Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓު: ދައުވާއަށް އިންކާރު ކުރާނަމަ ޚުލާސާ ބަޔާން އިއްވާތާ 30 ދުވަސްތެރޭ ޙުކުމް ކުރަނީ

އެގޮތަށް ކުރިއަށް ގެންދާނީ ދެ ޚަސްމުން އެއްބަސްވެ، ހެކިން ހާޒިރު ކޮށްދޭނެ ކަމުގެ ޔަޤީންކަން ދޭނަމަ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 25 އޮކްޓޯބަރު 2020 | އާދީއްތަ 12:09
ކްރިމިނަލް ކޯޓުން ކުރިއަށް ގެންދިޔަ މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމާ ގުޅޭ މައްސަލައެއް

ކްރިމިނަލް ކޯޓުން ކުރިއަށް ގެންދިޔަ މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމާ ގުޅޭ މައްސަލައެއް

ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް އަވަހަށް ނިންމުމަށްޓަކައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 142 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކުރާ "މެދު ނުކެނޑި ޝަރީއަތް ކޮށް ނިންމުން" (ކޮންޓިނިއަސް ހިއަރިންގ) މަފްހޫމްގެ ދަށުން ކޯޓުގެ މައްސަލަތައް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުގެ ގާޒީންގެ އާންމު މަޖިލީހުން ނިންމަވައިފިއެވެ.

އެކަމާ ގުޅޭގޮތުން އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު ބަޔާނެއްގައި ބުނީ، އިބްތިދާއީ އަޑުއެހުން ބޭއްވުމަށް ފަހު، ދައުވާ ލިބޭ ފަރާތާއި ދައުވާ ކުރާ ފަރާތާ މަޝްވަރާ ކުރުމަށް ފަހު، ޝަރީއަތުގެ އަޑުއެހުންތައް ބާއްވާނެ ދުވަހެއް ތާވަލު ކުރާނެ ކަމަށެވެ. އަދި ދެ ޚަސްމުން އެއްބަސްވެ، ހެކިން ހާޒިރު ކޮށްދޭނެ ކަމުގެ ޔަޤީންކަން ދޭނަމަ، ޝަރީއަތުގެ އަޑުއެހުން މެދުނުކެނޑި (ކޮންޓިނިއަސް ހިއަރިންގ) އެއް ގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުން ބުނީ، މެދުނުކެނޑި ޝަރީއަތް ހިންގާ އިރު، ދައުވާއަށް އިއުތިރާފްވާ މައްސަލަތަކުގައި 5 ދުވަސް ތެރޭގައި ޙުކުމްކޮށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. އެގޮތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދައުވާލިބޭ ފަރާތަށް ލިއެކިއުންތައް ޙަވާލު ކުރުމަށް ފަހު މައްސަލައިގައި އަޑުއެހުމެއް ބާއްވާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ. އަދި އެއަށް ފަހު ދައުވާލިބޭ ފަރާތުން ދައުވާއާ މެދު ޖަވާބުދާރީވާ ގޮތެއް ބެލުމަށް ފަހު، އިއުތިރާފްވާ މައްސަލަތައް އަވަސް ނިޔާއަށް ފޮނުވައި ގިނަވެގެން 5 ދުވަސް ތެރޭގައި އެފަދަ މައްސަލަތަކުގައި ޙުކުމްކޮށް ނިންމޭނެ ކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތު ދެއެވެ.

ދައުވާއަށް އިންކާރު ކުރާ މައްސަލަތަކާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން ބުނީ، ދެ ފަރާތަށް ވެސް ހެކި ހާމަ ކުރުމަށް ފުރުސަތު ދިނުމަށް ފަހު، ހުށައެޅިފައިވާ ހެކިންގެ ނިސްބަތަށް ބަލައި، މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގާޒީ ގޮތެއް ނިންމަވާނެ ކަމަށެވެ. އަދި އެފަދަ މައްސަލަތަކުގައި ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުމެއް އޮތްނަމަ، އެކަމަށް ފުުރުސަތު ދޭނެ ކަމަށް ކޯޓުން މައުލޫމާތު ދެއެވެ.

ކޯޓުން ބުނީ، ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުމަކަށް ފުރުސަތު ދިނުމަށް ފަހު، ދައުވާ ކުރިއަށް ގެންދިއުމަށް އިތުރު ސަބަބެއް ނެތްނަމަ، ދެން މައްސަލައިގައި ކުރިއަށް ދާނީ ހެކިންގެ ހެކިބަސް ނެގުން ކަމަށެވެ. އަދި އެގޮތަށް ދެ ފަރާތުން އެއްބަސްވާނަމަ ހެކިންގެ ހެކިބަސް ނެގުން އެއް ދުވަހެއްގައި މެދުނުކެނޑި ކުރިއަށް ގެންދާ އެއް އަޑުއެހުމެއް ގޮތުގައި ކުރިއަށް ދާނެ ކަމަށާއި، އެއް ޝަރީއަތެއްގައި ދައުލަތާއި ދިފާއުގެ ހެކިބަސް ވެސް ނެގޭނެ ކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން، ހެނދުނު ހެކިބަސް ނަގަން ފަށާ ގޮތަށް، އަޑުއެހުން ދިގުލައިގެން ދާނަމަ، މެންދުރު ކުޑަ ވަގުތު ކޮޅަކަށް މެދުކެނޑުމަށް ފަހު، އަނެއްކާ ވެސް އެ ދުވަހު ހެކިބަސް ނެގުން ކުރިއަށް ދާނެކަން ފާހަގަ ކޮށް ކޯޓުން ބުނީ، ރަސްމީ ވަގުތު ނިމުމަށް ފަހު ވެސް ގިނަ ހެކިވެރިން ތިބިނަމަ، ޖެހިގެން އަންނަ ދުވަހު ހެކިބަސް ނެގުން ކުރިއަށް ދާނެ ކަމަށެވެ. އަދި އެއަށް ފަހު، ދެ ފަރާތުން އިންކާރު ނުކުރާނަމަ ހަމަ އެ ދުވަހު ދެ ފަރާތުގެ ޚުލާސާ ބަޔާން އިއްވުމަށް ފުރުސަތު ދެއްވައި، މައްސަލައިގެ އަޑުއެހުންތައް ނިންމެވިކަން ގާޒީ އިއުލާނު ކުރައްވާނެ ކަމަށް ވެސް ކޯޓުން މައުލޫމާތު ދެއެވެ. އަދި އެއަށް ފަހު ލަސްވެގެން 30 ދުވަސް ތެރޭގައި މި ބާވަތުގެ މައްސަލަތަކުގައި ޙުކުމް ކުރާނެ ކަމަށް ވެސް ކޯޓުން ބުނެފައި ވެއެވެ.

މި މަފްހޫމުގެ ދަށުން ކްރިމިނަލް ކޯޓުން ވަނީ މެދު ނުކެނޑި ހިނގާ ޝަރީއަތްތައް ކުރިއަށް ގެންދަން ފަށާފައެވެ. އެގޮތުން އޮޅުވާލައިގެން "ގްރޫމް" ކޮށްގެން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި 8 ގަޑިއިރު ވަންދެން ޝަރީއަތް ކުރިއަށް ގެންގޮސް، 14 ހެކިންގެ ހެކިބަސް ނަގާފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު