Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަސްދޫގައި ފެެނުގެ ނިޒާމް ޤާއިމްކުރުން

ރަސްދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިފި

މި މަޝްރޫއަކީ 30 މިލިއަން ރުފިޔާގެ މަޝްރޫއެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 23 އޮކްޓޯބަރު 2020 | ހުކުރު 10:37
ރަސްދޫގައި ފެންޕްލާންޓް

ރަސްދޫގައި ފެންޕްލާންޓް

ރަސްދޫގައި ފެންޕްލާންޓެއް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ނިންމާލައިފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ރާއްޖެ ޓީވީގެ ފަަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މާލެ ވޯޓަރ އެންޑް ސީވެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ 22 އޮކްޓޯބަރ އެއީ އެކުންފުންޏަށް ވަރަށް ކާމިޔާބު އަދި ތާރީހީ ދުވަހެއްކަމަށެވެ. އެއީ އއ. ރަސްދޫގައި ފެން ޕްލާންޓެއް ގާއިމްކޮށް ކޮމިޝަން (ޓެސްޓް) ކުރުމުގެ މަސައްކަތް ވަރަށް ކާމިޔާބު ކަމާއެކު ނިންމާލެވިފައިވާތީކަމަށް ޝާހް ވިދާޅުވި އެވެ.

ފެންޕްލާންޓް ކޮމިޝަން ކުރުމުގެ މި ހަރަކާތުގައި އެމްޑަބްލިއުއެސްސީގެ ޗެއާޕާސަން އާއި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ އިތުރުން ސްޓެލަކޯގެ ބައެއް ބޭފުޅުންވެސް ބައިވެރިވެ ވަޑައިގަންނަވާފައިވާ ކަމަށް ޝަހް ވިދާޅުވިއެވެ.

ރަސްދޫއަކީ ފެން ފަށަލަ ތަގައްޔަރުވެފައިވާ ރަށެށްކަމުން އެރަށު ރައްޔިތުންގެ ވަރަށް ގިނަ ޝަކުވާތަކެއް ލިބޭކަމަށް ޝާހު ވިދާޅުވި އެވެ.

ފެންޕްލާންޓް ޓެސްޓުކުރުމުގެ ހުރިހާ ކަމެއް ނިމިފައިވުމާއެކު ދެން ކުރިޔަށްދާނީ ޕްލޭނިންގ މިނިސްޓްރީއާއި ހަވާލު ކުރުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ. އަދި އެތަން އޮޕޮރޭޓް ކުރުމަށް ހަވާލު ކުރާނީ ސްޓެލްކޯއަށް ކަމަށް ޝާހް ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއަކީ 30 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް ވިދާޅުވިއެވެ. އަދި މިފެން ޕްލާންޓާއެކު ރަށުގައި 6288 މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް އަޅައިފައިވާނޭ ކަމަށާއި އަދި ރަށުގެ 297 ގެއެއްގައި ފެން މީޓަރު ބަހައްޓައި ގެތަކަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފައި ކަމަށް ވިދާޅުވިއެވެ.

ފެން ޑީސެލިނޭޓް ކުރުުމުގެ 2 ޕްލާންޓް މިހާރުވެސް ރަސްދޫގައި ހުރެއެވެ. ޝާހު އިތުރަށް ވިދާޅުވީ ޕްލާންޓް ގާއިމްކޮށްފައިވީ ނަމަވެސް ފެނުގެ ޑިމާންޑް ހުރިވަރެއް އިގޭނީ ފެން ބޭނުން ކުރަން ފެށުމުން ކަމަށެވެ.

ވާރޭފެން ރައްކާކުރުމަށްޓަކައި 703 ޓަނުގެ އެއް ތާނގީ އާއި 263 ޓަނުގެ ފެން ރައްކާ ކުރެވޭ އިތުރު ދެ ތާނގީއެއް ބަހައްޓައިފައިވެއެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް