Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލެއިން ކަރަންޓު ކެނޑުން

ކަރަންޓު ކެނޑުނީ ހުރިހާ ޖެނެރޭޓަރެއް ޝަޓްޑައުން ވެގެން: މުޣުނީ

ވަރަށް މަދުން ނޫނީ މިފަދަ މައްސަލަ ދިމާނުވޭ: ސްޓެލްކޯ އެމްޑީ

އަލީ ސަމާޚް
އަލީ ސަމާޚް | 25 އޮކްޓޯބަރު 2020 | އާދީއްތަ 08:22
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ މުޢުނީ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ މުޢުނީ

ހުކުރު ދުވަހު މުޅި މާލެއިން ކަރަންޓު ކެނޑެން ދިމާވި ސަބަބަކީ، ނެޓްވޯކްގެ މައި ކޭބަލް އަކަށް ދިމާވި މައްސަލައަކާއި ގުޅިގެން އޮޓޮމެޓިކުން ހުރިހާ ހުރިހާ ޖެނެރޭޓަރުތައް ކެނޑުމުން ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޢުނީ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ހޮނިހިރު ދުވަހުގެރޭ ވާހަކަ ދައްކަވަމުން މުޢުނީ ވިދާޅުވީ، ކޭބަލަށް މައްސަލައެއް ދިމާވެއްޖެއްޔާ ޖެނެރޭޓަރުތައް އާއްމު ކޮށް ވެސް ކެނޑޭނެ ކަމަށެވެ. ނަމަވެސް އެއީ މަދު ހާލަތެއްގައި ނޫނީ ދިމާނުވަ ކަމެއް ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ، ކަރަންޓު ކެނޑުނު ހިސާބުން ފެށިގެން މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރިޔަށް ދަނިކޮށް އަނެއްކާ ވެސް ދެވަނަ ފަހަރަށް ޖަނަރޭޓަރު ނިވުނު ކަމަށެވެ. ކަރަންޓު ފޯރުކޮށް ދިނުމުގައި ލަސްތަކެއް ދިމާވި އެންމެ ބޮޑު ސަބަބަކީ ދެވަނަ ފަހަރަށް ޖެނެރޭޓަރުތައް ކެނޑިގެން ދިޔުމުން ކަމަށް ވިދާޅުވިއެވެ.

މުޣުނީ ވިދާޅުވީ، ކަރަންޓު ކެނޑުން ފަދަ ހާދިސާއެއް ދިމާވިޔަ ނުދޭނެ ގޮތަށް މަސައްކަތް އަބަދު ވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން މައިގަނޑު ދެ ބަޔަކަށް މަސައްކަތްތައް ވަނީ ބެހިފައެވެ. އެއީ ހަކަތަ އުފެއްދުމާއި، ޑިސްޓްރިބިއުޓް ކުރުން އަދި ނެޓްވޯކެއް ބޭނުން ކޮށްގެން ކަސްޓަމަރުންނަށް ހިދުމަތް ދިނުމެވެ.

އެ ދެ ބަޔަށް ވެސް އެއް ބަޔަކަށް މައްސަލަ ޖެހިއްޖެ ނަމަ ހިދުމަތް ދިނުމުގައި ބުރޫތަކެއް އަރާ ކަމަށް ވިދާޅުވިއެވެ، ނަމަވެސް ދެބައި މެއިންޓެއިން ކުރުމުގެ މަސައްކަތް 24 ގަޑިއިރު ކުރިޔަށް ގެންދާކަން މުޣުނީ ވަނީ ފާހަގަކުރައްވާފައެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ކަންނެލި މަސް ދޯންޏެއް ޚަބަރެއް ނުވެގެން ހޯދަނީ

24 ފެބުރުއަރީ 2017
ކަންނެލި މަސް ދޯންޏެއް ޚަބަރެއް ނުވެގެން ހޯދަނީ
16 ފެބުރުއަރީ 2017

ޑައިވިނަށް ދިޔަ ދިވެއްސެއްގެ ޚަބަރެއް ނުވެގެން ކޯސްޓް ގާޑުން ހޯދަން ފަށައިފި

16 ފެބުރުއަރީ 2017
ޑައިވިނަށް ދިޔަ ދިވެއްސެއްގެ ޚަބަރެއް ނުވެގެން ކޯސްޓް ގާޑުން ހޯދަން ފަށައިފި
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
11 ފެބުރުއަރީ 2017

ހިތަދޫ ފެނަކަ ބްރާންޗުގެ ޓެކްނީޝަން ކަރަންޓުގައި ޖެހި، އައިސީޔޫގައި ފައުވާދެނީ

11 ފެބުރުއަރީ 2017
ހިތަދޫ ފެނަކަ ބްރާންޗުގެ ޓެކްނީޝަން ކަރަންޓުގައި ޖެހި، އައިސީޔޫގައި ފައުވާދެނީ
07 ފެބުރުއަރީ 2017

ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

07 ފެބުރުއަރީ 2017
ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު