Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕޭޕަލްގެ ޚިދުމަތް ރާއްޖެ ގެނައުމުގެ މަސައްކަތް

ޕޭޕަލްގެ ޚިދުމަތް ރާއްޖެ ގެނައުމުގައި މިހާރު ބޮޑަށް އޮތީ އެކުންފުނީގެ ޕްލޭންގައި ރާއްޖެ ހިމެނުން: ގަވަރުނަރު

ޕޭޕަލް ފަދަ ކުންފުނިތަކުން ބަލާނީ ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކަކީ އެ ފަރާތްތަކަށް ފަހި ގާނޫނާއި ގަވައިދުތައްތޯ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 އޮކްޓޯބަރު 2020 | އަންގާރަ 18:53
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް

ރާއްޖޭގެ ޕޭޕަލް އެކައުންޓްތަކަށް ފައިސާ ފޮނުވޭނޭ އިންތިޒާމް ހަމަޖައްސައި އެޚިދުމަތް ރާއްޖެ ގެނައުމުގައި މިހާރު ބޮޑަށް އޮތީ އެކުންފުނީގެ ސްޓްރެޓެޖިކް ޕްލޭންގައި ރާއްޖެ ހިމެނުން ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެ އެވެ.

ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ހިދުމަތުގެ ބިލާ ގުޅޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހާ ހިއްސާކުރެއްވުމަށް ބޭއްވި ޖަލްސާގައި ބައިވެރިވެ ވަޑައިގެން މައުލޫމާތު ދެއްވަމުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ކުރެއްވި ސުވާލަކާ ގުޅިގެން ގަވަރުނަރު ވިދާޅުވީ ޕޭމަންޓް ސިސްޓަމް ގާއިމް ކުރަނީ އައިއެސްއޯ 222 ސްޓޭންޑަޑަށް ކަމަށެވެ. އަދި އިންތިޒާމް ހަމަޖައްސައި ދިނުމަށް އެދި އެމްއެމްއޭގެ ފަރާތުންނާއި ގައުމީ ބޭންކުގެ ފަރާތުން އެ ކުންފުނީގައި ރަސްމީކޮށް މިހާރު އެދިފައިވާ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ގަވަރުނަރު ވިދާޅުވީ މި ބިލު ގާނޫނަކަށްވުމުން ޕޭޕަލް ފަދަ ކުންފުނިތަކުން ބަލާނީ ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކަކީ އެ ފަރާތްތަކަށް ފަހި ގާނޫނާއި ގަވައިދުތައްތޯ ކަމަށެވެ. އެ ހިސާބުން ޕޭޕަލްއަށް ރާއްޖޭގައި ހިދުމަތް ދިނުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވީ މިކަމުގައި އެމްއެމްއޭގެ ޒިންމާއަކީ ސިސްޓަމާއި ހުރިހާ އެއްޗެއް އެކަމަށް ތައްޔާރުކުރުން ކަމަށެވެ.

ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ނުލިބޭތީ އެކަމުގެ ޝަކުވާތައް ޒުވާނުން އަންނަނީ ކުރަމުންނެވެ. ގަވަރުނަރު ވަނީ މަޖިލީހުގައިވެސް އެޝަކުވާތައް އަންނަކަން ފާހަގަކުރައްވާފައެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު