Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެމްއެމްއޭގެ ބިޒްނަސް ސާވޭ

ވިޔަފާރި ހިންގުމަށް ގަންނަ ތަކެތީގެ އަގުތައް އުފުލިއްޖެ: އެމްއެމްއޭ

23 އޮކްޓޯބަރު 2020 | ހުކުރު 17:37

މާލީ ހާލަތު ވަނީ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު އިތުރަށް ހީނަރުވެފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 23 އޮކްޓޯބަރު 2020 | ހުކުރު 17:37
އެހެން ސިނާއަތްތަކުގެ އަގުތައް މަތިވެގެންދާނެކަމަށް ވަނީ އަންދާޒާކޮށްފައި

އެހެން ސިނާއަތްތަކުގެ އަގުތައް މަތިވެގެންދާނެކަމަށް ވަނީ އަންދާޒާކޮށްފައި

2020 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ފަތުރުވެރިކަން، އިމާރާތްކުރުމާއި ހޯލްސޭލް އަދި ރީޓެއިލްގެ ސިނާއަތްތަކުގައި ހިމެނޭ ވިޔަފާރިތަކުން ވިއްކާ ތަކެއްޗާއި ޚިދުމަތުގެ އަގުތަކާއި އަދި ވިޔަފާރި ހިންގުމަށް ގަންނަ ތަކެތީގެ އަގުތައް މަތިވެފައި ވާކަން ރިޕޯޓު ކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

2013 ވަނަ އަހަރުން ފެށިގެން އެމްއެމްއޭއިން ކުރިއަށްގެންދާ ބިޒްނަސް ސާވޭއިން ދައްކާ ގޮތުން ދަތުރުފަތުރާއި މުއާސަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ވިޔަފާރިތަކަށް ބަލާއިރު، އެ ސިނާއަތުގައި ހިމެނޭ ވިޔަފާރިތަކުން ވިއްކާ ތަކެއްޗާއި ޚިދުމަތުގެ އަގުތައް ދަށްވެފައިވީ ނަމަވެސް، ވިޔަފާރި ހިންގުމަށް ގަންނަ ތަކެތީގެ އަގުތައް ވަނީ މަތިވެފައެވެ. އަދި މި އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި އިމާރާތް ކުރުމުގެ ސިނާއަތުގެ އަގުތައް ފިޔަވައި އެހެން ސިނާއަތްތަކުގެ އަގުތައް އިތުރަށް މަތިވެގެން ދާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

މި ސާވޭގައި ފާހަގަ ކޮށްފައިވާ ގޮތުގައި މި ދަނޑިވަޅަކީ، ކޯވިޑް-19 ބަލިމަޑުކަމުގެ ހާލަތާއި ރާއްޖޭގެ އިގްތިސާދީ ހާލަތައް ވެގެންދާނެ ގޮތް ލަފާކުރަން ދަތި ދަނޑިވަޅެއް ކަމުގައިވީ ނަމަވެސް، 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ހުރިހާ ސިނާއަތްތަކުގެ އާމްދަނީ، އިތުރު ވާނެއެވެ.

މީގެ މައިގަނޑު ސަބަބަކީ މި އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ދާއިރާގެ ރިސޯޓުތަކުގެ ބުކިންގްސް ނުވަތަ ރިޒަވޭޝަންތައް އިތުރު ވާނެ ކަމަށް އަންދާޒާ ކޮށްފައި ވުމާއި، މިއާއި ގުޅިގެން ސިނާއަތްތަކުގެ އޯޑަރުތަކާއި އާމްދަނީ ލިބޭ ވަސީލަތްތައް އިތުރު ވާނެތީއެވެ.

ވިޔަފާރިތަކުގެ މާލީ ހާލަތަށް ބަލާއިރު، 2020 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތައް ފިޔަވައި، އެހެން ސިނާއަތްތަކުގައި ހިމެނޭ ވިޔަފާރިތަކުގެ މާލީ ހާލަތު ވަނީ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު އިތުރަށް ހީނަރުވެފައެވެ.

އެގޮތުން، އިމާރާތްކުރުމުގެ ސިނާއަތުގައި ހިމެނޭ ވިޔަފާރިތަކުގެ މާލީ ހާލާތު މި ކުއާޓަރުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ އިރު، ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކުގެ މާލީ ހާލަތު ގޯސްވެފައިވާ މިންވަރު، އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ވަނީ މަޑުޖެހިފައެވެ.

އެހެންނަމަވެސް، ކުރިއަށް އޮތް ކުއާޓަރުގައި ފަތުރުވެރިކަމާއި ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގެ ވިޔަފާރިތަކުގެ މާލީ ހާލަތު ފާހަގަކޮށްލެވޭ މިންވަރަކަށް ރަނގަޅު ވެގެން ދާނެ ކަމަށް ވަނީ އެމްއެމްއޭއިން ލަފާ ކުރެއެވެ.

2020 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ހުރިހާ ސިނާއަތެއްގެ ވިޔަފާރިތަކަށް، ހާއްސަ ގޮތެއްގައި ފަތުރުވެރިކަމާއި އިމާރާތް ކުރުމުގެ ސިނާއަތްތަކުގައި ހިމެނޭ ވިޔަފާރިތަކަށް، ކްރެޑިޓްގެ ގޮތުގައި ފައިސާ ހޯދުމަށް އިތުރަށް ދަތިވެފައި ވާކަން މި ސާރވޭގައި ވަނީ ފާހަގަކޮށްފައެވެ. އަދި ކުރިއަށް އޮތް ކުއާޓަރުގައި، ސާވޭގައި ބައިވެރިވި ހުރިހާ ސިނާއަތެއްގެ ވިޔަފާރިތަކުން ވެސް ލަފާކޮށްފައި ވަނީ ކްރެޑިޓްގެ ގޮތުގައި ފައިސާ ހޯދުމަށް އިތުރަށް ދަތިވާނެ ކަމުގައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

01 ޖޫން 2017

ފަތެއް ނެތް، ލިބެން ހުރި ފަތުގެ ބާވަތްތަކުގެ އަގުތައް އެހާ މަތީގަ!

01 ޖޫން 2017
ފަތެއް ނެތް، ލިބެން ހުރި ފަތުގެ ބާވަތްތަކުގެ އަގުތައް އެހާ މަތީގަ!
28 މެއި 2017

ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި

28 މެއި 2017
ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި
17 މެއި 2017

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން
18 އެޕްރީލު 2017

އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ

18 އެޕްރީލު 2017
އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ
13 އެޕްރީލު 2017

ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްއާ ގުޅޭ ޖޫރިމަނާތައް މީރާއިން މަޢާފް ކުރަނީ!

13 އެޕްރީލު 2017
ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްއާ ގުޅޭ ޖޫރިމަނާތައް މީރާއިން މަޢާފް ކުރަނީ!
31 މާރިޗު 2017

ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

31 މާރިޗު 2017
ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު
17 މާރިޗު 2017

ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި

17 މާރިޗު 2017
ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި
16 މާރިޗު 2017

ޗުއްޓީއާ ދިމާކޮށް ބޭރަށް ފުރާއިރު ޑޮލަރު ގަންނަ އިރު އޮންލައިންކޮށް ބުކިން ހެއްދޭކަން ބީއެމްއެލް އިން ހަނދާންކޮށްދީފި

16 މާރިޗު 2017
ޗުއްޓީއާ ދިމާކޮށް ބޭރަށް ފުރާއިރު ޑޮލަރު ގަންނަ އިރު އޮންލައިންކޮށް ބުކިން ހެއްދޭކަން ބީއެމްއެލް އިން ހަނދާންކޮށްދީފި
09 މާރިޗު 2017

މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

09 މާރިޗު 2017
މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް