Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސެންޓްރަލް އޭޝިއާގެ ރައީސްކަން ލަތީފަށް

ސެންޓްރަލް އޭޝިއާ ޒޯނަލް ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސް ކަމަށް ލަތީފް އިންތިޚާބުކޮށްފި

21 އޮކްޓޯބަރު 2020 | ބުދަ 09:50

ކުރިޔަށް އޮތް ދައުރަށް ލަތީފް އިންތިޚާބުކުރީ ވޯޓުގައި ބައިވެރިވި 13 ގައުމުގެ ތެރެއިން 12 ގައުމުގެ ވޯޓާއެކު

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 21 އޮކްޓޯބަރު 2020 | ބުދަ 09:50
ސެންޓްރަލް އޭޝިއާ ޒޯނަލް ވޮލީބޯލް އެސޯސިއޭޝަނުގެ ބައްދަލުވުމެއްގައި ލަތީފް އާއި ވީއޭއެމްގެ ޖެނަރަލް ސެކްރެޓަރީ މުޙައްމަދު ޝާފީ

ސެންޓްރަލް އޭޝިއާ ޒޯނަލް ވޮލީބޯލް އެސޯސިއޭޝަނުގެ ބައްދަލުވުމެއްގައި ލަތީފް އާއި ވީއޭއެމްގެ ޖެނަރަލް ސެކްރެޓަރީ މުޙައްމަދު ޝާފީ

ސެންޓްރަލް އޭޝިއާ ޒޯނަލް ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުޙައްމަދު ލަތީފް އިންތިޚާބުކޮށްފިއެވެ.

ސެންޓްރަލް އޭޝިއާ ޒޯނަލް ވޮލީބޯލް އެސޯސިއޭޝަން ތަމްސީލުކުރަނީ ދެކުނު އޭޝިއާގެ އަށް ގައުމު ކަމަށްވާ ރާއްޖެ، ބަންގްލަދޭޝް، އިންޑިއާ، ސްރީ ލަންކާ، ޕާކިސްތާން، ނޭޕާލް، ބޫޓާން އަދި އަފްޣާނިސްތާންގެ އިތުރުން ސެންޓަރަލް އޭޝިއާގެ ފަސް ގައުމު ކަމަށްވާ ކަޒަކިސްތާން، ކިރްގިސްތާން، ތަޖަކިސްތާން، ތުރުކުމެނިސްތާން އަދި އުޒްބެކިސްތާނެވެ. މީގެ އިތުރުން ދެން ހިމެނެނީ އީރާނެވެ.

1993 ވަނަ އަހަރު އުފެދުނު ސެންޓްރަލް އޭޝިއާ ޒޯނަލް ވޮލީބޯލް އެސޯސިއޭޝަނުގައި ޖުމްލަ 14 ގައުމު ހިމެނޭއިރު، ކުރިއަށް އޮތް ދައުރަށް އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ލަތީފް އިންތިޚާބުކުރީ ވޯޓުގައި ބައިވެރިވި 13 ގައުމުގެ ތެރެއިން 12 ގައުމުގެ ވޯޓާއެކުއެވެ. ރައީސްގެ މަގާމަށް ލަތީފާ ވާދަކުރި ބަންގްލަދޭޝްގެ ކެންޑިޑޭޓް ވަނީ ވޯޓުގެ ކުރިން ނަން އަނބުރާ ނަގާފައެވެ.

މި އިންތިޚާބުގައި ނައިބު ރައީސްގެ މަގާމަށް އިންތިޚާބުކޮށްފައިވަނީ އިންޑިއާގެ ބޭފުޅެކެވެ. ހިންގާ ކޮމިޓީގެ ގޮނޑި ކާމިޔާބުކުރެއްވީ އީރާނާއި، ބަންގްލަދޭޝް އާއި، ކަޒަކިސްތާން އަދި ކިރްގިސްތާނުން ވާދަކުރި ކެންޑިޑޭޓުންނެވެ. ޖެނަރަލް ސެކްރެޓަރީ އަކީ ކިރްގިސްތާނުން ވާދަކުރި ކެންޑިޑޭޓެވެ.

ވޮލީބޯޅައިގެ އެންމެ އިސް ޖަމިއްޔާ އަކީ އެފްއައިވީބީ ކަމަށްވާއިރު، އޭޝިއާގެ ވޮލީބޯޅައިގެ އެއްމެ އިސް ޖަމިއްޔާ އަކީ އޭވީސީއެވެ. އޭވީސީން ވަނީ އޭޝިއާގެ ކަންކަން ކުރުމަށް ފަސް އެސޯސިއޭޝަނެއްގެ މައްޗަށް ބަހާލާފައެވެ. އެގޮތުން ސެންޓްރަލް އޭޝިއާ ޒޯނަލް ވޮލީބޯލް އެސޯސިއޭޝަނަކީ ދެކުނު އޭޝިއާގެ ވޮލީބޯޅައިގެ ހަރަކާތްތައް ކުރިއަށްގެންދާ އެއްމެ އިސް އެސޯސިއޭޝަނެވެ.

އޭވީސީ ބޯޑުގައިވެސް ހިމެނިވަޑައިގަންނަވާ ލަތީފް އެ މަގާމަށް އިންތިޚާބުވެފައި ވަނީ 2017 ވަނަ އަހަރުއެވެ. ސެންޓްރަލް އޭޝިއާ ޒޯނަލް ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސްގެ މަގާމު ކާމިޔާބު ކުރެއްވުމަށްފަހު ލަތީފް ވިދާޅުވީ މިއީ މުޅިރާއްޖެއަށް އަދި ވޮލީބޯޅަ އާއިލާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި، މި މަގާމާއެކު ބައިނަލްއަގުވާމީ މައިދާނުގައި ވޮލީބޯޅައިން ރާއްޖޭގެ އަޑު އިތުރަށް ގަދަވެގެންދާނެ ކަމަށެވެ.

އައު މަގާމާއެކު ލަތީފް ވަނީ ކުޅިވަރު ސިޔާސީ ނުކޮށް އެއްމެން ގުޅިގެން މަސައްކަތް ކުރުމަށް ހުރިހާ ފަރާތްތަކަށް ގޮވާލާފައެވެ. ސެންޓްރަލް އޭޝިއާ ޒޯނަލް ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސްގެ އިތުރުން އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ އޭޝިއާގެ ރައީސްކަންވެސް ރާއްޖެއަށް ހޯދޭނެ ކަމަށާއި، ވޮލީބޯޅައަށްޓަކައި އެންމެން ގުޅުމަށް ލަތީފް ވަނީ ގޮވާލާފައެވެ.

އޭވީސީގެ ބޯޑު މެންބަރުގެ އިތުރުން ސެންޓްރަލް އޭޝިއާ ޒޯނަލް ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސްކަން ކާމިޔާބުކުރެއްވި ލަތީފުގެ ހިންގާ ކޮމިޓީ ވީއޭއެމްގެ މަސައްކަތުން ދުރުކޮށްފައިވާތާ އަހަރެއް ވުމާ ގާތަށް ގޮސްފައިވާއިރު، އެސޯސިއޭޝަނުގެ ކަންކަން މިހާރު ހިންގަމުން ގެންދަނީ އިންޓަރިމް ކޮމިޓީއަކުންނެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

22 މާރިޗު 2017

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ފުރަތަމަ މެޗު ކިރިގިސްތާނަށް

22 މާރިޗު 2017
ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ފުރަތަމަ މެޗު ކިރިގިސްތާނަށް
14 މާރިޗު 2017

ސެންޓްރަލް ޒޯނުގެ ފުރަތަމަ މެޗުގައި ރާއްޖެއާ ކިރިގިސްތާން

14 މާރިޗު 2017
ސެންޓްރަލް ޒޯނުގެ ފުރަތަމަ މެޗުގައި ރާއްޖެއާ ކިރިގިސްތާން
09 މާރިޗު 2017

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ކުރިން ފިރިހެން ވޮލީ ޓީމު ތައިލޭންޑަށް ފުރައިފި

09 މާރިޗު 2017
ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ކުރިން ފިރިހެން ވޮލީ ޓީމު ތައިލޭންޑަށް ފުރައިފި
04 މާރިޗު 2017

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެއާއެކު އިތުރު ތިން ގައުމު

04 މާރިޗު 2017
ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެއާއެކު އިތުރު ތިން ގައުމު
05 ފެބުރުއަރީ 2017

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
07 ޖެނުއަރީ 2017

ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)

07 ޖެނުއަރީ 2017
ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް