Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިކަވަރީ ލޯން ސްކީމް

2199 ފަރާތަކަށް ރިކަވަރީ ލޯނު ދީފި

21 އޮކްޓޯބަރު 2020 | ބުދަ 03:45

ރިކަވަރީ ލޯން ސްކީމަށް 1 ބިލިން ރުފިޔާ ވަނީ ދޫކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 21 އޮކްޓޯބަރު 2020 | ބުދަ 03:45
ފިނޭންސް މިނިސްޓްރީ؛ މިހާތަނަށް 2199 ފަރާތަކަށް ސަރުކާރުން ވަނީ އެހީތެރިވެފައި

ފިނޭންސް މިނިސްޓްރީ؛ މިހާތަނަށް 2199 ފަރާތަކަށް ސަރުކާރުން ވަނީ އެހީތެރިވެފައި

ކޮވިޑް-19އާއި ގުޅިގެން އެކުލަވާލާފައިވާ އިގުތިސާދީ ރިލީފް ޕެކޭޖްގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކުރެވިގެން އެކުލަވައިލާފައިވާ ކޮވިޑް-19 ރިކަވަރީ ލޯނު ސްކީމް 2199 ފަރާތަކަށް ދީފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތާފާސް ހިސާބުތައް ދައްކާގޮތުން ބީއެމްއެލް މެދުވެރިކޮށް 384 ފަރާތަކަށް 544.8 މިލިއަން ރުފިޔާ އަދި 8 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. އެސްޑީއެފްސީ މެދުވެރިކޮށް 1815 ފަރާތަކަށް 300 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

Advertisement - newsAdvertisement

މި ސްކީމް ތަންފީޒުކުރުމަށް ހަމަޖެހިފައިވަނީ "ކޮވިޑް-19 ވިޔަފާރި އެހީ" ގެ ނަމުގައި އެސްޑީއެފްސީ އަދި ބީއެމްއެލް މެދުވެރިކޮށެވެ. މި ލޯނު ހާއްސަކޮށްފައިވަނީ 2019 ވަނަ އަހަރު 10 މިލިއަން ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބިފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުންނާއި 10 މިލިއަން ރުފިޔާއަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވާ ބޮޑެތި ވިޔަފާރިތަކުން ވިޔަފާރިތަކުގެ ތެރެއިން ވިޔަފާރި ހިންގުމަށް ދުވަހުން ދުވަހަށް ކުރަންޖެހޭ ޚަރަދުތައް ހަމަޖެއްސުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ވިޔަފާރިތަކަށެވެ.

ޝަރުތު ހަމަވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން، އެ ވިޔަފާރިއަކަށް ފާއިތުވި އަހަރު ލިބިފައިވާ އާމްދަނީގެ %10 އާ ހަމައަށް (ޖުމުލަ ލޯނުގެ އަދަދު 500,000 ރުފިޔާއާ ހަމައަށް ކެޕްކުރެވިފައި) ލޯނަށް އެދި ހުށަހެޅިދާނެއެވެ. އަދި މި ސްކީމްގެ ދަށުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ %6 އިންޓަރެސްޓްގައި، 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑްއަކާ އެކުއެވެ. ގްރޭސް ޕީރިއަޑް މުއްދަތުގެ ތެރޭގައި އިންޓަރެސްޓް އަދި ޕްރިންސިޕަލްވެސް އަނބުރާ ދައްކާކަށް ނުޖެހޭނެއެވެ.

އަދި ލޯނު އަނބުރާ ދައްކަންޖެހޭނީ 3 އަހަރުގެ މުއްދަތުގެ ތެރޭގައެވެ. ކޮވިޑް-19 އާއި ގުޅިގެންނާއި ލޯނު ނިސްބަތްވާ މުއްދަތުގައި ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކުރާނަމަ، މި ލޯނު ލިބުމަށް ޝަރުތުފުރިހަމައެއް ނުވާނެއެވެ.

ބޮޑެތި ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ރަހުނަކާ ނުލައި %6 އިންޓަރެސްޓްގައި، ގިނަވެގެން 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑްއަކާ އެކުއެވެ. ގްރޭސް ޕީރިއަޑް މުއްދަތުގެ ތެރޭގައި އިންޓަރެސްޓް އަދި ޕްރިންސިޕަލްވެސް އަނބުރާ ދައްކާކަށް ނުޖެހޭނެއެވެ. އަދި ލޯނު އަނބުރާ ދައްކަންޖެހޭނީ 3 އަހަރުގެ ތެރޭގައެވެ. ލޯނަށް އެދި ހުށަހަޅާއިރު، ކޮވިޑް-19 އާއި ގުޅިގެން ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާނަމަ، މި ލޯނު ލިބުމަށް ޝަރުތުފުރިހަމައެއް ނުވާނެއެވެ.

އިކޮނަމިކް ރެސްޕޯންސްގެ ގޮތުގައި މިހާތަނަށް ސަރުކާރުން ވަނީ 1.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އެގޮތުން ރިކަވަރީ ލޯން ސްކީމްގެ ދަށުން 1 ބިލިއަން ރުފިޔާ އަދި އިންކަމް ސަޕޯޓް އެލަވަންގެ ގޮތުގައި 110.5 މިލިއަން ރުފިޔާ އަދި ކަރަންޓް ޑިސްކައުންޓު ގޮތުގައި މިހާތަނަށް 36.5 މިލިއަން ރުފިޔާ ވަނީ ދީފައެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން

4

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

5

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި

12 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި
12 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަނުން ޕީޕީއެމްއަށް 2،300 މެމްބަރުން ހޯދައިދީފި

12 ފެބުރުއަރީ 2017
ފެނަކަ ކޯޕަރޭޝަނުން ޕީޕީއެމްއަށް 2،300 މެމްބަރުން ހޯދައިދީފި
06 ފެބުރުއަރީ 2017

4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން
02 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
19 ޖެނުއަރީ 2017

ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި

19 ޖެނުއަރީ 2017
ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި
15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް