Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިފްލާސްވުމާއި އިފްލާސްކުރުމުގެ ބިލް

އިފްލާސްކުރުމުގެ ބިލާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ރާއްޖޭގެ ކޮމަރޝަލް ބޭންކުތަކަށް ދައުވަތު ދެނީ

ދަރަނީގެ ފައިސާ އަނބުރާ ނުހޯދުމުން ބެންކިންގ ނިޒާމަށް ލިބިގެންދާ ގެއްލުންތައް ހިއްސާކުރެއްވި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 26 އޮކްޓޯބަރު 2020 | ހޯމަ 08:10
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

އިިފްލާސްވުމާއި އިފްލާސްކުރުމުގެ ބިލާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ރާއްޖޭގެ ކޮމަރޝަލް ބޭންކުތަކަށް ދައުވަތު އެރުވުމަށް ވިސްނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި މި ބިލާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި އިންޓްރެސްޓް ރޭޓް މައްޗަށް ދަނީ ބޭންކުތަކުން ނަގާފައިވާ ދަރަނި އަނބުރާ ނުދައްކާތީ ކަމަށެވެ.

އެގޮތުން، ބޭންކުތަކަށް ދަރާފައިވާ ފަރާތްތަކުން ދަރަނި ނުދެއްކުމުން ރަހުނު ވިއްކާނުލެވުމުގެ ޝަކުވާ ރާއްޖޭގެ ކޮމަރޝަލް ބޭންކުތަކުން ކުރަމުން އަންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ހާއްސަ ކޮށް ރިސޯޓް ތަރައްގީ ކުރަން ދޫކޮށްފައިވާ ރަށްތަކާ ގުޅޭ މިފަދަ ގިނަ ލޯނުތަކެއް ހިމެނޭ ކަން ފާހަގަ ކުރެއްވިއެވެ.

މިހެން ނުދައްކާ ހުރި ލޯނުތަކާ ގުޅޭ ރަހުނުތައް ވިއްކާ ނުލެވި ގިނަ ދުވަސް ވުމާއި ގުޅިގެން، ބޭންކުތަކުގެ ރިސްކު ބޮޑުވެ، ބޭންކުން ނަގާ އިންޓްރެސްޓް ބޮޑު ކުރަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މި ލޯނުުތަކާއި ގުޅޭ ރަހުނުތައް ވިއްކާ ލެވޭނެ ގޮތް މެދުވެރިވެ ފައިސާތައް އަނބުރާ ލިބިއްޖެ ނަމަ، ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއަށް ގިނަ އަދަދެއްގެ ފައިސާ ވެއްދެން އެބައޮތް ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، ރާއްޖޭގައި ގިނަ އަދަދަކަށް ނަން ޕާފޯމިންގ އެކައުންޓްސް ހުރި މައްސަލަ ވެސް ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. އެގޮތުން އާންމު ކޮށް މި އަދަދު 7 އިންސައްތައިގައި ހުންނަ ޖެހޭ އިރު، ރާއްޖޭގައި ނަން ޕާފޯމިންގެ ބޭންކެ އެކައުންޓްސް އުޅެނީ 20 އިންސައްތައިގައި ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

އިފްލާސްކުރުމާއި އިފްލާސްކުރުމުގެ ބިލު ހުށައެޅިފައިވާ ގޮތުން، އިފްލާސްކުރަން ކަނޑައެޅިފައި ވަނީ ވަކިވަކި ޝަހުސުންނާއި އަމިއްލަ ވިޔަފާރި ކުރާ މީހުންގެ މައްޗަށް ކަމަށް ބަޔާން ކޮށްފައިވީ ނަމަވެސް، ކޯޓަކުން ބޭނުންވެއްޖެ ނަމަ ކުންފުންޏެއް އިފްލާސްކުރުމުގެ ކަންކަން ވެސް މި ގާނޫނުގެ ހަމަތަކުން ކުރިއަށް ގެންދެވޭނެއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު