Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރޫޓްގެ ފައިސާ ފޭރުން

4.2 މިލިއަން ރުފިޔާ ފޭރެން އުޅުނު މީހުން ޖެހީ ޕެޕަރ ސްޕްރޭއެއް ނޫން، ބޮޑީ ސްޕްރޭ!

ފޭރެން މަސައްކަތް ކުރި މީހުންގެ ތެރެއިން ބައެއް މީހުން ތިބީ ހެލްމެޓް އަޅާފަ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 އޮކްޓޯބަރު 2020 | ހޯމަ 08:24
ހޯމަ ދުވަހު ހިނގި މި ހާދިސާގެ ވީޑިއޯގެ ބައެއް މަންޒަރުތައް

ހޯމަ ދުވަހު ހިނގި މި ހާދިސާގެ ވީޑިއޯގެ ބައެއް މަންޒަރުތައް

ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރާ ރޫޓް ކުންފުނިން ބޭންކް އޮފް ސިލޯނަށް ޖަމާ ކުރަން ގެންދިޔަ 4.2 މިލިއަން ރުފިޔާ ފޭރެން މަސައްކަތް ކުރި މީހުން ކުންފުނީގެ މުވައްޒަފުގެ ލޮލަށް ޖަހާފައި ވަނީ ޕެޕަރ ސްޕްރޭ ނޫން ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ހޯމަ ދުވަހު ހިނގި މި ހާދިސާގެ ވީޑިއޯ މީސްމީޑިއާގައި ވައިރަލްވެފައިވާ އިރު، ސޯޝަލް މީޑިއާ ގައި ދައުރުވަމުންދާ ވީޑީއޯއިން ފެންނަ ގޮތުގައި ވޭނެއް ގޮސް ބޭންކް އޮފް ސިލޯން ކައިރިއަށް މަޑުކޮށްލާތަނުން ދެ ސައިކަލެއްގައި ތިބި ބަޔަކު ގޮސް ވޭނުން ބާލަން އުޅުން ފޮށިގަނޑު ފޭރި ގަންނަން މަސައްކަތް ކުރެއެވެ. ފޭރެން މަސައްކަތް ކުރި މީހުންގެ ތެރެއިން ބައެއް މީހުން ތިބީ ހެލްމެޓް އަޅާފައެވެ.

ވޭން ކައިރި ހުރި މީހަކަށް ހަމަލާ ދިނުމަށް ފަހު އެމީހުން އެ ފައިސާ ފޮށި ނެގީ ވޭން ތެރޭ އިން އަންހެނަކު އެ ވޭނުން ނެރެފައެވެ. އަދި އެ އަންހެން މީހާއާ ދިމާއަށް އެއްޗެއް ސްޕްރޭ ކުރާ މަންޒަރު ވީޑިއޯއިން ފެނެއެވެ. އެއަށް ފަހު، ފޮށިގަނޑު ނަގައިގެން ގެންދަން އުޅެނިކޮށް އެމީހާ ވެއްޓިފައި އޮއްވާ ބޭންކް އޮފް ސިލޯން އިމާރާތުން ނުކުތް ސެކިއުރިޓީ ގާޑު ފޭރޭ މީހުންގެ އަތުން ފޮށިގަނޑު އަތުލާ މަންޒަރު ފެނެއެވެ. އެހިސާބުން އެއީ ޕެޕަރ ސްޕްރޭ ކަމަށް އަޑުފެތުރެން ފަށާފައިވެއެވެ.

އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ރޫޓްގެ އިސް ބޭފުޅަކު ވިދާޅުވީ، ފޭރެން އުޅުނު މީހުން މުވައްޒަފުގެ ލޮލަށް ޖެހީ ޕެޕަރ ސްޕްރޭ ނޫން ކަމަށާއި، އެއީ އާދައިގެ ބޮޑީ ސްޕްރޭއެއް ކަމަށެވެ. އަދި ފޮށިގަނޑުގައި 4.2 މިލިއަން ރުފިޔާ ހުރިކަން ފާހަގަކޮށް ކުންފުނިން ބުނީ، ފޭރުމުގެ އެ ޢަމަލު ހުއްޓުވުމަށް މަސައްކަތް ކުރެއްވި ފަރާތްތަކަށް ޝުކުރު ޙައްޤު ކަމަށެވެ. ޚާއްސަ ގޮތެއްގައި ބޭންކް އޮފް ސިލޯން އިމާރާތުން ނުކުތް ސެކިއުރިޓީ ގާޑުގެ ވާހަކަ ކުންފުނިން ފާހަގަ ކުރިއެވެ.

މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކުރި ކަމެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި އެފަދަ މައުލޫމާތެއް ކުންފުންޏަށް ވެސް ލިބިފައިނުވާ ކަމަށް ރޫޓްއިން މައުލޫމާތު ދެއެވެ. މި މައްސަލަ ތަހުޤީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު