Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުލްހަމީދު

ކާށިދޫ ދާއިރާގެ ގޮނޑި ގެއްލުނު "ކޮޅުވެއްޓި" މައްސަލަ!

އައު ލޭންޑިންގ ކްރާފްޓެއްގެ ގޮތުގައި ބައު ލޭންޑިންގ ކްރާފްޓެއް ގަނައި މައްސަލާގައި، ޖިނާއި ދައުވާކޮށް، ދޮޅު އަހަރަށް ކުރީގެ ކާށިދޫ ދާއިރާގެ މެމްބަރު އިސްމާއީލް އަބްދުލްހަމީދު އަރުވާލަން ހުކުމްކުރި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 22 އޮކްޓޯބަރު 2020 | ބުރާސްފަތި 11:26
ކޮޅުވެއްޓި މައްސަލާގައި މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގެ އަޑުއެހުމުގެ ފޮޓޯއެއް

ކޮޅުވެއްޓި މައްސަލާގައި މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގެ އަޑުއެހުމުގެ ފޮޓޯއެއް

މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި އިސްމާއީލް އަބްދުލްހަމީދު ހުރިއިރު، މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން އައު ކޮޅުވެއްޓިއެއްގެ ގޮތުގައި ބައު ކޮޅުވެއްޓިއެއް ގެނައި މައްސަލާގައި ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުން ސުޕްރީމް ކޯޓުގައި ބާއްވައިފި އެވެ.

އިސްމާއީލް އަބްދުލްހަމީދު، މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުރިއިރު، ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް، ވޭސްޓް މެނޭޖްމަންޓް ސެކްޝަނަށް ގެނައި ލޭންޑިންގ ކްރާފްޓް "އުފުލި 5" ނަމަކަށް ލިޔާ އުޅަނދުގެ އަގު އަދާކުރުމަށްޓަކައި، ލެޓަރ އޮފް ކްރިޑިޓް (އެލްސީ) ހުޅުވުމާއި ގުޅިގެން ބޭންކަށް ހުށަހަޅަންޖެހޭ ކަމަށްބުނެ ޕްރޮޓޮކޯލް އޮފް ޑެލިވަރީ އެންޑް އެކްސެޕްޓެންސް އޮފް ދަ ވެސަލްގައި ސޮއިކޮށްދިނުމަށް އިސްމާއީލް އަބްދުލްހަމީދުގެ އަރިހުން އައިލެންޑް ލޮޖިސްޓިކް ކުންފުނިން އެދުމުން، އެ ލޭންޑިންގ ކްރާފްޓް ލިބުމުގެ ކުރިން 28 އޭޕްރީލް 2008 ވަނަ ދުވަހު ސޮއިކޮށްފައިވެއެވެ. އަދި އިސްމާއީލް އަބްދުލްހަމީދުގެ މިއަމަލަކީ އޭނާ އެއިރުހުރި މަގާމުގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން، ލެޓަރ އޮފް ކްރިޑިޓްގެ ފައިސާ އެހެން ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދާދިނުމަށްޓަކައި އޭނާ ގަސްތުގައި ކޮށްފައިވާ ކަމެއްކަމަށް ޝަރީއަތަށް ސާބިތުވާކަމަށް ސުޕްރީމް ކޯޓުން 2011 ވަނަ އަހަރު ކޮށްފައިވާ ހުކުމުގައި ކަނޑައަޅާފައިވާތީ، އިސްމާއީލް އަބްދުލްހަމީދުގެ މި އަމަލުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލުގައި 643،750 ޑޮލަރު (ހަލައްކަ ސާޅީސް ތިންހާސް ހަތްސަތޭކަ ފަންސާސް ޑޮލަރު) އޭނާގެ ކިބައިން އެކީ އެއްފަހަރާ ހޯދާދިނުމަށް ސިިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެކެވެ.

ގެއްލުމުގެ ބަދަލު ހޯދުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ހުށަހެޅި މިމައްސަލާގައި ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ އިސްމާއީލް އަބްދުލްހަމީދުގެ ކިބައިން އެފައިސާ ދައުލަތަށް ލިބިދިނުމަށް އަންގާނެ ޝަރުއީ އަދި ގާނޫނީ ހަމައެއްވިޔަސް ނެތްކަމަށެވެ. ސިވިލް ކޯޓުގެ އެނިންމުން އެޓަރނީ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ އެހުކުމަށް ބަންދަލު ގެންނަންޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތްކަމަށް ނިންމައި ދަށު ކޯޓުގެ ހުކުމަށް ތާއީދު ކޮށްފަ އެވެ.

ހައިކޯޓުން ވެސް ގެއްލުމުގެ ބަދަލު ނަގާދެވެން ނެތްކަމަށް ނިންމުމުން ބަންޑާރަ ނައިބުގެ އޮފީހުން ވަނީ މިމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި މި ބޭއްވި އެމައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ.

ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ދައުވާ ހުށަހެޅުމާއި އަދި ދައުވާ ރައްދުވާ އިސްމާއީލް އަބްދުލްހަމީދުގެ ގާނޫނީ ވަކީލު ރައްދުގައި ދައްކަވާފައިވެއެވެ. އަދި މިމައްސަ ބައްލަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި، ޑރ. މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަކާއި ގުޅިގެން ބަންޑާރަ ނައިބު އޮފީހުގެ ގާނޫނީ ވަކީލު ވިދާޅުވީ، މިމައްސަލާގައި އިސްމާއިލް އަބްދުލްހަމީދުގެ ކިބައިން ދައުލަތުން ބަދަލު ހޯދުމަށް ދައުވާ ކޮށްފައި ވަނީ، އެފަރާތުން ކުރި އަމަލެއްގެ ސަބަބުން ދައުލަތަށް ގެއްލުމެއް ވެފައިވާތީ ކަމަށެވެ. މި މައްސަލައަކީ މިމައްސަލައިގެ ޖިނާއީ ދައުވާގައި ވެސް ހައިކޯޓުން ނިންމާފައިވާ ނިންމުގައި އިސްމާއީލް އަބްދުލްހަމީދު ޒިންމާވާންޖެހޭ މައްސަލައެއް ކަމަށް ނިންމާފައިވާތީ ހުށަހެޅި މައްސަލައެއް ކަމަށްވެސް ވަކީލު ވިދާޅުވި އެވެ. ނަމަވެސް ގެއްލުމުގެ ބަދަލުގެ މި މައްސަލާގައި، ދައުލަތުން ސިވިލް ކޯޓުގައި އަދި ހައިކޯޓުގައި ވެސް ބުނަމުން ދާވާހަކައަކީ، އެއްވާގިޔާތަކެއްގެ މައްޗަށް ބިނާވެފައި އޮތްއިރުގައި، އެވާގިޔާއަކާ ގުޅޭގޮތުން، ވަކި ކަންތައްތަކެއް ސުޕްރީމް ކޯޓުން ކަނޑައަޅާފައި އޮތްއިރުގައި އެއީ މިމައްސަލާގައި އިސްމާއީލް އަބްދުލްހަމީދު ކުރި އަމަލުގެ ސަބަބުން ދައުލަތަށް ގެއްލުން ވެފައިވާކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނިކޮށް، މި މައްސަލާގައި ސިވިލް ކޯޓުންނާއި ހައިކޯޓުން ގެއްލުމެއް ނުވާކަމަށް ކަނޑައެޅުއްވުމަކީ ސުޕްރީމް ކޯޓުގެ ނިންމުމާ ވެސް ހިލާފަށް ކަނޑައަޅުއްވާފައިވާ ކަމެއްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. އެއް ވާގިޔާއެއް ދެ ގޮތަށް ސާބިތުވާކަމަށް ކަނޑައެޅިދާނެ ކަމަށް ދައުލަތުން ނުދެކޭ ކަމަށްވެސް ވަކީލު ވިދާޅުވި އެވެ. އަދި އެއްވެސް ހާލަތެއްގައި ޖިނާއީ މައްސަލަ ސާބިތުވުމާއެކުގައި ގެއްލުމުގެ ބަދަލަށް ޒިންމާވާންޖެހޭނެ ކަމަށް ނުވަތަ ގެއްލުމުގެ ބަދަލު ހޯދަން، އެގޮތަށް ދެކިގެން ހުށަހަޅާފައިވާ މައްސަލައެއް ނޫންކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ދައުލަތުން ގެއްލިމުގެ ބަދަލު ހޯދަން ސިވިލް ކޯޓަށް ހުށަހެޅީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިމައްސަލަ ތަހުގީގުކޮށް، ގެއްލުމުގެ ބަދަލު ހޯދަން ޖެހޭކަމަށް ނިންމާފައިވާތީ އެވެ. އަދި އޭސީސީން ވަނީ އެ ލޭންޑިންގ ކްރާފްޓާ ދައުލަތުގެ އެއްވެސް ފަރާތުން ހަވާލު ނުވުމަށް އަންގާފަ އެވެ.

އޭސީސީން އެގޮތަށް އަންގާފައިވާތީ، އެ އުޅަނދުގެ އެއްވެސް ބޭނުމެއް ދައުލަތަށް ނުހިފި، އެ އުޅަނދު ނެތިގެން ގޮސްފައިވާ ކަމަށް އެޓަރނީ ޖެނެރަލް އޮފީހުގެ ގާނޫނީ ވަކީލު ވިދާޅުވި އެވެ. އަދި ދައުލަތަށް މިގެއްލުން ވެފައިވަނީ އިސްމާއީލް އަބްދުލްހަމީދުގެ ސަބަބުން ކަމަށް ހައިކޯޓުންނާއި ސުޕްރީމް ކޯޓުން، މިމައްސަލާގައި އިސްމާއީލް އަބްދުލްހަމީދުގެ މައްޗަށް އުފުލި ޖިނާއީ ދައުވާއިން ކަނޑަޅާފައިވާ ކަމަށްވެސް ބަންޑާރަ ނައިބުގެ ގާނޫނީ ވަކީލު ވިދާޅުވި އެވެ.

ލޭންޑިންގ ކްރާފްޓްގެ މިމައްސަލާގައި އިސްލާމާއީލް އަބްދުލްހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މީހަކަށް ނާޖާއިޒު ފައިދާއެއް ހޯދާދިންކަމުގެ ކުށުގެ ދައުވާ ސާބިތުވެ އޭނާ ދޮޅު އަހަރަށް އަރުވާލުމަށް ހުކުމް ކޮށްފައި ވެއެވެ. އޭރު އޭނާއަކީ ކާށިދޫ ދާއިރާގެ މެމްބަރެވެ. ކްރިމިނަލް ކޯޓުގެ އެހުކުމަށް ހައިކޯޓުންނާއި ސުޕްރީމް ކޯޓުން ތާއީދުކޮށްފައި ވެއެވެ. އަދި ސުޕްރީމް ކޯޓުން އެހުކުމަށް ތާއީދު ކުރުމާއެކު އިސްމާއީލް އަބްދުލްހަމީދު އޭރު އަދާކުރައްވަމުން ގެންދެވި ކާށިދޫ ދާއިރާގެ ގޮނޑި ވެސް ވަނީ ގެއްލިފަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް ޔާމީނުގެ ޗެލެންޖް މެންބަރުންނަށް: ކެރެންޏާ ގޮނޑި ހުސްކޮށްފަ، އަމިއްލައަށް އިންތިޚާބުވެބަލަ!

ރައީސް ޔާމީނުގެ ޗެލެންޖް މެންބަރުންނަށް: ކެރެންޏާ ގޮނޑި ހުސްކޮށްފަ، އަމިއްލައަށް އިންތިޚާބުވެބަލަ!

05 އެޕްރީލު 2017
ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް އެދި ރައީސް ޔާމީން އަޅުގަނޑަށް ހުށައެޅުއްވި: ތޮއްޑޫ ދާއިރާގެ މެމްބަރު

ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް އެދި ރައީސް ޔާމީން އަޅުގަނޑަށް ހުށައެޅުއްވި: ތޮއްޑޫ ދާއިރާގެ މެމްބަރު

04 އެޕްރީލު 2017
ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!

ގައްދޫ ދާއިރާގެ މެންބަރުގެ އަނބިކަނަބަލުންނަށް ޑެޕިއުޓީ މިނިސްޓަރުކަން!

13 މާރިޗު 2017
ފުވައްމުލަކު ކައިރިން ގެއްލުނު ފަތުރުވެރިޔާ ހޯދަން ހެލިކޮޕްޓަރ ބޭނުން ކުރަން ފަށައިފި

ފުވައްމުލަކު ކައިރިން ގެއްލުނު ފަތުރުވެރިޔާ ހޯދަން ހެލިކޮޕްޓަރ ބޭނުން ކުރަން ފަށައިފި

12 މާރިޗު 2017
އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ

އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ

09 މާރިޗު 2017

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު