Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކޮވިޑް-19 ރާއްޖޭގެ ހާލަތު

ކޮވިޑްގެ އަދާހަމަ: ޕޮޒިޓިވްވީ 33 މީހުން، އެކްޓިވް ކޭސްތައް 919 އަށް

24 މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 23 އޮކްޓޯބަރު 2020 | ހުކުރު 17:25
ކޮވިޑް-19 އަށް ފަރުވާ ދިނުމުގެ ތެރެއިން

ކޮވިޑް-19 އަށް ފަރުވާ ދިނުމުގެ ތެރެއިން

ކޮވިޑް-19 އަށް އިތުރު 33 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ އަންގާރަ ދުވަހުގެ އިރުއޮއްސި 6:00 އިން ބުދަ ދުވަހުގެ އިރުއޮއްސި 6:00 ގެ ނިޔަލަށް ޕޮޒިޓިވްވީ މީހުންގެ ތެރެއިން 20 މީހުންނަކީ ދިވެހިންނެވެ. އަނެއް 13 މީހުންނަކީ އެކި ގައުމުތަކަށް ނިސްބަވްތާ މީހުންނެވެ.

Advertisement - newsAdvertisement

އެންމެ ފަހުން ފެނުނު ކޭސްތަކުގެ ތެރެއިން 24 މީހަކު ދިރިއުޅެމުން އަންނަނީ ގްރޭޓަރ މާލެ ސަރަހައްދުގައެވެ. އަދި އަނެއް ނުވަ މީހުންނަކީ އަތޮޅު ތެރޭގެ ރަށްތަކާއި ރިސޯޓްތަކުގައި ދިރިއުޅެމުން އަންނަ މީހުންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 919 އެކްޓިވް ކޭސް ހިމެނެއެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 329 މީހުން ތިބި އިރު 38 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އަދި ފާއިތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި 1570 ސާމްޕަލެއްގައި ނަގާ ވަނީ ޓެސްޓު ކޮށްފައެވެ.

މިހާތަނަށް ރާއްޖޭގައި ޖުމްލަ 11،391 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، 10،428 މީހުންގެ ބަލި ވަނީ ފަސޭހަވެފައެވެ. ބަލީގައި ނިޔާވެފައި ވަނީ 37 މީހުންނެވެ.

މި ވަގުތުގެ އެކްޓިވް ކޭސްތައް ބަލާ އިރު 21 ރަށަކުން، 23 ރިސޯޓެއްގައި މި ބަލީގެ އެކްޓިކް ކޭސްތައް އެބަހުއްޓެވެ. އަދި ރިސޯޓުތަކުގައި މަސައްކަތް ކުރާ 34 މުވައްޒަފުން ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު، 22 ފަތުރުވެރިން ވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

ކޮވިޑް-19 ގެ ކޭސްތައް މަދުވި ކަމުގައިވީ ނަމަވެސް ބަލީގެ ނުރައްކާ ކުޑަ ނުވާ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވަނީ ބުނެފައެވެ. އެހެން ކަމުން ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުރައިގެން ދިޔަ މީހާ ޕޮޒިޓިވްވީ މި މަހުގެ 6 ވަނަ ދުވަހު: މަބްރޫކް

ފުރައިގެން ދިޔަ މީހާ ޕޮޒިޓިވްވީ މި މަހުގެ 6 ވަނަ ދުވަހު: މަބްރޫކް

07 އެޕްރީލު 2020
ޔޫއޭއީގައި ޕޮޒިޓިވްވީ ދިވެއްސެއްކަން ކަށަވަރު ނުވޭ

ޔޫއޭއީގައި ޕޮޒިޓިވްވީ ދިވެއްސެއްކަން ކަށަވަރު ނުވޭ

28 މާރިޗު 2020
ކޮވިޑް-19: އިތުރު ކޭސްތައް މަދުވީ ޑޮކްޓަރުންގެ ބުރަ މަސައްކަތުން

ކޮވިޑް-19: އިތުރު ކޭސްތައް މަދުވީ ޑޮކްޓަރުންގެ ބުރަ މަސައްކަތުން

26 މާރިޗު 2020
ކޮވިޑް-19 އަށް ޕޮޒިޓިވްވީ 13 މީހުންގެ ތެރެއިން ދެ މީހަކު ބައްޔަށް ނެގެޓިވް

ކޮވިޑް-19 އަށް ޕޮޒިޓިވްވީ 13 މީހުންގެ ތެރެއިން ދެ މީހަކު ބައްޔަށް ނެގެޓިވް

20 މާރިޗު 2020
ކޮވިޑް-19: ކުޅުދުއްފުށީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު އަދާހަމަކުރުމުގެ މަސައްކަތް ފަށައިފި

ކޮވިޑް-19: ކުޅުދުއްފުށީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު އަދާހަމަކުރުމުގެ މަސައްކަތް ފަށައިފި

20 މާރިޗު 2020

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު