުރިހަމަކުރި 22 ފަރާތަކަށް ޓޫރިޒަމް މިނިސްޓްރީން ވަޒީފާ ހަމަޖައްސައިފި

ބައިވެރިންވަނީ ހުރިހާ ޑިޕާރޓްމަންޓެއްގައި 6 ހަފްތާ މަސައްކަތް ކޮށްފައި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2020 | ހޯމަ 13:29
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް

ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް

އިންޓާރންޝިޕް ފުރިހަމަކުރި 22 ފަރާތަކަށް ޓޫރިޒަމް މިނިސްޓްރީން ވަޒީފާ ހަމަޖައްސައިފިއެވެ.

މިކަން ހާމަކޮށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މި އަހަރުގެ އޮގަސްޓް 10ގައި ހުޅުވާލި އިންޓާރންޝިޕް ޕްރޮގްރާމްގެ ބައިވެރިން އިންޓަރންޝިޕްގެ ފުރަތަމަ ފިޔަވަހީގައިވާ ގޮތަށް މިނިސްޓްރީގެ ހުރިހާ ޑިޕާރޓްމަންޓެއްގައި 6 ހަފްތާ މަސައްކަތް ކުރުމަށްފަހު މިނިސްޓްރީން ކުރާ މަސައްކަތްތަކުގެ ތެރެއިން ކޮންމެ ބައިވެރިއަކުވެސް ޝައުޤުވެރިވާ ޑިޕާރޓްމަންޓެއްގައި މިހާރު މަސައްކަތް ކުރަމުންދާކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުންނަށް ފުރުޞަތު ހުޅުވާލާ ކުރިއަށް ދިއުމަށް މަގުފަހިކޮށްދިނުމުގެ މަޤުޞަދުގައި ހުޅުވާލި މި އިންޓަރންޝިޕްއަކީ އެއްވެސް އުޖޫރައެއް ނުލިބޭގޮތަށް ހުޅުވާލެވުނު ފުރުޞަތެކެވެ.

ޖުމްލަ 10 ޖާގައަށް އިންޓަރންޝިޕްއަށް ހުޅުވާލެވުނުއިރު 36 ފަރާތަކުން އެޕްލިކޭޝަން ހުށަހެޅިކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. އެގޮތުން، ޕްރޮގްރާމަށް ލިބުނު ތަރުޙީބާއި ގުޅިގެން 31 ފަރާތެއް ޝޯޓްލިސްޓްކޮށް އިންޓަރވިއުކުރުމަށްފަހު 26 ފަރާތަކަށް އިންޓާރންޝިޕް ފުރިހަމަ ކުރުމުގެފުރުޞަތު ދީފައިވާއިރު، ވަޒީފާގެ ފުރުޞަތު އެހެން ދާއިރާތަކުން ލިބުން ފަދަ ސަބަބުތަކާއި އެކު މީގެ ތެރެއިން 4 ފަރާތަކުން އިންޓަރންޝިޕް ފުރުޞަތު ދޫކޮށްލާފައިވާކަމަށެވެ.

އެއާއި އެކު، 22 ބައިވެރިންނާއިއެކު އިންޓަރންޝިޕްގެ ފުރަތަމަ ފިޔަވަހި ކާމިޔާބުކަމާއިއެކު ނިންމާލާފައިވާއިރު، ހަފްތާއަކު ޖުމްލަ 10 ގަޑިއިރު މަސައްކަތް ކުރާގޮތަށް ކުރިޔަށް ގެންދިޔަ މި އިންޓާރންޝިޕްގައި ކޮންމެ އިންޓާރން އަކަށް އެހީތެރިވުމަށް މެންޓަރ އެއްގެ ގޮތުގައި މިނިސްޓްރީގެ އިސްމުވައްޒަފެއް ވަނީ ހަމަޖައްސާފައިެވެ.

އިންޓަރންޝިޕްގެ ފުރަތަމަ ފިޔަވަހި 25 އޮކްޓޯބަރުގައި ނިމުމާއިއެކު، މިނިސްޓަރ އޮފް ޓޫރިޒަމް، ޑރ، ޢަބްދުﷲ މަޢުސޫމްވަނީ ބައިވެރިންނާ ބައްދަލުކުރައްވާ އެފަރާތްތަކަށް މަރުޙަބާ ދަންނަވައި ޝުކުރު އަދާކުރައްވާފައެވެ. އަދި މި ތަޖުރިބާގެ ސަބަބުން ބައިވެރިނަށް ވަޒީފާގެ ފުރުޞަތު ފަހިވެ، ކޮލެޖް އަދި ޔުނިވަރސިޓީގެ ޕްލޭސްމަންޓް ހޯދުމަށް މަގުފަހިވެގެންދާނޭ ކަމަށް ދެކެވަޑައިގަންނަވާކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ބައިނަލް އަގުވާމީ ފަރާތްތަކުން ވަކިފަރާތަކަށް ބުރަނުވެ ހަމަހަމަކަން އިސްކުރުމަށް ގޮވާލަން: ސަރުކާރު

ބައިނަލް އަގުވާމީ ފަރާތްތަކުން ވަކިފަރާތަކަށް ބުރަނުވެ ހަމަހަމަކަން އިސްކުރުމަށް ގޮވާލަން: ސަރުކާރު

10 އެޕްރީލު 2017
ޔާތީމްޚާނާއަށް ލީ ތިން ކުދިނާއި ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނާއި އާއިލާއަށް ދިން ޖަވާބު ދިމާ ނުވޭ

ޔާތީމްޚާނާއަށް ލީ ތިން ކުދިނާއި ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނާއި އާއިލާއަށް ދިން ޖަވާބު ދިމާ ނުވޭ

04 އެޕްރީލު 2017
ވަކި ފަރާތަކަށް އަމާޒް ކޮށްގެން ގާނޫނުތައް ބަދަލު ކުރުމަކީ ދުނިޔެ ގަބޫލުކުރާ އުސޫލެއް ނޫން: ރައީސް މައުމޫން

ވަކި ފަރާތަކަށް އަމާޒް ކޮށްގެން ގާނޫނުތައް ބަދަލު ކުރުމަކީ ދުނިޔެ ގަބޫލުކުރާ އުސޫލެއް ނޫން: ރައީސް މައުމޫން

11 މާރިޗު 2017
ރެހެންދި އެވޯޑް ހަތަރު ފަރާތަކަށް ލިބިއްޖެ

ރެހެންދި އެވޯޑް ހަތަރު ފަރާތަކަށް ލިބިއްޖެ

08 މާރިޗު 2017
ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި

ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު