Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިދޭސީ މަސައްކަތްތެރިންގެ ކްލަސްޓަރ

ހުޅުމާލެ ދެވަނަ ފިޔަވަހިން ފެނުނު ބިދޭސީ ކްލަސްޓަރގެ ކޭސްތައް 72 އަށް

ބުދަ ދުވަހު އެތަނުން ރޭންޑަމް ސާމްޕަލްގެ ގޮތުގައި 60 ސާމްޕަލް ނެގުނުއިރު އެތަނުން 32 މީހަކު ޕޮޒިޓިވްވެފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 24 އޮކްޓޯބަރު 2020 | ހޮނިހިރު 23:16
ހުޅުމާލެ ފޭސް ޓޫ

ހުޅުމާލެ ފޭސް ޓޫ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަސަައްކަތް ކުރަމުން ދިޔަ ބިދޭސީން ތަކެއް ތިބި ތަނަކުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 72 އަށް އަރައިފިއެވެ.

މިކަމާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މިއީ ވޭތުވެ ދިޔަ ހަފްތާގައި ފެނުނު ކޭސްތަކެއް ކަމަށެވެ. އަދި އެ މީހުން ދިރިއުޅޭ ތަނުން މިހާރު ވަދެނިކުމެ ނޫޅެވޭ ގޮތަށް ބަންދުކޮށްފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު އެތަނުން ރޭންޑަމް ސާމްޕަލްގެ ގޮތުގައި 60 ސާމްޕަލް ނެގުނު އިރު، އޭގެ ތެރެއިން 32 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި ހުކުރު ދުވަހު ނެގި ސާމްޕަލްތަކުގެ ތެރެއިން 4 މީހަކު ޕޮޒިޓިވް ވެފައިވާ އިރު، ހޮނިހިރު ދުވަހު ނެގި ސާމްޕަލްތަކުގެ ތެރެއިން 2 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑް-19 ފެތުރުނު ފެށި އިރު، މި ބަލި ގިނައިން ފެނުނީ ބިދޭސީންގެ ތެރެއިންނެވެ. ވަކިން ޚާއްސަކޮށް ތޮއް ޖެހިގެން ބިދޭސީން ދިރިއުޅެމުން ދިޔަ ތަންތަނުގައި ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

އެއާއެކު ކަމާބެހޭ ފަރާތްތަކުން ވަނީ އެމީހުންނަށް އެތަންތަނުން ނުނިކުމެވޭނެ ގޮތަށް ބަންދު ކޮށް، ބައެއް ބިދޭސީން އެއަށްވުރެ ރައްކާތެރި ތަންތަނަށް ބަދަލު ކޮށްފައެވެ. އެގޮތުން ބިދޭސީންނަށް ޚާއްސަކޮށް ވަކިން އެކޮމޮޑޭޝަން ބްލޮކްތަކެއް ހުޅުމާލޭގެ އިތުރުން ގުޅީފަޅުގައި ވެސް ސަރުކާރުން ގާއިމު ކުރިއެވެ.

ލޮކްޑައުންއަށް ދިން ލުއިތަކާއެކު ވައިރަސްއަށް ޕޮޒިޓިވްވާ ދިވެހިންގެ އަދަދު އިތުރުވިއެވެ. ނަމަވެސް މި ފަހަކުން އަނެއްކާ ވެސް ޕޮޒިޓިވްވާ ދިވެހިންނަށް ވުރެ ބިދޭސީންގެ އަދަދު ވަނީ އިތުރުވެފައެވެ. ރާއްޖެއިން ޕޮޒިޓިވްވި ބިދޭސީންގެ ތެރޭގައި ގިނައީ ބަންގްލަދޭޝް ރައްޔިތުންނެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

18 ފެބުރުއަރީ 2017
ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ
06 ފެބުރުއަރީ 2017

ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

06 ފެބުރުއަރީ 2017
ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު