Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

އޭސީސީގެ މެމްބަރުންނަށް އިތުބާރު ގެއްލިއްޖެ، ވަކި ކުރާ މީހަކު ވަކިކޮށް އިތުބާރު ގާއިމުކުރޭ!

ބޮޑެތި މައްސަލަތައް ބެލުމުގައި ލަސްވަމުންދާތީ ރައްޔިތުން ކަންބޮޑުވޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2020 | ބުދަ 12:12
އޭސީސީގެ މެމްބަރުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ރައީސް ސޯލިހާއި ބައްދަލުކުރައްވަނީ

އޭސީސީގެ މެމްބަރުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ރައީސް ސޯލިހާއި ބައްދަލުކުރައްވަނީ

މި ސަރުކާރު ވެރިކަމަށް އައީ އެތައް ރައްޔިތުންގެ ކުރިމަތީ އެތައް ވައުދުތަކެއްވުމަށްފަހު އެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނުން ބޭރުގައި ހިންގާފައި ހުރި ކަންކަންވެސް އިސްލާހު ކުރާނެކަމުގެ ބޮޑު ވައުދުވެސްވި އެވެ. އޭގެތެރެއިންވެސް އެންމެ މުހިންމު އެއް ވައުދަކީ މިނިވަން މުއައްސަސާތަކަށް، މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ފުރުސަތު ދެއްވާނެކަމަށްވީ ވައުދު އެވެ. ވަަައުދުގައި ހިމެނިފައިވަނީ ހަމައެކަނި މި ބުނި އިބާރާތެއް ނޫނެވެ. އޭގެއިތުރުން މިނިވަން މުއައްސަސާތަކަކީ ރައްޔިތުން އިތުބާރުކުރާފަދަ މުއައްސަސާތަކަކަށް ހަދާނެކަމަށްވެސް ވައުދުވި އެވެ.

އެ ވާހަކަތައް ރައްޔިތުން ބަލައިގަނެ، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ރައްޔިތުންގެ މަޖިީހުންވެސް ބޮޑު ޢައުލަބިއްޔަތެއް ދިނެވެ. އެއާއިއެކު މި ވޭތުވެދިޔަ ދުވަސްތަކުގައި ރަނގަޅު އެތައް ކަމެއް ފެނުނެވެ. ސަރުކާރުގެ ވުޒާރާތަކުގެ އިސްވެރިން ޒިންމާދާރުކޮށް، ރައްޔިތު މީހާގެ އުދާސްތައް މަޖިލީހުގެ ތެރޭގައި ކުރިޔާއި ހިލާފަށް އިވެން ފެށިއެވެ. އޭގެއިތުރުން ވައުދާ އެއްގޮތަށް މިނިވަން މުއައްސަސާތަކަށް ބަދަލު ގެނައުމުގެ މަސައްކަތްވެސް މަޖިލީހުން ކުރިއަށްގެންދިޔަ އެވެ. އެކަމުގައި ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި، މަޖިލީހުގެ ގަވައިދަށްވެސް ބަދަލުތަކެއް ގެނެސް، މަޤާމުން ވަކިކުރެވޭނެ ގޮތާއި، މެމްބަރަކު އައްޔަންކުރާއިރު ކަންކުރަންޖެހޭ ގޮތްވެސް ތަފސީލްކުރި އެވެ.

އެ މަސައްކަތުގެ ތެރެއިން ބަދަލުކުރި އެއް މުއައްސަސާއަކީ އެންޓި ކޮރަޕްޝަން ކޮމިޝަނެވެ. ނަމަވެސް ރައްޔިތުން ދެކޭގޮތުގައި އޭސީސީީގެ މެމްބަރުން ބަދަލުކޮށް، މަޖިލީހުން ކުރި މަސައްކަތަކީ ފޫނެއްފަޔަށް ފެންފުރުން ފަދަ ކަމެކެވެ. ގެނެވުނު ބަދަލާއެކުވެސް ނަތީޖާއެއް ނުނެރެވުނުއިރު، އެ ކޮމިޝަންގެ ގާބިލިއްޔަތުކަމާއިމެދު މިއަދު ވަނީ އެތަކަށް ސުވާލުތަކެއް އުފެދިފަ އެވެ.

މާޒީގެ މިނިވަން މުއައްސަސާގެ ހާލުގެ ވާހަކަ ދައްކަންވެސް ހެޔޮނުވާނެއެވެ. މި ސަރުކާރުން ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ސިޔާސަތެއް ގެންގުޅޭއިރު މިފަދަ ކަންކަމުގައި އެންމެ ފާރަވެރިވާންޖެހޭ އެއްބަޔަކީ ހަމަ މިބުނާ މިނިވަން މުއައްސަސާއެވެ. އެއް ދުވަހު ރައްޔިތުން ލޮލުގައި އަނދުން އެޅުވުމަށް، މައްސަލައެއްގެ އަޕްޑޭޓް ހޯދުމަށް ބޭފުޅަކު ގުޅުއްވިކަމަށް ވިދާޅުވެ ވަރަށް މިނިވަންތަނެއްގެ ގޮތުގައި މީޑިއާތަކުގެ ފަލަސުރުހީތަކުން ޖާގަހޯދިއިރު، މިއަދު ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި ލަސްވުމާއި އެކު މުޅި މުއައްސަސާގެ ހަގީގީ ކުލަވަރު ފެނިއްޖެކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އޭސީސީ ނުކުޅެދިފައިވާއިރު އެކަމާއި ގުޅޭ މައުލޫމާތެއް ހިއްސާކުރުމަށްވެސް އެހާ އުޒުރުވެރިވެއެވެ. އަބަދުވެސް، އަޑުއިވޭ އެއް ޝަކުވާއަކީ ކުރަންޖެހޭ މަސައްކަތް ގިނަވެ، މުއައްސަސާގައި މަސައްކަތް ކުރާ މީހުންގެ އަދަދު މަދުވާހަކައެވެ. ނުވަތަ، އެކަން ދަނީ ބަލަމުން.. މި ޖަވާބެވެ. އެ ޖަވާބުގައި އެތައް މަސްދުވަހެއް ވޭތުވެގެންދާއިރު އަލިމަގެއް ނުފެނެެއެވެ. ރައްޔިތުންނަށް ވެރިކަމަށް އައިއިރު ވެފައިވާ އެތައް ވައުދުތަކެއް ނުފުއްދި ދަނީ، މުއައްސަސާތަކަށް އައްޔަންކޮށްފައި ތިބޭ ބޭފުޅުންގެ ނާގާބިލްކަމުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ވަކި ކުރަންޖެހޭ ބަޔަކު ވަކި ކޮށްފައި ނަމަވެސް ވުޒާރާތަކާ މިނިވަން މުވައްސަސާ ތަކަކީ ރައްޔަތުން ބަލައިގަންނަ އިތުބާރު ކުރާ ތަންތަނަށް ވާންޖެހެއެވެ. ވިލިފުށިި ދާއިރާގެ މެމްބަރު ހަސަން އަފީފް ކުރެއްވި ޓުވީޓެއްގައިވެސް ވަނީ ސަރުކާރުގެ އެ ވައުދުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އަފީފް ވިދާޅުވީ "ރައްޔަތުންގެ އިތުބާރު ސަރުކާރުގެ ވުޒާރާތަކާ މިނިވަން މުސްތަޤިއްލު މުވައްސަސާ ތަކެއް އޮތުން" އެއީ މި ސަރުކާރުގެ މުހިންމު ވައުދެކެވެ.

ރައްޔިތުންގެ މަންދޫބުން މަޑުން ނުތިބޭނެ ކަމުގެ ހެއްކަކަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން މުހައްމަދު ހުށަހެޅުއްވި ހުށަހެޅުއްވުމުންވެސް ދޭހަވެއެވެ. މެމްބަރު ވިދާޅުވީ، އޭސިސީގެ މެމްބަރުން މަގާމުން ވަކި ކުރުމަށް ހުށައެޅުއްވީ އެކަށިގެންވާ މިންވަރަށް މަގާމުގެ މައްސޫލިއްޔަތު އަދާކޮށްފައިވާ ކަމަށް ގަބޫލުނުކުރައްވާތީ ކަމަށެވެ. މިއީ މެމްބަރު ވިދާޅުވިޔަސް ރައްޔިތުންގެ އަޑެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އެއްވެސް ބޭފުޅަކު މަޤާމަކުން ވަކި ކުރުމަށް ކޮމެޓީއަކަށް ފެނިއްޖެ ހާލަތުގައި މަޖިލީހުގެ ރައީސްގެ ސަމާލު ކަމަށް ގެންނަން ޖެހެއެވެ.

އެގޮތުން މުސްތަޤިއްލު މުއައްސަސާތަކުގެ މެމްބަރުންނާއި މުސްތަޤިއްލު މަޤާމުތަކުގެ މީހުން ވަކި ކުރުމާއި ބެހޭ މާއްދާގައި ވާގޮތުން މީހަކު ވަކި ކުރުމަށްޓަކައި މަޖިލީހަށް ހުށަހެޅުމުން، އެ މީހެއްގެ ނަން މަޖިލީހުގައި އިއްވާ، ކަމާބެހޭ ކޮމެޓީއަށް ފޮނުވަން ޖެހެއެވެ. އަދި އެ މީހުން ވަކި ކުރެވޭނީ އެ މައްސަލަ އެ ކޮމެޓީއަކުން ދިރާސާ ކުރުމަށް ފަހު ނިންމާ ނިންމުމަށް އެކުލަވާލެވޭ ރިޕޯޓެއްގެ މައްޗަށް ބަހުސްކޮށް، ނެގޭ ވޯޓަކަށް ފަހުއެވެ.

ހިޔާލުތަފާތުވިކަމުގައިވިޔަސް ވެރިކަން ފެށިގެން އަންނަނީވެސް ރައްޔިތުންނާއި ހަމައިންނެވެ. މަޖިލީހުގެ ގޮނޑިއަކަށް އިންތިހާބުވާންވެސް ހަމަ ނިކަމެތި ރައްޔިތުމީހާގެ ވޯޓު ބޭނުންވެއެވެ. ރައްޔިތުމީހާގެ އަޑަށް ބީރު ކަންފަތެއް ދޭނަމަ ކަންވާގޮތުން، މާޒީގެ ތަޖުރިބާތަކުން ފެނިގެންދާނެއެވެ. ދުރު ނޫން މާޒީގައި ރައީސް ޔާމީންގެ ދައުރުންވެސް އެކަން ވާނީ ފެނިގެން ގޮސްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟

ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟

21 ސެޕްޓެމްބަރު 2017
"އާތިފް ވަކިވެދިޔަޔަސް އެ ހަނދާންތަކެއް ވަކިވެގެން ނުދާނެ!"

"އާތިފް ވަކިވެދިޔަޔަސް އެ ހަނދާންތަކެއް ވަކިވެގެން ނުދާނެ!"

20 އޯގަސްޓު 2017
ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

15 އޯގަސްޓު 2017
މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ ޖަލްސާ ބޭއްވިޔަ ނުދޭނެ!؟

މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ ޖަލްސާ ބޭއްވިޔަ ނުދޭނެ!؟

18 ޖުލައި 2017
ތިންބާރު ވަކިވުމުން ކަން ހިނގާގޮތް އޮޅިއްޖެއެވެ!

ތިންބާރު ވަކިވުމުން ކަން ހިނގާގޮތް އޮޅިއްޖެއެވެ!

23 މެއި 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު