Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެނާއި ނަރުދަމާގެ މައްސަލަ

މާލޭގައި ފެނާއި ނަރުދަމާގެ މައްސަލަ ދިމާ ވަނީ އާބާދީއަށް ނުކަތާތީ: އެމްޑަބްލިއުއެސްސީ

23 އޮކްޓޯބަރު 2020 | ހުކުރު 00:30

ނަރުދަމާގެ ނިޒާމް ޤާއިމް ކޮށްފައި ވަނީ 50،000 މީހުންގެ އާބާދީއެއް ކަމަށް ބަލައިގެން ކަމަށް ވިދާޅުވި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 23 އޮކްޓޯބަރު 2020 | ހުކުރު 00:30
މާލޭ ސިޓީގެ މަގެއްގެ މަތީގައި ފެން ބޮޑުވެފައި. ބޯކޮށް ވާރޭ ވެހޭ ކޮންމެ ފަހަރަކު މާލޭގެ މަގުތަކުގައި ފެން ބޮޑުވޭ

މާލޭ ސިޓީގެ މަގެއްގެ މަތީގައި ފެން ބޮޑުވެފައި. ބޯކޮށް ވާރޭ ވެހޭ ކޮންމެ ފަހަރަކު މާލޭގެ މަގުތަކުގައި ފެން ބޮޑުވޭ

މާލޭ ސިޓީގައި ފެނާއި ނަރުދަމާގެ މައްސަލަ ދިމާވަނީ އާބާދީއަށް ނުކަތާތީ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ މާލޭގެ ނަރުދަމާގެ ނިޒާމް ޤާއިމްކޮށްފައި ވަނީ 50،000 މީހުންގެ އަބާދީއެއް އޮންނާނެ ކަމަށް ބަލައިގެން ނަމަވެސް، މާލޭގައި 200،000 އެއްހާ މީހުން ދިރިއުޅޭ ކަމަށެވެ. އެހެން ކަމުން މި ނިޒާމް މިއޮތީ މާ ބޮޑު ތަނުން ވެސް މާލެއަށް ކުޑަވެފައި ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެކަމުގެ ސަބަބުން ކޮންމެ ވަގުތެއްގައި ވެސް ސިއްޚީ ނުރައްކަލެއް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެކަމަށްޓަކައި އެ ކުންފުނީގެ އިމަަރޖެންސީ ޓީމް އަބަދު ވެސް ތިބެނީ ތައްޔާރަށް ކަމަށް ވިދާޅުވިއެވެ. އަދި މިހާރު ނަރުދަމާގެ މައްސަލަތައް މަދީ ވެސް، އެ ފަރާތްތަކުގެ ބުރަ މަސައްކަތުން ކަން ފާހަގަ ކުރައްވާ ޝާހު ވަނީ އެ މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މާލޭގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް އިތުރަށް ތަފްސީލު ކޮށް ދެއްވަމުން ޝާހު ވިދާޅުވީ،ނަރުދަމާ ނިޒާމުގައި ބޭނުން ކޮށްފައި ހުރި ޔޫޕީވީސީ ހޮޅިތައް މުރަނަ ވެފައި ހުރުމުގެ ސަބަބުން ޕަމްޕް ބަދަލު ކޮށްފައި ޖެއްސުމުން ހޮޅިތައް ފަޅައިގެން ދާ ކަމަށެވެ. އެހެން ކަމުން މަސައްކަތް ކުރަން ޖެހެނީ ސަރަހައްދު އެއްކޮށް ކޮނެގެން ކަމަށް ވިދާޅުވިއެވެ.

އެ މަސައްކަތް ކުރަން ބަލާ އިރު، ހޮޅި ބަދަލު ކުރުމުގެ މަސައްކަތް ކުރަން ޖެހެނީ މާލޭގައި ބާރު ބޮޑު ހިސާބުތަކުގައި ކަމަށް ޝާހު ފާހަގަ ކުރެއްވިއެވެ. އެގޮތުން، ސަރުކާރުގެ ގިނަ އޮފީސްތަކާއި މަޖިލިސް ކުރާގެ ހުންނަ ސަރަހައްދު މީގެ ތެރޭގައި ހިމެނޭ ކަމަށް ވިދާޅުވިއެވެ.

މި އަހަރުގެ ތެރޭގައި ވެސް ހޮޅި ފަޅައިގެން ގޮސް ނަޖިސް ބޭރުވުމުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. މިއީ އިންތިހާއަށް ރައްޔިތުންނަށް ދަތިވާ ކަމަކަށް ވެފައި، މިކަން ހައްލު ކުރުމަކީ މުހިއްމު ކަމެއް ކަމަށް ޝާހު ވިދާޅުވިއެވެ. އަދި އެ ހައްލު ހޯދުމަށްޓަކައި މަސްލަހަތުވެރިންނާއި އެކިއެކި އޮފީސްތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ޝާހު އިތުރަށް ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ މާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމުން މި މައްސަލައިގެ ބޮޑު ބައި ހައްލު ވެގެން ދާނެ ކަަމަށެވެ. މާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއަކީ 462 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް