Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެލްތް މިނިސްޓަރު އަހުމަދު ނަސީމް

ހެލްތް މިނިސްޓަރ ނަސީމް ތަފާތު ދައްކަވާނެ: ރައީސް ނަޝީދު

22 އޮކްޓޯބަރު 2020 | ބުރާސްފަތި 18:33

ނަސީމަކީ ހާރިޖީ އަދި ސިޔާސީ ތަޖުރިބާ ކާރެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 22 އޮކްޓޯބަރު 2020 | ބުރާސްފަތި 18:33
ރާއްޖެޓީވީގެ \"ފަށާއިރު\" ޕްރޮގްރާމްގައި މިނިސްޓަރު އަހުމަދު ނަސީމް (ފައިލް ފޮޓޯ)

ރާއްޖެޓީވީގެ \"ފަށާއިރު\" ޕްރޮގްރާމްގައި މިނިސްޓަރު އަހުމަދު ނަސީމް (ފައިލް ފޮޓޯ)

ހެލްތް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި އަހުމަދު ނަސީމް (ކެރަފާ ނަސީމް) އަކީ ހިންގުންތެރި ބޭފުޅެއް ކަމަށާއި ތަފާތު ދައްކަވާނެ ކަމަށް ވިދާޅުވެ، މިނިސްޓަރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިނިސްޓަރ ނަސީމްއަކީ، ރާއްޖޭގެ ސިއްހީ ދާއިރާއަށް ނުހަނު ބޮޑަށް ހިންގުންތެރި، ތަޖުރިބާ ހުރި ބޭފުޅަކު ބޭނުންވެފައިވާ މި ދަނޑިވަޅުގައި ހެލްތް މިނިސްޓަރުގެ މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅާ ކަމަށެވެ. އަދި ހެލްތް މިނިސްޓަރުގެ މަގާމަށް ނަސީމު އައްޔަން ކުރެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ނިންމެވި ވަރަށް ވެސް ފުރިހަމަ ނިންމެވުމެއް ކަމަށެވެ.

Advertisement - newsAdvertisement

ނަސީމްއަކީ ރާއްޖޭގެ ސިއްހީ ދާއިރާއިން ތަފާތު ދައްކަވާނެ ބޭފުޅެއް ކަމަށާއި އެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ހެލްތް މިނިސްޓަރުގެ މަގާމަށް ނަސީމް އައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމުގައެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި ނަސީމްއަކީ ހާރިޖީ ދާއިރާއަށް ފަރިތަ، އަދި ތަޖުރިބާކާރު ބޭފުޅެކެވެ. އެމްޑީޕީގެ ހާރިޖީ ކަންކަމުގައި ވެސް ނަސީމްއަކީ އިސް ސަފުގައި މަސައްކަތް ކުރެއްވި ތަޖުރިބާކާރު ބޭފުޅެކެވެ.

މީގެ އިތުރުން ނަސީމްއަކީ ރާއްޖެއަށް ފަތުރުވެރިކަން ތައާރަފް ކުރުމުގައި ވެސް އެންމެ އިސްކޮށް އުޅުއްވި އެއް ފަރާތެވެ. ނަސީމްއަކީ ދައުލަތުގެ އެކި ދާއިރާތަކުން މަތީ ފަންތީގެ މަގާމުތައް ފުރުއްވާ ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މަގާމުން އިސްތިއުފާ ދެއްވީ، ކޮވިޑުގެ ހާލަތާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ގެނައުމަށް ދުބާއީގެ އެކްޒިކިއުޓަރސް ކުންފުންޏާ ހަވާލު ކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް އޭސީސީގެ ތަހުގީގުން ހާމަވެފައި ވަނިކޮށެވެ. އަދި، މި މައްސަލައިގައި ދައުވާ ކުރަން ފޮނުވި 11 މީހުންގެ ތެރެއިން އެންމެ އިސްކޮށް އުޅުއްވީ އަމީން ކަމަށް ވެސް އޭސީސީގެ ތަހުގީގަށް ވަނީ އެނގިފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

27 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް