Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިސްޓީރިއަލް ރައުންޑްޓޭބަލް ބައްދަލުވުން

ރާއްޖެއަށް އިތުރު ސަބްމެރިން ކޭބަލްތައް ގެނައުމުގެ މަސައްކަތް މިދަނީ ކުރަމުން: މަލީހް

21 އޮކްޓޯބަރު 2020 | ބުދަ 05:52

މިބައްދަލުވުމުގައި ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާކަން ފާހަގަކުރެއްވި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 21 އޮކްޓޯބަރު 2020 | ބުދަ 05:52
މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ މުޙައްމަދު މަލީޙް ޖަމާލް

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ މުޙައްމަދު މަލީޙް ޖަމާލް

ބްރޯޑްބޭންޑް ސަރވިސް ތަކަށް ބަލާއިރު އިންޓަރނޭޝަނަލް ކަނެކްޓިވިޓީ އަކީ ވަރަށް ބޮޑު ހަރަދެއް ދާ ކަމެއް ކަމަށާއި، އެ ހަރަދު ކުޑަކުރުމަށްޓަކައި ރާއްޖެއަށް އިތުރު ސަބްމެރިން ކޭބަލް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަންގާރަ ދުވަހު އޮތް އައި.ޓީ.ޔޫ އާއި ވިއެޓްނާމްގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ ގުޅިގެން ބޭއްވި މިނިސްޓީރިއަލް ރައުންޑްޓޭބަލް ގައި ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މުހިއްމު ބައެއް ކަންތައްތަކަށް އަލިއަޅުވާލެއްވިއެވެ. މިގޮތުން ދުނިޔޭގެ ގިނަ ޤައުމުތަކެކޭ އެއްފަދައިން ދިވެހިރާއްޖެވެސް ކޮވިޑް19ގެ ދަތި ދަނޑިވަޅާއި ކުރިމަތިލާންޖެހުނުކަމާއި، ދިވެހިރާއްޖެއަކީ އިގްތިސާދީ ގޮތުން ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވާ ޤައުމަކަށްވުމުން މި ހާލަތުގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާކަން ފާހަގަކުރެއްވި އެވެ. މި ދަނޑިވަޅުގައި ހާލަތު ބަދަލުކުރުމަށް އައި.ސީ.ޓީ ވެގެންދިޔައީ ވަރަށް ބޮޑު އެހީތެރިއަކަށެވެ.

ރައްޔިތުންނަށް މައުލޫމާތު ވަގުތުން ފޯރުކޮށްދިނުމުގައި އެންމެ ބޮޑު ރޯލެއް ކުޅެފައިވަނީ ޓެކްނޯލޮޖީކަމުގައި މިނިސްޓަރ ވިދާޅުވި އެވެ.

ކޮވިޑް19ގެ ހާލަތުގައި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވި ހިދުމަތަކަށް އިންޓަރނެޓް ވެގެން ދިއުމާއި އެކު ސަރުކާރާއި، އައި.އެސް.ޕީ ތަކުން މަސައްކަތްކޮށްފައިވަނީ ނެޓްވޯކް ވީހާވެސް ރަނގަޅަށް ފޯރުކޮށްދެވޭތޯ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މިގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް މޯބައިލް ޓެލެފޯނުގެ ހިދުމަތާއި، ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދެވިފައިވާކަން ފާހަގަކުރެއްވި އެވެ.

ކޮވިޑް19ގެ ފުރަބަންދުގައި ފްރީ ޑޭޓާ އެލަވަންސް، ރީޗަރޖު ކުރުމުން ޑިސްކައުންޓް އަދި ބިލަށް ފައިސާދެއްކުން ފަސްކުރެވޭނެގޮތް ވަނީ ހަދައިދެވިފައެވެ. ކޮވިޑް19ގެ ހާލަތުގައި އިންޓަރނެޓް ބޭނުންކުރެވޭ މިންވަރު ދެގުނަ ވެގެންދިއުމުން ރައްޔިތުންގެ އުއްމީދުތަކާއި އެއް ފެންވަރަށް ހިދުމަތްތައް ފޯރުކޮށްދިނުން ގޮންޖެހުމަކަށް ވެގެން ދިއަކަމާއި، އެހެންނަމަވެސް ހިދުމަތުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ވީޑިއޯ އަދި ސްޓްރީމިންގ ކޮލިޓީއަށް އެއްވެސް ބަދަލެއް ނުގެނެސް ހިދުމަތް ފޯރުކޮށްދެވިފައިވާކަމަށް ފާހަގަކުރެއްވި އެވެ.

އެކަކު އަނެކަކާ ދުރުގައި ތިބެން މިއަދު ޖެހިފައިވިނަމަވެސް، އެކަކު އަނެކަކާ ވަރޗުއަލީ ގުޅުވައިދޭ އެއްޗަކަށް އައި.ސީ.ޓީ މިވަނީ ވެފައެވެ. އެހެންކަމުން، ކޮވިޑް19ގެ މި ހާލަތުން ފިލާވަޅުނަގައި، ކުރިއަށް އޮތްތަނުގައި ދިމާވެދާނެ މިފަދަ ކަމަކަށްޓަކައި މިއަދު އައި.ސީ.ޓީ ހިދުމަތްތަކުގެ ކޮލިޓީ، ކަވަރޭޖް އަދި އަގު މިހާރަށްވުރެން ރަނގަޅުކުރަންޖެހޭ ކަމުގައި މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

މި ބައްދަލުވުމަކީ ކޮވިޑް-19ގެ މި ހާލަތުގައި ޓެކްނޯލޮޖީ އަދާކުރާ ދައުރަކީ ކޮބައިކަމާއި، އަވަސް ދުވެއްޔެއްގައި އިގްތިސާދު ރަނގަޅުކުރުމަށް ޑިޖިޓަލް ޓެކްނޯލޮޖީ އާއި ކަނެކްޓިވިޓީގެ ދައުރަކީ ކޮބައިކަން މަޝްވަރާކުރެއްވުމަށް ބޭއްވިގެންދިޔަ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި އައި.ޓީ.ޔޫގެ ސެކްރެޓަރީ ޖެނެރަލް ހޫލިން ޒައު، ވިއެޓްނާމްގެ މިނިސްޓަރ އޮފް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ގުޔެން މަން ހުންގް، ވިއެޓްނާމްގެ ޕްރައިމް މިނިސްޓަރ ގުޔެން ޒުއަން ފުކް އަދި އެހެނިހެން ޤައުމުތަކުގެ ޓެކްނޯލޮޖީ އާއި ބެހޭ މިނިސްޓްރީތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

4

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

5

"ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ، ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެފި

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް