Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދިވެހިރާއްޖޭގެ ތަފާސް ހިސާބުގެ ބިލު

އައު މުއައްސަސާއެއް ނުއުފައްދާ އެންބީއެސްގެ ނަން ބަދަލު ކުރަން މަޝްވަރާ ކޮށްފި

މިގޮތަށް މަޝްވަރާ ކުރެވެނީ ދައުލަތުގެ ހަރަދުކުޑަކުރުމުގެ ގޮތުން

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 24 އޮކްޓޯބަރު 2020 | ހޮނިހިރު 08:28
ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީ: ކަމާ ބެހޭ އިދާރާތަކާއި އެކު މަޝްވަރާކުރަނީ

ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީ: ކަމާ ބެހޭ އިދާރާތަކާއި އެކު މަޝްވަރާކުރަނީ

ދިވެހިރާއްޖޭގެ ތަފާސް ހިސާބުގެ ގާނޫނުގެ ދަށުން އައު މުއައްސަސާއެއް އުފެއްދުމުގެ ބަދަލުގައި މިހާރު އޮތް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ނަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަށް ބަދަލުކުރުމަށް މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި މަޝްވަރާކޮށްފިއެވެ.

މިގޮތަށް މަޝްވަރާ ކުރެވެމުން ދަނީ އިތުރު މުއައްސަސާއެއް އުފައްދައިފި ނަމަ ހަރަދު ބޮޑު ވެދާނެ ކަމަށް ބެލެވޭތީއެވެ. ސަރުކާރުން ވަނީ ކޮވިޑާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އައި ހީނަރު ކަމާއި ގުޅިގެން ހަރަދުތައް ކުޑަކުރަން ނިންމާފައެވެ.

Advertisement - newsAdvertisement

އެގޮތުން ކޮމިޓީގެ މުގައްރިރު އަދި ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ މި ބިލު ކޮމިޓީއަށް ލިބުނު އިރު ބިލުގައި ވަނީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ނަމުގައި ވަކި މިނިވަން މުއައްސަސާއެއް އުފެއްދުމަށް ކަމަށެވެ.

އެހެން ނަމަވެސް، ސަރުކާރުގެ ހަރަދު ކުޑަ ކުރުމުގެ ސިޔާސަތުގެ ދަށުން އެ މަސައްކަތާއި ގުޅުން ހުރި މިނިސްޓްރީއެއްގެ ދަށުން ޔުނިޓެއްގެ ގޮތުގައި ގާއިމު ކުރުމަކީ މިހާރު އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް ސަރުވަޝް އާދަމް ވިދާޅުވީ ކުރިއަށް އޮތް އަހަރަކީ ދައުލަތަށް މާލީ ގޮތުން ވަރަށް ދަތި އަހަރެއް ކަމަށާއި އެހެން ކަމުން ހަރަދު ކުޑަ ކުރެވޭނެ ގޮތަކަށް ބިލު ފަރުމާ ކުރެވިގެން ދިއުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

ތަފާސް ހިސާބުގެ ބިލުގައިވާ ގޮތުން މި ބިއުރޯގެ މަސްއޫލިއްޔަތަކީ ދިމިގްރާތި މުޖުތަމައެއް ތަރައްގީ ކުރުމުގައި ލާޒިމު ވަސީލަތެއް ކަމަށް ބަލައި ދިވެހިރާއްޖޭގެ އިގްތިސާދީ، އިޖުތިމާއީ އަދި ތިމާވެއްޓާއި އާބާދީއާ ބެހޭ ތަފާސް ހިސާބުގެ އަލީގައި ގައުމުގެ ހާލަތު ވަޒަންކުރުމަށް އެހީތެރިވެ ދިނުމުގެ ގޮތުން ތަފާސް ހިސާބު އެކުލަވާލާ، ފަސޭހައިން ބޭނުން ހިފޭނެ ގޮތަކަށް އެ މައުލޫމާތު ވަކި ފަރާތަކަށް ނުޖެހި އެއް ހަމައެއްގައި އާއްމުކޮށް ފޯރު ކޮށްދިނުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު